Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

11 މާރިޗު 2026 | ބުދަ 05:28

މި ނަތީޖާއާ އެކު، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ލިވަޕޫލް އަށް ލިބޭނީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން މޮޅުވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 05:28
މެޗުގައި ލަނޑު ޖެހުމަށް ފަހު ގަލަތަސަރާއީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ގަލަތަސަރާއީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ގަލަތަސަރާާއީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

ގަލަތަސަރާއީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ގަލަތަސަރާއީ އިން ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ.

އެގޮތުން މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ގަލަތަސަރާއީ އިން ވަނީ ލިވަޕޫލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާރިއޯ ލެމިނާ އެވެ. އެއީ ވިކްޓާ އޮސީމެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިވަޕޫލް އިން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބެއް ނުވި އެވެ.

މީގެ ކުރިން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލު ކުރިއިރު، އެ މެޗު ވެސް ކާމިޔާބު ކޮށްފައި ވަނީ ގަލަތަސަރާއީ އިންނެވެ. ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުން ލިވަޕޫލް ބަލިވެފައިވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ލިވަޕޫލް އަށް ލިބޭނީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން މޮޅުވެގެންނެވެ.

އަނެއްކޮޅުން މިއީ ލިވަޕޫލްގެ ކޯޗު ކަމާ އާން ސްލޮޓް ހަވާލުވީ ފަހުން، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 100 ވަނަ މެޗެވެ. މި ސީޒަންގައި ލިވަޕޫލްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ސްލޮޓް އަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުލިވަޕޫލް ގަލަޓަސަރާއި

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 މާރިޗު 2026

މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް

10 މާރިޗު 2026
މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް
10 މާރިޗު 2026

ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

10 މާރިޗު 2026
ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި
07 މާރިޗު 2026

އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް

07 މާރިޗު 2026
އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް
04 މާރިޗު 2026

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ
01 މާރިޗު 2026

ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް

01 މާރިޗު 2026
ވެސްޓް ހޭމް ބަލިކޮށް، ލިވަޕޫލަށް މުހިންމު މޮޅެއް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
26 ފެބުރުއަރީ 2026

ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް
26 ފެބުރުއަރީ 2026

ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް
25 ފެބުރުއަރީ 2026

އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް

25 ފެބުރުއަރީ 2026
އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް
25 ފެބުރުއަރީ 2026

އަމިއްލަ ދަނޑުގައި މޮޅުވެ، އެތުލެޓިކޯ ގަދަ 16 އަށް

25 ފެބުރުއަރީ 2026
އަމިއްލަ ދަނޑުގައި މޮޅުވެ، އެތުލެޓިކޯ ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް