Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާާހަކަ ދައްކަމުން ސްލޮޓް ބުނީ، އަނެއްކާ ވެސް ގަލަތަސަރާއީއާ ދެކޮޅަށް ނިކުންނައިރު، ލިވަޕޫލް އަށް އެ ޓީމު ވަރަށް ރަނގަޅަށް އިނގޭ ކަމަށް. ޚާއްސަކޮށް އެ ޓީމާ ދެކޮޅަށް މީގެ ކުރިން ކުޅެފައިވުމަކީ، އެ ޓީމުގެ ވައްޓަފާޅި ދަންނަ ސަބަބެއް ކަަމަަށް ސްލޮޓް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2026 | އަންގާރަ 05:19
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ގަލަތަސަރާއީއާ ދެކޮޅަށް ނިކުންނައިރު، އޭނާ ހުރީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ގަލަތަސަރާއީއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ނިކުންނައިރު، މިއީ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅޭނެ 100 ވަނަ މެޗެވެ. މި ސީޒަންގައި ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ، އޭނާ އަށް އަންނަނީ ފާޑު ކިޔުން ވެސް އަމާޒުވަމުންނެވެ.

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާާހަކަ ދައްކަމުން ސްލޮޓް ބުނީ، އަނެއްކާ ވެސް ގަލަތަސަރާއީއާ ދެކޮޅަށް ނިކުންނައިރު، ލިވަޕޫލް އަށް އެ ޓީމު ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. ޚާއްސަކޮށް އެ ޓީމާ ދެކޮޅަށް މީގެ ކުރިން ކުޅެފައިވުމަކީ، އެ ޓީމުގެ ވައްޓަފާޅި ދަންނަ ސަބަބެއް ކަަމަަށް ސްލޮޓް ބުންޏެވެ.

މީގެ އިތުރުން ގަލަތަސަރާއީ އާއި، އެ ޓީމުގެ ކޯޗަކަށް ފުރިހަމަ އިޙުތިރާމް އޮތްކަން ފާހަގަކޮށް ސްލޮޓް ބުނީ، އޯކަން ބުރުކްގެ އިރުޝާދުގެ ދަށުން ގަލަތަސަރާއީ އިން ރަނގަޅަށް ކުޅެމުން އަންނަ ކަަމަށެވެ. އޭނާ ބުނީ އެ ޓީމަކީ ފެންވަރު ރަނގަޅު، ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެން އޮތް ޓީމެއް ކަމަށެވެ. 

ލިވަޕޫލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، އޭނާ ހުރީ ޓީމާ މެެދު ވަރަށް ބޮޑަށް ހިތްހަަމަ ޖެހިގެން ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިންގެ މަސައްކަތާއި، ޓީމުގެ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް ސްލޮޓް ބުންޏެވެ. މީގެ ކުރިން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ގަލަތަސަރާއީ އިން ކާމިޔާބު ކުރިއިރު، ސްލޮޓް ބުނީ މިފަހަރުގެ އަމާޒަކީ ލިވަޕޫލް ކޮޅަށް މެޗު އެނބުރުން ކަމަށެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު އޮތީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:45 ގައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުލިވަޕޫލްއާން ސްލޮޓް

އިތުރަށް ކިޔާލަން

07 މާރިޗު 2026

އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް

07 މާރިޗު 2026
އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް
04 މާރިޗު 2026

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ
01 މާރިޗު 2026

ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް

01 މާރިޗު 2026
ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
26 ފެބުރުއަރީ 2026

ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު