Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

ގާޑިއޯލާ ބުނީ ރެއާލްގެ މެޗާ ގުޅޭ ގޮތުން ނޫސްވެރިން ވަރަށް ގިނަ ސުވާލު ކުރަން ބޭނުން ވާނެކަން އިނގޭ ކަމަށާއި، ނަމަވެސް އޭނާގެ ވިސްނުން ހުރީ ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މާރިޗު 2026 | ހޮނިހިރު 05:01
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ ބަލިވި މެޗާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މިއީ މެންޗެސްޓަރ ސިޓީ އަށް ފަރިތަ ޙާލަތެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނެފައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް އަތުން 3-0 އިން ސިޓީ ބަލިވެފައިވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދުމަށް ސިޓީ އަށް ޖެހޭނީ އަމިއްލަ ދަނޑުގައި ތިން ލަނޑުގެ ތަފާތުން ރެއާލް ބަލި ކުރާށެވެ.

އެ މެޗާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، ސިޓީ އަކީ މިކަހަލަ ޙާލަތް ތަކަށް ފަރިތަ ޓީމެއް ކަމަށެވެ. އެ މެޗުގައި ސިޓީގެ ޓީމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، ޓީމު ކަނޑަ އަޅަނީ އެ ވަގުތެއްގައި ސިޓީ އަށް އެންމެ ރަނގަޅު ގޮތް ބެލުމަށް ފަހު ކަމަށެވެ. ގިނަ ދަތުރު ތަކެއް ކުރަން ޖެހޭއިރު، އަބަދު އެއް ކުޅުންތެރިން ތަކެއް ފުރަތަމަ 11 ގައި ނުތިބޭނެ ކަމަށް ފާހަގަކޮށް ގާޑިއޯލާ ބުނީ، އެކަމާ މިވަގުތު ވިސްނަން ބޭނުން ނުވާ ކަމަށެވެ. 

އެއާ އެކު ގާޑިއޯލާ ބުނީ ރެއާލްގެ މެޗާ ގުޅޭ ގޮތުން ނޫސްވެރިން ވަރަށް ގިނަ ސުވާލު ކުރަން ބޭނުން ވާނެކަން އިނގޭ ކަމަށާއި، ނަމަވެސް އޭނާގެ ވިސްނުން ހުރީ ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. އެއާ އެކު ގާޑިއޯލާ ބުނީ ކޮންމެ މެޗަކީ ވެސް ސިޓީ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، ރެއާލް އާއެކު ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ވިސްނާނީ ވެސްޓް ހޭމް މެޗަށް ފަހު ކަމަށެވެ. އަދި ޓީމު ކަނޑަ އެޅި ގޮތާ ގުޅޭ ގޮތުން އެހެން ބައެއްގެ ވިސްނުން ބަދަލު ކުރަން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ގާޑިއޯލާ ބުންޏެވެ.

ވެސްޓް ހޭމްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއް ވަނައިގައި އޮތް އާސެނަލް އާއި ސިޓީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ވެސްޓް ހޭމް މެޗުން މޮޅުވެ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ. ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުމަށް ފަހު، ދެން ސިޓީ އަށް އޮންނާނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ރެއާލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
08 މާރިޗު 2026

އެފްއޭ ކަޕް: ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ސިޓީ ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ސިޓީ ކުއާޓާ ފައިނަލް އަށް
05 މާރިޗު 2026

ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.

05 މާރިޗު 2026
ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.
01 މާރިޗު 2026

ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

01 މާރިޗު 2026
ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި
28 ފެބުރުއަރީ 2026

ގާޑިއޯލާ ބޭނުން ވަނީ، ހާލަންޑު ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން

28 ފެބުރުއަރީ 2026
ގާޑިއޯލާ ބޭނުން ވަނީ، ހާލަންޑު ވީހާ ވެސް ގިނަ ލަނޑު ތަކެއް ޖަހަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު