Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެީއީރާން ހަނގުރާމަ

އީރާނުގެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވައިފި

2 އެޕްރީލު 2026 | ބުރާސްފަތި 13:45

ކްރެމްލިންގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މެދު އިރުމަތީގެ އަސްކަރީ އަދި ސިޔާސީ މަޝްރަހު ގޯސްވަމުންދާތީ އާއި، އާންމުންގެ ފުރާނަ ގެއްލި، އިސްތިރާޖީ ގޮތުން މުހިންމު އުމްރާނީ ވަސީލަތްތައް ހަލާކުވަމުން ދާތީ ދެ ބޭފުޅުން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2026 | ބުރާސްފަތި 13:45
ރަޝިޔާގެ ރައީސް ޕުޓިން އާއި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ރަޝިޔާގެ ރައީސް ޕުޓިން އާއި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މަޝްވަރާ ކުރައްވައިފި އެވެ. 

ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު މަޝްވަރާ ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެ ބޭފުޅުންގެ މަޝްވަރާގައި ސަރަހައްދީ މަސްރަހަށް އަންނަމުންދާ ބަދަލު ތަކަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ. 

ކްރެމްލިންގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މެދު އިރުމަތީގެ އަސްކަރީ އަދި ސިޔާސީ މަޝްރަހު ގޯސްވަމުންދާތީ އާއި، އާންމުންގެ ފުރާނަ ގެއްލި، އިސްތިރާޖީ ގޮތުން މުހިންމު އުމްރާނީ ވަސީލަތްތައް ހަލާކުވަމުން ދާތީ ދެ ބޭފުޅުން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. މި ހަމަ ނުޖެހުން ތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަން ދެ ޤައުމުގެ ވެރިން ވެސް ފާހަގަ ކުރެއްވި އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް، ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު ވަނީ ބާރު އަޅުއްވައިފަ އެވެ. އަދި މި މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް، ކްރެމްލިންގެ ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މި ހަމަނުޖެހުން ތަކުގެ ސަބަބުން ހަކަތަ އުފެއްދުމަށާއި އުފުލުމަށް ކުރިމަތިވަމުންދާ ހުރަސް ތަކަކީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރި ކަމަށް އޮތް ނުރައްކަލެއް ކަމަށް ޕުޓިން އާއި ވަލީ އަހުދު މުޙައްމަދު ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން، ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި ރަޝިޔާ އާއި ސައުދީ އަރަބިއްޔާ ގުޅިގެން އޯޕެކް ޕްލަސް އިއްތިހާދުގެ ތެރެއިން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތް ތަކުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަ ކުރެއްވި އެވެ. 

ކްރެމްލިން އިން އިތުރަށް ބުނި ގޮތުގައި، ދުނިޔޭގެ އިޤްތިޞާދީ ހަމަޖެހުމަށްޓަކައި ތެލުގެ ބާޒާރުގައި ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް ދެ ބޭފުޅުން ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. މި ފޯނު ކޯލަކީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ނުފޫޒު ގަދަ ދެ ޤައުމެއްގެ ދެ މެދުގައި ކުރެވިފައިވާ މުހިންމު މަޝްވަރާ ތަކެކެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

02 އެޕްރީލު 2026
ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި
02 އެޕްރީލު 2026

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

02 އެޕްރީލު 2026
ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި
02 އެޕްރީލު 2026

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

02 އެޕްރީލު 2026
ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް
02 އެޕްރީލު 2026

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް
01 އެޕްރީލު 2026

އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

01 އެޕްރީލު 2026
އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ
01 އެޕްރީލު 2026

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ
01 އެޕްރީލު 2026

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026
އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ
01 އެޕްރީލު 2026

އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

01 އެޕްރީލު 2026
އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި
01 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ
01 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް