Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

މޮޅާ އެކު ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައި. މިހާތަނަށް ކުޅެފައިވާ 30 މެޗުން ބާސެލޯނާ އަށް 76 ޕޮއިންޓު ލިބޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2026 | އާދީއްތަ 08:50
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފަހުން ފަހަތުން އަރައި މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އެތުލެޓިކޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއުލިއާނޯ ސިމިއޯނޭ އެވެ. އެއީ ކްލެމެންޓް ލެންގްލެޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކަސް ރަޝްފޯޑު އެވެ. އެއީ ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުން ބާސެލޯނާ މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ޖެހި ލަނޑުންނެވެ. 

މޮޅާ އެކު ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 30 މެޗުން ބާސެލޯނާ އަށް 76 ޕޮއިންޓު ލިބެ އެވެ. ބާސެލޯނާގެ ފަހަތުން ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 69 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

05 އެޕްރީލު 2026
ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި
29 މާރިޗު 2026

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

29 މާރިޗު 2026
އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ
25 މާރިޗު 2026

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
25 މާރިޗު 2026

ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

25 މާރިޗު 2026
ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި
23 މާރިޗު 2026

އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

23 މާރިޗު 2026
އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު