Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން ހަނގުރާމަ ނިމުމުން، ނޭޓޯ އާއެކު އޮތް ގުޅުން މުރާޖާ ކުރާނަން: ރޫބިއޯ

ނޭޓޯގެ މެމްބަރު ޤައުމު ތަކުގައި ހުރި އަސްކަރީ މަރުކަޒުތައް އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބޭނުން ނުކުރެވޭ ޙާލަތަކަށް ކަންކަން ގޮސްފި ނަމަ، އެއީ ހަމައެކަނި އެއްކޮޅަށް ފައިދާވާ ގުޅުމެއްގެ ގޮތުގައި ރޫބިއޯ ސިފަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 08:36
އެމެރިކާާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އެމެެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިމުމާ އެކު، ނޭޓޯގެ ބައިވެރިންނާ އެކު އޮތް ގުޅުން އަލުން މުރާޖާ ކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. 

ފޮކްސް ނިއުސްގެ ހޯސްޓް ޝޯން ހެނިޓީ އަށް ދެއްވި އިންޓަވިޔުއެއްގައި ރޫބިއޯ ވިދާޅުވީ، މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތައް ނިމުމުން، އެމެރިކާގެ އިއްތިހާދެއްގެ ގޮތުގައި ނޭޓޯ އޮތް ގޮތާއި، އެ ޖަމިއްޔާ އާއެކު އޮތް ގުޅުން އަލުން ބަލަން ޖެހޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެންމެ ފަހުގެ ނިންމުން ނިންމަވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ. 

މީގެ އިތުރުން ރޫބިިއޯ ވިދާޅުވީ، ސެނެޓުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އޭނާ އަކީ ނޭޓޯގެ ދިފާއުގައި ވަރަށް ގިނަ ކަންކަން ކުރައްވައި، ވަރަށް ގިނަ ވާހަކަ ތަކެއް ދެއްކެވި ބޭފުޅެއް ކަމަށެވެ. އެއީ ޔޫރަޕުގައި ހުރި އަސްކަރީ މަރުކަޒު ތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެމެރިކާގެ ބާރު ފޯރުވުމަށް މަގުފަހި ވެގެންދާތީ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ. 

ނަމަވެސް، ނޭޓޯގެ މެމްބަރު ޤައުމު ތަކުގައި ހުރި އަސްކަރީ މަރުކަޒުތައް އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބޭނުން ނުކުރެވޭ ޙާލަތަކަށް ކަންކަން ގޮސްފި ނަމަ، އެއީ ހަމައެކަނި އެއްކޮޅަށް ފައިދާވާ ގުޅުމެއްގެ ގޮތުގައި ރޫބިއޯ ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވައިގެ ހަމަލާތައް ދިނުމަށް ނޭޓޯގެ ޤައުމު ތަކުގެ ކިބައިން އެމެރިކާ އިން ނޭދޭ ކަމަށެވެ. އެހެން ނަމަވެސް، އެ ޤައުމު ތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ އަށް އެދުމުން، އެކަމަށް ނޫނެކޭ ބުނާ ނަމަ ނޭޓޯގައި އެމެރިކާ އޮތުމުގެ ބޭނުމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ. 

ރޫބިއޯ މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ، ޔޫރަޕުގެ ބައެއް ޤައުމު ތަކުން އެމެރިކާގެ އަސްކަރިއްޔާ އަށް އެ ޤައުމު ތަކުގެ ބިން ބޭނުން ކުރުން ހަނި ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މެދު އިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ މިޝަނަކަށް ދަތުރު ކުރި އެމެރިކާގެ އަސްކަރީ ބޯޓެއް އިޓަލީގައި ޖެއްސުމުގެ ހުއްދަ އަށް އެދުމުން، އެ ޤައުމުން އެ ހުއްދަ ދީފައި ނުވާ ކަމަށް ވަނީ ހާމަވެފަ އެވެ.

މީގެ އިތުރުން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ މިޝަންތަކުގައި ބޭނުން ކުރާ އެމެރިކާގެ މަތިންދާ ބޯޓު ތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުން ކުރުން އެ ޤައުމުން ވެސް ވަނީ މަނާ ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ނޭޓޯއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

އީރާންއާ މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް، އެއްބަސްވުމެއް ނެތް ނަމަވެސް ހަނގުރާމަ ހުއްޓިދާނެ: ރޫބިއޯ

01 އެޕްރީލު 2026
އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

01 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު