Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމައިގެ ލަނޑުދަނޑިތައް ދަނީ ހާސިލުވަމުން: ޓްރަމްޕް

2 އެޕްރީލު 2026 | ބުރާސްފަތި 08:14

ބުދަ ދުވަހުގެ ރޭ ޤައުމާއި މުޚާޠަބު ކުރައްވައި ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވީ، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވަމުން އަންނައިރު، އެކަމާ އޭނާ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2026 | ބުރާސްފަތި 08:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، އެމެރިކާ އިން ކަނޑައަޅާފައިވާ މައިގަނޑު ލަނޑުދަނޑިތައް ހާސިލުވަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެެވެ. 

ބުދަ ދުވަހުގެ ރޭ ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވީ، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވަމުން އަންނައިރު، އެކަމާ އޭނާ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން، މެދު އިރުމަތީގެ ސަރަހައްދުގައި ހަނގުރާމައިގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ހަމަލާ ތަކުގެ ސަބަބުން، އީރާން އިން އަންނަނީ އެމެރިކާ އާއި އިޒްރޭލްގެ އަމާޒު ތަކަށް ގިނަ ހަމަލާ ތަކެއް ދެމުންނެވެ. 

މި ހަނގުރާމައިގެ ސަބަބުން އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައިވާއިރު، މި ކަނޑު އޮޅި ބަންދުވުމުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައި ކުޅަ އެއްބައި ވަނީ ހުއްޓިފަ އެވެ. ހޮރްމޫޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލިގެ ވިޔަފާރީގައި ވަރަށް މުހިންމު މަގަކަށް ވާއިރު، އެ މަގު ބަންދުވުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ އަސަރު އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. 

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާލީ ބާޒާރު ތަކަށް ވެސް ބޮޑެތި ނޭދެވޭ އަސަރު ތަކެއް ކޮށްފައިވާ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން، އެެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕް އާއި އޭނާގެ ސަރުކާރުގެ މަޤުބޫލުކަން ދަށްވަމުން އަންނަ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

ޓްރަމްޕް ވިދާޅުވީ އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ ހަނގުރާމައިގައި ގިނަ ލަނޑުދަނޑި ތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލުވަމުން އަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވާއިރު، އޭނާ ބޭނުން ވަނީ އީރާންގެ ބާރުވެރިކަން އެއްކޮށް ނައްތާލުމަށެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އެމެރިކާ އިން ވަންނަން ނުޖެހޭ ހަނގުރާމައެއްގެ ތެރެއަށް އެ ޤައުމު ވަދެފައިވާ ކަމަށް ބުނެ، ގިނަ ރައްޔިތުން އަންނަނީ ޓްރަމްޕް އަށް ނުރުހުން އަމާޒު ކުރަމުންނެވެ. 

މިއަހަރުގެ ފަހު ކޮޅު އެމެރިކާގެ މިޑް ޓާމް އިންތިޚާބު އޮންނައިރު، މި ހަނގުރާމައިގެ ސަބަބުން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް އެތައް ގޮންޖެހުން ތަކެއް ކުރިމަތި ވާނެ ކަމަށް މާހިރުން ލަފާ ކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީ އަށް އިންތިޚާބު ގެއްލި، ވެރިކަމުގައި އިތުރު ގޮންޖެހުން ތަކެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މާހިރުން ބުނެފައިވެ އެވެ. 

މި ދަނޑިވަޅުގައި ޓްރަމްޕް ގެންދަވަނީ ގިނަ ވާހަކަ ތަކެއް ދައްކަވައިގެން، އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

02 އެޕްރީލު 2026
އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް
01 އެޕްރީލު 2026

އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

01 އެޕްރީލު 2026
އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ
01 އެޕްރީލު 2026

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ
01 އެޕްރީލު 2026

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026
އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ
01 އެޕްރީލު 2026

އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

01 އެޕްރީލު 2026
އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި
01 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ
01 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި
01 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
01 އެޕްރީލު 2026

އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

01 އެޕްރީލު 2026
އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
31 މާރިޗު 2026

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް