Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ތައްޔާރުވެ ތިބުމަށް، އީރާންގެ އަސްކަރިއްޔާ އަށް އަންގައިފި

ޙާތަމީގެ ވާހަކަ ރިޕޯޓު ކުރަމުން ސަރުކާރުގެ މީޑިއާ އިން ބުނެފައި ވަނީ، ދުޝްމަނުން ބިމުގައި އޮޕަރޭޝަން ހިންގައި މަސައްކަތް ކުރާ ނަމަ، ދުޝްމަނުންގެ އެއްވެސް ސިފައިންގެ މީހަކަށް ދިރިހުރެވޭނެ ގޮތެއް ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 13:06
އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް، އަމީރު ހަތަމީ

އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް، އަމީރު ހަތަމީ | ރޮއިޓާސް

ދުޝްމަނުންގެ ޙަރަކާތްތައް އެންމެ ފުރިހަމަ ގޮތުގައި ބަލަން ޖެހޭ ކަމަށާއި، ކޮންމެ ފަދަ ހަމަލާ އަކަށް ވެސް ރައްދު ދިނުމަށް ފުރިހަމަ އަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށް އީރާންގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރު އަމީރު ޙާތަމީ ވިދާޅުވެއްޖެ އެވެ. 

ޙާތަމީގެ ވާހަކަ ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައި ވަނީ އީރާނުގެ ސަރުކާރުގެ މީޑިއާ ތަކުންނެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގާތްވަމުން އަންނަ ކަމަަށާއި، އެ މައްސަލަ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނިމިދާނެ ކަމަށެވެ. ނަމަވެސް، ގަލްފު ސަރަހައްދަށް އެމެރިކާ އިތުރު ސިފައިން ފޮނުވަމުން އަންނައިރު، ބިމުގައި އޮޕަރޭޝަން ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

ޙާތަމީގެ ވާހަކަ ރިޕޯޓު ކުރަމުން ސަރުކާރުގެ މީޑިއާ އިން ބުނެފައި ވަނީ، ދުޝްމަނުން ބިމުގައި އޮޕަރޭޝަން ހިންގައި މަސައްކަތް ކުރާ ނަމަ، ދުޝްމަނުންގެ އެއްވެސް ސިފައިންގެ މީހަކަށް ދިރިހުރެވޭނެ ގޮތެއް ނުވާނެ ކަމަށެވެ.

ސަރުކާރުގެ މީޑިއާ އިން ޙާތަމީގެ ވީޑިއޯ ފުޓޭޖެއް ވެސް ހިއްސާ ކޮށްފައިވެ އެވެ. އެ ވީޑިއޯގައި ޙާތަމީ، ސިފައިންގެ ކޮމާންޑާރުންގެ ތިން މީހަކާ އެކު، ކޮޓަރިއެއްގައި ތިއްބަވައި ފޯނު ކޯލަކުން ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ. ނަމަވެސް، އެ ވީޑިއޯ ފުޓޭޖުގައި އެއްވެސް އަޑެއް ނީވެ އެވެ. ރޮއިޓާސް އިން ބުނެފައި ވަނީ، އެ ވީޑިއޯ ނަގާފައި ވަނީ ކޮން ދުވަހެއްގައިކަން ކަށަވަރުވެފައި ނުވާ ކަމަށެވެ. 

ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމަށް ފަހު، މެދު އިރުމަތީގެ ސަރަހައްދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. އެ ހަމަލާ ތަކުގެ ސަބަބުން އީރާން އިން ގެންދަނީ މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

02 އެޕްރީލު 2026
ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު