Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިއީ ލީގުގައި ލިވަޕޫލްގެ ނުވަ ވަނަ ބަލި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2026 | ބުދަ 06:12
އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އެެވެ.

ވުލްވްސްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މެޗުގައި ވުލްވްސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަަހައިގެން ވުލްވްސް ވަނީ މެޗުން މޮޅުވެފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ރޮޑްރިގޯ ގޮމޭސް ވަނީ ލަނޑު ޖަހައި ވުލްވްސް އަށް ލީޑު ނަގައިދީފަ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ވުލްވްސް އިން ލީޑު ނެގިތާ ފަސް މިނެޓުގެ ތެރޭގައި ލިވަޕޫލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ލިވަޕޫލް އަށް ޖަހައިދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަންދްރޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން ވުލްވްސް މޮޅު ކޮށްދީފަ އެވެ.

މެޗުން ބަލިވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 29 މެޗުން 48 ޕޮއިންޓާ އެކު އެވެ. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިއީ ލީގުގައި ލިވަޕޫލްގެ ނުވަ ވަނަ ބައްޔެވެ.

އިނގިރޭސި ޕްރިމިއަރ ލީގުވުލްވްސްލިވަޕޫލް

އިތުރަށް ކިޔާލަން

02 މާރިޗު 2026

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
02 މާރިޗު 2026

ފަހު ވަގުތު ޕެލަސް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

02 މާރިޗު 2026
ފަހު ވަގުތު ޕެލަސް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް
01 މާރިޗު 2026

ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

01 މާރިޗު 2026
ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
01 މާރިޗު 2026

ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް

01 މާރިޗު 2026
ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް
24 ފެބުރުއަރީ 2026

އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި

24 ފެބުރުއަރީ 2026
އެވަޓަން ބަލިކޮށް، ޔުނައިޓެޑުން ރަނގަޅު ފޯމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު