Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެފްއޭ ކަޕް: ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ސިޓީ ކުއާޓާ ފައިނަލް އަށް

8 މާރިޗު 2026 | އާދީއްތަ 04:40

މެޗުގައި ނިއުކާސަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސިޓީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2026 | އާދީއްތަ 04:40
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ގަަދަ 16 ވަނަ ބުރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ނިއުކާސަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ސިޓީ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ހާވޭ ބާންސް ވަނީ ލަނޑު ޖަހައި ނިއުކާސަލް އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ސަވީނިއޯ ވަނީ ލަނޑު ޖަހައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން ސަވީނިއޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެރެމީ ޑޮކޫ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އޮމަރް މާމޫޝް ވަނީ ލަނޑު ޖަހައި ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން މެޗުގެ 65 ވަނަ މިނެޓުގައި މާމޫޝް ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މަތެއުސް ނޫނޭސް އެވެ. 

މި މޮޅާ އެކު ސިޓީ އިން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް ހަތް ފަހަރެއްގެ މަތިން އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. 

އިނގިރޭސި އެފްއޭ ކަޕްމެންޗެސްޓަރ ސިޓީނިއުކާސަލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: އިތުރު ވަގުތު ކުޅެ މޮޅުވެގެން، ޗެލްސީ ކުއާޓާ ފައިނަލް އަށް
08 މާރިޗު 2026

އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް
07 މާރިޗު 2026

އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް

07 މާރިޗު 2026
އެފްއޭ ކަޕް: ވުލްވްސް އަތުން މޮޅުވެ ލިވަޕޫލް ކުއާޓާ ފައިނަލް އަށް
05 މާރިޗު 2026

ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

05 މާރިޗު 2026
ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ
05 މާރިޗު 2026

ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.

05 މާރިޗު 2026
ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.
01 މާރިޗު 2026

ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

01 މާރިޗު 2026
ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
28 ފެބުރުއަރީ 2026

ގާޑިއޯލާ ބޭނުން ވަނީ، ހާލަންޑު ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން

28 ފެބުރުއަރީ 2026
ގާޑިއޯލާ ބޭނުން ވަނީ، ހާލަންޑު ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
22 ފެބުރުއަރީ 2026

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި
16 ފެބުރުއަރީ 2026

ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

16 ފެބުރުއަރީ 2026
ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް