Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް

7 މާރިޗު 2026 | ހޮނިހިރު 04:31

ލިވަޕޫލް އިން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު އާން ސްލޮޓް އަށް އޮންނަ ޕްރެޝަރު ވަނީ ބޮޑުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2026 | ހޮނިހިރު 04:31
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އެފްއޭ ކަޕްގެ ގަދަ 16 ވަނަ ބުރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ. 

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ލިވަޕޫލް އިން ވަނީ 3-1 އިން ވުލްވްސް ބަލިކޮށްފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ލިވަޕޫލް އަށް ލީޑު ނަގައިދިނީ އެންޑީ ރޮބާޓްސަން އެވެ. އެއީ ކާޓިސް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ކާޓިސް ޖޯންސް އެވެ. އެއީ ރަޔަން ގްރެވެންބާޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ލިވަޕޫލް އިން ތިން ލަނޑު ޖެހި ފަހުން، ވުލްވްސްގެ ހަމައެކަނި ލަނޑު ޖެހީ ހްވާން ހީޗާން އެވެ.

ލިވަޕޫލް އިން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދާފައިވާއިރު، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު އާން ސްލޮޓް އަށް އޮންނަ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ޚާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ނަތީޖާތައް ދަށްވެ، ސްލޮޓް އަށް އަންނަނީ ފާޑު ކިޔުން އިތުރު ވަމުންނެވެ.

އިނގިރޭސި އެފްއޭ ކަޕްލިވަޕޫލްވުލްވްސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

04 މާރިޗު 2026

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ
01 މާރިޗު 2026

ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް

01 މާރިޗު 2026
ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް
23 ފެބުރުއަރީ 2026

ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

23 ފެބުރުއަރީ 2026
ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި
19 ފެބުރުއަރީ 2026

ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

19 ފެބުރުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު
16 ފެބުރުއަރީ 2026

ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

16 ފެބުރުއަރީ 2026
ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް
15 ފެބުރުއަރީ 2026

ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް

15 ފެބުރުއަރީ 2026
ޞަލާޙުގެ ލަނޑާ އެކު ބްރައިޓަން ބަލިކޮށް، ލިވަޕޫލް ގަދަ 16 އަށް
14 ފެބުރުއަރީ 2026

ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

14 ފެބުރުއަރީ 2026
ޕެޑްރޯ ނެޓޯގެ ހެޓްރިކް އިން މޮޅުވެ، ޗެލްސީ އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް
12 ފެބުރުއަރީ 2026

ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

12 ފެބުރުއަރީ 2026
ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ފެބުރުއަރީ 2026

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

09 ފެބުރުއަރީ 2026
ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
08 ފެބުރުއަރީ 2026

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް