Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް

ވެސްޓް ހޭމް އަތުން ހޯދި ތިން ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 28 މެޗުން 48 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 03:44
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން މުހިންމު މޮޅެއް ހޯދައިފި އެވެ. 

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ހާފުގައި ވެސްޓް ހޭމް އިން ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ހޫގޯ އެކިޓީކޭ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ވާޑިލް ވެން ޑައިކް ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ އެލެކްސިސް މެކް އަލިސްޓާ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ފުރަތަމަ ލަނޑު ޖެހީ ތޯމަސް ސޫޝެކް އެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަސް މިނެޓު ފަހުން ވެސްޓް ހޭމްގެ ދެ ވަނަ ލަނޑު ޖެހީ ޓަޓީ ކަސްޓެޔާނޯސް އެވެ. މެޗުގައި ލިވަޕޫލްގެ ފަހު ލަނޑަކީ ވެސްޓް ހޭމްގެ އެކްސެލް ޑިސާސީ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

ވެސްޓް ހޭމް އަތުން ހޯދި ތިން ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 28 މެޗުން 48 ޕޮއިންޓާ އެކު އެވެ. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ދަށްވެފައިވާއިރު، މިހާރު އެ ޓީމުން އަންނަނީ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި އޮތުމަށް މަސައްކަތް ކުރަމުންނެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްވެސްޓް ހޭމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި

އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި

24 ފެބުރުއަރީ 2026
ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

ފަހު ވަގުތު ފޮރެސްޓް ބަލިކުރުމަށް ފަހު ލިވަޕޫލަށް ހަމަޖެހިލައިފި

23 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

23 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު