Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މަގާމުން ވަކި ކޮށްފި

3 އެޕްރީލު 2026 | ހުކުރު 08:51

ޕެންޓަގަން އިން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޖޯޖް ވަނީ އޭނާގެ މަގާމުން ރިޓަޔާ ކުރައްވާފައި. އޭނާގެ މަގާމުގެ ދައުރުގައި ބާކީ އެއް އަހަރަށް ވުރެ ގިނަ ދުވަސް އޮތްއިރު، ޖޯޖް އަކީ އެމެރިކާގެ އަސްކަރިއްޔާގެ 41 ވަނަ ޗީފް އޮފް ސްޓާފް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2026 | ހުކުރު 08:51
އެމެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖޯޖް

އެމެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖޯޖް | ރޮއިޓާސް

އެމެރިކާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ރެންޑީ ޖޯޖް، މަގާމުން ވަކި ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ޖޯޖް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކި ކުރަން ނިންމާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ކަމަށް ތިން އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައި ވަނީ ބުނެފަ އެވެ. 

ޕެންޓަގަން އިން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޖޯޖް ވަނީ އޭނާގެ މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ. އޭނާގެ މަގާމުގެ ދައުރުގައި ބާކީ އެއް އަހަރަށް ވުރެ ގިނަ ދުވަސް އޮތްއިރު، ޖޯޖް އަކީ އެމެރިކާގެ އަސްކަރިއްޔާގެ 41 ވަނަ ޗީފް އޮފް ސްޓާފް އެވެ. 

ޕެންޓަގަންގެ ބަޔާނެއްގައި ބުނެފައި ވަނީ ޖޯޖްގެ ފަރާތުން ލިބިފައިވާ ޚިދުމަތްތަކާއި، އޭނާ ކޮށްދެއްވި އަގު ހުރި މަސައްކަތް ތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އޭނާ އަށް އިތުރު ކާމިޔާބީ އަށް ވެސް އެދޭ ކަމަަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

ނަން ހާމަ ކުރަން ބޭނުން ނުވާ ދެ އޮފިޝަލަކު ބުނީ، ހެގްސެތު ވަނީ ޖޯޖްގެ އިތުރުން، އެހެން ދެ އިސް އޮފިޝަލަކު ވެސް މަގާމުން ވަކި ކޮށްފަ އެވެ. އެއީ ސިފައިންގެ ތަމްރީނު ކޮމާންޑުގެ އިސްވެރިޔާ ޖެނަރަލް ޑޭވިޑް ހޮޑްނީ އާއި، ސިފައިންގެ ކޯޕްސްގެ އިސްވެރިޔާ މޭޖާ ޖެނަރަލް ވިލިއަމް ގްރީން އެވެ.

ޖޯޖް ވަޒީފާ އިން ވަކި ކުރި ސަބަބެއް ޑިޕާޓްމަންޓް އިން ހާމަ ކޮށްފައި ނުވެ އެވެ. މިކަން ހިނގާފައި މި ވަނީ އެމެރިކާގެ ސިފައިން މެދު އިރުމަތީގައި އެ މީހުންގެ ހަރަކާތް އިތުރު ކުރަމުން އަންނަ ވަގުތެއްގަ އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާޕެންޓަގަންޕީޓް ހެގްސެތު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

02 އެޕްރީލު 2026
އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި
02 އެޕްރީލު 2026

ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

02 އެޕްރީލު 2026
ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި
02 އެޕްރީލު 2026

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

02 އެޕްރީލު 2026
ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި
02 އެޕްރީލު 2026

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

02 އެޕްރީލު 2026
ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް
02 އެޕްރީލު 2026

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް
01 އެޕްރީލު 2026

އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

01 އެޕްރީލު 2026
އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ
01 އެޕްރީލު 2026

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ
01 އެޕްރީލު 2026

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026
އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ
01 އެޕްރީލު 2026

އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

01 އެޕްރީލު 2026
އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި
31 މާރިޗު 2026

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް