Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ފާލަންތަކާއި އިންޖީނުގެ ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޓްރަމްޕް ވިދާޅުވި ގޮތުގައި ދެން އެމެރިކާގެ އަމާޒަކަށް ވާނީ އީރާންގެ ފާލަންތައް ކަމަށް. އަދި އޭގެ ފަހުން އެ ޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒު ތަކަށް ނުވަތަ، އިންޖީނުގެ ގެތަކަށް ހަމަލާ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2026 | ހުކުރު 12:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އީރާންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާ އިން ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގެ ާލަންތަކާއި އިންޖީނުގެތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާންގައި ބާކީ ހުރި ތަންތަން ހަލާކު ކޮށްލުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން އަދި ރަނގަޅަށް ފަށާފައި ވެސް ނުވާ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި ދެން އެމެރިކާގެ އަމާޒަކަށް ވާނީ އީރާންގެ ފާލަންތައް ކަމަށެވެ. އަދި އޭގެ ފަހުން އެ ޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒު ތަކަށް ނުވަތަ، އިންޖީނުގެ ގެތަކަށް ހަމަލާ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީރާންގެ ވެރިން ކުރަން ޖެހޭ ކަންކަން އެ ބޭފުޅުންނަށް އެނގިވަޑައި ގަންނަވާ ކަމަށާއި، އެކަންކަން ވަރަށް އަވަހަށް ކުރަން ޖެހޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވި އެވެ. 

މިދިޔަ ބުދަ ދުވަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ތަޤުރީރުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ބޭނުންވާ ޝަރުތު ތަކަށް އީރާން އިން އެއްބަސް ނުވާ ނަމަ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އަދި އީރާންގެ ހަކަތައާ ބެހޭ ވަސީލަތްތަކާއި، ތެލުގެ އުމްރާނީ ވަސީލަތް ތަކަށް ހަމަލާދީ، އެ ޤައުމު އެންމެ ނުރައްކާތެރި ޒަމާނަކަށް ދުއްވާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ. 

ޓްރަމްޕްގެ މި އިންޒާރުތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ގިނަ ކަންބޮޑުވުން ތަކެއް ފާޅު ކުރަމުންނެވެ. ޚާއްސަކޮށް އެމެރިކާގެ ޤާނޫނީ މާހިރުން ތަކެއް ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ އާންމު ޚިދުމަތް ތަކަށް އަމާޒުކޮށް އެމެރިކާ އިން ދޭ ހަމަލާ ތަކަކީ ހަނގުރާމައިގެ ކުށަކަށް ވެދާނެ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާންއާ ދެކޮޅަށް ހަމަލާތައް ދޭން ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މި ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ވެސް އަންނަނީ އެމެރިކާ އާއި އިޒްރޭލްގެ އަމާޒު ތަކަށް ގިނަ ހަމަލާ ތަކެއް ދެމުންނެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

02 އެޕްރީލު 2026
ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

02 އެޕްރީލު 2026
ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

02 އެޕްރީލު 2026
ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު