Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްްރިމިއާ ލީގު

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މާރިޗު 2026 | ހޯމަ 03:14
މެޗުގައި ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ލިވަޕޫލް އެއްވަރު ވެއްޖެ އެވެ. 

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޓޮޓެންހަމް އިން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.'

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ލަނޑު ލިވަޕޫލް އަށް ޖަހައިދިނީ ޑޮމިނިކް ސޮބޯސްލާއި އެވެ. އޭގެ ފަހުން ޓޮޓެންހަމް އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރަންޑަލް ކޯލޯ މުއާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓޮޓެންހަމް އަށް އެ ލަނޑު ޖަހައިދިނީ ރިޗާލިސަން އެވެ.

މެޗު އެއްވަރުވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 30 މެޗުން 49 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

16 މާރިޗު 2026

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

16 މާރިޗު 2026
އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް
15 މާރިޗު 2026

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
15 މާރިޗު 2026

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
15 މާރިޗު 2026

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
11 މާރިޗު 2026

ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

11 މާރިޗު 2026
ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު