Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ހަކަތައިގެ ނިޒާމަށް ހަމަލާ ދިނުމަށް، އިޒްރޭލް އިން އެމެރިކާގެ ހުއްދަ ހޯދަނީ

ރޮއިޓާސް ނިއުސް އެޖެންސީ އިން މިކަން ހާމަ ކޮށްފައި ވަނީ، އިޒްރޭލްގެ ޑިފެންސް މިނިސްޓްރީގެ ދެ އޮފިޝަލަކާ ހަވާލާދީ. އެގޮތުން އެ އޮފިޝަލުން ބުނެފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިޒްރޭލް އިން އީރާން އަށް އެފަދަ ހަމަލާ ތަކެއް ދީފާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2026 | އާދީއްތަ 08:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތްރީޑީ (3D) ޕްރިންޓެޑް ކުޑަ މޮޑެލް އަކާއި، އިޒްރާއީލް އާއި އީރާނުގެ ދިދަތައް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތްރީޑީ (3D) ޕްރިންޓެޑް ކުޑަ މޮޑެލް އަކާއި، އިޒްރާއީލް އާއި އީރާނުގެ ދިދަތައް. | ރޮއިޓާސް

އީރާންގެ ހަކަތައިގެ ތަންތަނަށް އަމާޒުކޮށް ހަަމަލާ ދިނުމަށް އިޒްރޭލް އިން ތައްޔާރު ވަމުން އަންނަ ކަމަށާއި، ނަމަވެސް އެފަދަ ހަމަލާއެއް ދިނުމުގެ ކުރިން އެމެރިކާގެ ހުއްދަ އަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީ އިން މިކަން ހާމަ ކޮށްފައި ވަނީ، އިޒްރޭލްގެ ޑިފެންސް މިނިސްޓްރީގެ ދެ އޮފިޝަލަކާ ހަވާލާދީ އެވެ. އެގޮތުން އެ އޮފިޝަލުން ބުނެފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިޒްރޭލް އިން އީރާން އަށް އެފަދަ ހަމަލާ ތަކެއް ދީފާނެ ކަމަށެވެ. 

މި ވާހަކަތައް ދެކެވިފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް އީރާން އަށް ވަކި މުއްދަތެއް ދީފައިވާ ކަމަށް ހާމަ ކޮށްފަ އެވެ. އީރާން އިން އެކަން ނުކޮށްފި ނަމަ، އެ ޤައުމަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ. 

ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް، ނުވަތަ އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމަށް އީރާން އަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަން ހަނދާން ކޮށްދެއްވައިފަ އެވެ. އެވަގުތު މިހާރު ހަމަވަމުން އަންނަ ކަމަށާއި، 48 ގަޑިއިރު ފަހުން އީރާން އަށް "ނަރަކަ" ފަދަ ޙާލަތެއް ކުރިމަތި ވެދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ނިމުނު މާޗު މަހުގެ 21 ވަނަ ދުވަހު ޓްރަމްޕް ވަނީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް އީރާން އަށް އޮތީ 48 ގަޑިއިރު ކަމަށް ވިދާޅުވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި އީރާން އިން އެކަން ނުކޮށްފި ނަމަ، ވަރަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އެވެ.  ނަމަވެސް އޭގެ ދެ ދުވަސް ފަހުން ޓްރަމްޕް ވަނީ، ހަމަލާ ދިނުމުގެ ވިސްނުން ދޫކޮށްލައްވާފައިވާ ކަމަށާއި، އީރާން އާއެކު ރަނގަޅު މަޝްވަރާ ތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އީރާން އިން ވަނީ ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުމަށް ހުރަސް އަޅައިފަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މައްޗަށް އުފުލިފަ އެވެ.

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އިޒްރޭލު

އިތުރަށް ކިޔާލަން

03 އެޕްރީލު 2026

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

03 އެޕްރީލު 2026
އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
03 އެޕްރީލު 2026

ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން

03 އެޕްރީލު 2026
ޓްރަމްޕްގެ މަލާމާތަށް ރައްދު ދިނުމަކީ ބޭކާރު ކަމެއް، މިއީ ޝޯ ކުޅެންވީ ވަގުތެއް ނޫން: މެކްރޮން
03 އެޕްރީލު 2026

އެފްބީއައިގެ ޑިރެކްޓަރު ޕަޓޭލް ވަކި ކުރުމަށް ޓްރަމްޕް ވިސްނަވަނީ

03 އެޕްރީލު 2026
އެފްބީއައިގެ ޑިރެކްޓަރު ޕަޓޭލް ވަކި ކުރުމަށް ޓްރަމްޕް ވިސްނަވަނީ
03 އެޕްރީލު 2026

އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި

03 އެޕްރީލު 2026
އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި
02 އެޕްރީލު 2026

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

02 އެޕްރީލު 2026
އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު