Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕުގެ ވަރުގަދަ އިންޒާރަށް ފަހު ވެސް، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހަ ގަޑިއިރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން މިސައިލް ހަމަލާ ތަކެއް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ދެ ހަމަލާ އަކީ ޓްރަމްޕްގެ ތަޤުރީރަށް ފަހު ދީފައިވާ ހަމަލާ ތަކެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 08:19
ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އިޒްރޭލްގެ އުތުރުގެ ރަށެއް ކަމަށްވާ ކިރްޔަތު ޝްމޯނާގައި ހުރި ގެއަކަށް ހިޒްބުﷲ އިން ދިން މިސައިލް ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ.

ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އިޒްރޭލްގެ އުތުރުގެ ރަށެއް ކަމަށްވާ ކިރްޔަތު ޝްމޯނާގައި ހުރި ގެއަކަށް ހިޒްބުﷲ އިން ދިން މިސައިލް ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ. | ރޮއިޓާސް

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއްދީ، އެ ޤައުމުގެ "ހިލަ ޒަމާނަކަށް" ފޮނުވާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ދީފި އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހަ ގަޑިއިރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން މިސައިލް ހަމަލާ ތަކެއް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ދެ ހަމަލާ އަކީ ޓްރަމްޕްގެ ތަޤުރީރަށް ފަހު ދީފައިވާ ހަމަލާ ތަކެއް ކަމަށެވެ.

ވައިޓް ހައުސްގައި ހުންނަވައި ޤައުމާ މުޚާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު ފެށި އަސްކަރީ އޮޕަރޭޝަން މިހާރު ނިމުމަކާ ގާތްވެފައވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އީރާން އަށް އިންތިހާ އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށާއި، އީރާން އަށް ހައްގުވާ "ހިލަ ޒަމާނަށް" އެ ޤައުމު ފޮނުވާލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މީގެ އިތުރުން އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތައް ފަދަ މުހިންމު ތަންތަނަށް ހަމަލާދޭން ތައްޔާރު ވަމުންދާ ކަަމަަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަަބަބުން ޓްރަމްޕްގެ ތާއީދާއި މަޤުބޫލުކަން ދަށަށް ގޮސްފައިވާއިރު، އީރާންގެ މިހާރުގެ އިސްވެރިންނަކީ ހަރުކަށިކަން ކުޑަ އަދި ބުއްދިވެރި ބައެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި އީރާންގެ އައު ލީޑާޝިޕާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާ އިން ވަނީ އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލައިފަ އެވެ. 

ޓްރަމްޕްގެ އިންޒާރުތަކާ އެކު ވެސް، އީރާން އިން ވަނީ އެމެރިކާގެ ހުށަހެޅުން ތަކަށް ފުރަގަސްދީފަ އެވެ. އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ކުރާ ޝަރުޠު ތަކަކީ ބުއްދި އަށް ޤަބޫލު ނުކުރެވޭ ފަދަ ހަރުކަށި ޝަރުޠު ތަކެއް ކަމަށެވެ. ޕާކިސްތާން މެދުވެރިކޮށް މެސެޖުތައް ލިބެމުން ދިޔަ ނަމަވެސް، އެމެރިކާ އާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އީރާންގެ ވެރި ރަށް ތެހެރާންގައި ބުރާސްފަތި ދުވަހު ބޭއްވި ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރެއްގެ ޖަނާޒާގައި ބައިވެރިވި އާންމުން ވެސް ތިބީ، ހަނގުރާމައިގައި ދޫ ނުދޭނެ ކަމުގެ އަޒުމުގަ އެވެ. އެގޮތުން 57 އަހަރުގެ މޫސާ ނައުރޫޒީ ވިދާޅުވީ، ހަނގުރާމަ އަށް މަސް ދުވަސް ވީ ނަމަވެސް، އަދި ކިތަންމެ ދުވަހެއް ހޭދަވި ނަމަވެސް އީރާން އިން ތިބީ ދިފާއީ މަސައްކަތުގަ އެވެ. 

މި ހަމަލާތައް ބަދަލު ކުރަމުން އަންނަ ދަނޑިވަޅެއްގައި، އީރާން އިން ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިނގިރޭސިވިލާތުން އިސްނަގައިގެން 35 ޤައުމެއްގެ ބައްދަލުވުމެއް ބުރަސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު