Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކަރަބޯ ކަޕް

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

ގާޑިއޯލާ ބުނީ ކަރަބޯ ކަޕް ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ދެން އަނެއްކާ ލީގުގައި ސިޓީ އިން ކުޅޭ ކުޅުން ގޯސްވެދާނެ ކަމަށާއި، އެކަމުގެ ސަބަބުން އަނެއްކާ ދަތި ތަކެއް ކުރިމަތި ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 03:41
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ | ރޮއިޓާސް

ކަރަބޯ ކަޕްގެ ފައިނަލްގައި އާސެނަލް ބަލިކޮށް، މެންޗެސްޓަރ ސިޓީ އިން ތަށި ކާމިޔާބު ކުރި ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގު އެ ޓީމަށް ލިބޭނެކަން ޔަޤީން ނުވާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

އާދިއްތަ ދުވަހުގެ ރޭ އާސެނަލްއާ ދެކޮޅަށް ކަރަބޯ ކަޕްގެ ފައިނަލްގައި ސިޓީ ނިކުންނައިރު، ޕްރިމިއާ ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ ނުވަ ޕޮއިންޓުގެ ލީޑަކުންނެވެ. ނަމަވެސް އެއީ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. 

ގާޑިއޯލާ ބުނީ ސިޓީ އަށް ކަރަބޯ ކަޕް ކާމިޔާބު ކުރެވިއްޖެ ނަމަ، އެ ޓީމުގެ ރޫހަށް ބަދަލެއް އަންނާނެ ކަމަށާއި، ޓީމަށް އެކަމުގެ ފައިދާ ތަކެއް ވެސް ކުރާނެ ކަމަށެވެ. ނަމަވެސް، އެއީ ޕްރިމިއާ ލީގުގައި އޮތް ވާދަވެރި ޙާލަތު ބަދަލު ވާނެ ސަބަބެއް ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ. ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ނުވަތަ ނުކުރިޔަސް، ގާޑިއޯލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މެޗުގެ ފަހުން ދެން ވެދާނެ ގޮތެކެވެ. 

އެގޮތުން ގާޑިއޯލާ ބުނީ ކަރަބޯ ކަޕް ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ދެން އަނެއްކާ ލީގުގައި ސިޓީ އިން ކުޅޭ ކުޅުން ގޯސްވެދާނެ ކަމަށާއި، އެކަމުގެ ސަބަބުން އަނެއްކާ ދަތި ތަކެއް ކުރިމަތި ވާނެ ކަމަށެވެ. ގާޑިއޯލާ ބުނީ ވަރަށް ގާތް ގާތުގައި ލީގުގެ އިތުރުން، ކަރަބޯ ކަޕް އަދި ޔުއެފާ ޗެމްޕިއަންްސް ލީގުގައި ކުޅެން ޖެހުމަކީ ވެސް އުނދަގޫ ތަކެއް ކަމަށެވެ. 

ގާޑިއޯލާ ބުނީ ކޮންމެ ޙާލަތެއްގައި ވެސް ހޯދަން ޖެހޭނީ ކުރިއަށް ދެވޭނެ ގޮތެއް ކަމަށާއި، ބޭނުން ވަނީ ކުރިއަށް ދާނެ މަގެއް ކަމަށެވެ. އޭނާ ބުނީ ފަައިނަލް މެޗަށް ނިކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށާއި، ސިޓީ އިން އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނެ ކަމަށެވެ. މެޗުގެ ނަތީޖާ ބިނާވެގެން ދާނީ ސިޓީ އިން ކުރާ މަސައްކަތެއްގެ މައްޗަށް ކަަމަށް ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ދެ ވަނައިގައި ސިޓީ އޮތްއިރު، ޗެމްޕިއަންސް ލީގުން އެ ޓީމު ވަނީ ކަޓައިފަ އެވެ. ކަރަބޯ ކަޕްގެ ފައިނަލް ކާމިޔާބުކޮށް، ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ސިޓީ އަށް އެބަ އޮތެވެ.

ކަރަބޯ ކަޕްމެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާޓެޓާ ހުރީ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމާ އެކު!

އާޓެޓާ ހުރީ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމާ އެކު!

22 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު