Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

މެޗު އެއްވަރުވެ ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 30 މެޗުން 61 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 04:29
ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ހާލަންޑް

ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ހާލަންޑް | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަަނައިގައި އޮތް އާސެނަލްއާ ދެމެދު ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު މެންޗެސްޓަރ ސިޓީ އިން ނަގާލައިފި އެވެ.

ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވެސްޓް ހޭމް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމުން ވެސް ލަނޑުތައް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. އެ ލަނޑު ޖަހަން ސިލްވާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އޮމަރު މާމޫޝް އެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ވެސްޓް ހޭމް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޖެރާޑް ބޮވެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޮންސްޓަންޓީނޯސް މަވްރޮޕާނޮސް ޖެހި ލަނޑެކެވެ. 

މެޗު އެއްވަރުވެ ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް 70 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި އޮތީ ނުވަ ޕޮއިންޓުގެ ފަރަގެކެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީވެސްޓް ހޭމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
އެފްއޭ ކަޕް: ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ސިޓީ ކުއާޓާ ފައިނަލް އަށް

އެފްއޭ ކަޕް: ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ސިޓީ ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު