Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ހަނގުރާމަ ނިމޭނެ ތާރީޚެއް ނޭނގޭ: ޓްރަމްޕް

މި ޚިޠާބުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މިހާރު ވަނީ އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ ބާރު ކަނޑުވާލައި އަދި އެ ޤައުމުގެ ބެލިސްޓިކް މިސައިލް އާއި ނިއުކްލިއާ ޕްރޮގްރާމް ސުންނާފަތި ކޮށްލާފައި ކަމަށް. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ހުރިހާ ބާރެއް ވެސް އޮތީ އެމެރިކާގެ އަތް މަތީގައި ކަމަށާއި، އީރާނުގެ ކިބައިގައި އެއްވެސް ބާރެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2026 | ބުރާސްފަތި 07:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، އެމެރިކާގެ އަސްކަރިއްޔާ އިން ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައިވާ ކަމަށާއި، ނަމަވެސް ހަނގުރާމަ ނިމުމަކަށް އަންނާނެ ސީދާ ތާރީޚެއް ދަންނަވަން ނޭނގޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ ޤައުމާ މުޚާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގައި އެމެރިކާ އިން ކަނޑައެޅި މަޤުސަދުތައް ގާތް ގަނޑަކަށް ހާސިލުވެފައިވާ ކަމަަށެވެ. އެހެން ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ ތާވަލެއް ދެއްވުމުގެ ބަދަލުގައި، ޓްރަމްޕް ވަނީ އީރާން "ހިލަ ޒަމާނަކަށް" ފޮނުވާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި އީރާނަށް ބޮން އެޅުން ކުރިއަށް ގެންދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް، ފަސް ހަފުތާ ވެފައިވާއިރު، މިއީ ހަނގުރާމަ ފެށި ފަހުން ވައިޓް ހައުސްގައި ހުންނަވައި ޓްރަމްޕް ޤައުމާއި މުޚާޠަބު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ޚިޠާބުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މިހާރު ވަނީ އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ ބާރު ކަނޑުވާލައި އަދި އެ ޤައުމުގެ ބެލިސްޓިކް މިސައިލް އާއި ނިއުކްލިއާ ޕްރޮގްރާމް ސުންނާފަތި ކޮށްލާފައި ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ހުރިހާ ބާރެއް ވެސް އޮތީ އެމެރިކާގެ އަތް މަތީގައި ކަމަށާއި، އީރާނުގެ ކިބައިގައި އެއްވެސް ބާރެއް ނެތް ކަމަށެވެ. 

ހަނގުރާމަ ނިންމާލުމާ ގުޅޭ ގޮތުން ސާފު ޕްލޭނެއް ހުށަހެޅުއްވުމުގެ ބަދަލުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން މި މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށެވެ. ނަމަވެސް، އީރާން އިން މިހާރު ބަންދު ކޮށްފައިވާ ދުނިޔޭގެ ތެލުގެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމާއި، އީރާން އިން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ މައްސަލަ ފަދަ މުހިންމު ކަންކަމާ ގުޅޭ ގޮތުން ޓްރަމްޕް ތަފްސީލީ ވާހަކައެއް ދައްކަވާފައި ނުވެ އެވެ. އޭނާ ވިދާޅުވީ، ހަނގުރާމަ ނިމުމާ އެކު، ހޮރްމޫޒް ކަނޑުއޮޅި އަމިއްލަ އަށް ހުޅުވިގެންދާނެ ކަމަށެވެ. 

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ރައްޔިތުންނާއި، ބައިނަލްއަޤުވާމީ ބައިވެރިންގެ މެދުގައި އޮތް ކަންބޮޑުވުން ތަކަށް އެދެވޭ ޙައްލެއް ލިބިފައި ނުވެ އެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާ އަށް އުފުލެމުން ދިޔުމާއި، ޓްރަމްޕް އަށް އޮތް ތާއީދު ދަށްވަމުން ދިޔުމުގެ ސަބަބުން، ހަނގުރާމައިގެ މަޤުސަދުތައް ސާފުކޮށްދިނުމަށް ބައެއް ޤައުމު ތަކުން އަންނަނީ ޕްރެޝަރު ކުރަމުންނެވެ. ޓްރަމްޕްގެ ޚިޠާބަށް ފަހު ހިއްސާގެ ބާޒާރު ދަށަށް ގޮސް، ޑޮލަރުގެ އަގު ވަނީ އުފުލިފަ އެވެ. މިއީ މި ހަނގުރާމަ އަދި ވެސް ދިގުލައިގެން ހިނގައި ދާނެ ކަމަށް އިންވެސްޓަރުން ޤަބޫލު ކުރާ ކަމުގެ ނިޝާނެއް ކަަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ

01 އެޕްރީލު 2026
އީރާންގައި ބިރުވެރިކަން ފަތުރަމުން ގެންދާ ވެރިކަން , ހަލާކު ކުރާނަން: ނަތަންޔާހޫ
01 އެޕްރީލު 2026

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

01 އެޕްރީލު 2026
އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ
01 އެޕްރީލު 2026

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026
އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ
01 އެޕްރީލު 2026

އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

01 އެޕްރީލު 2026
އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި
01 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު