Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

މެޗަށް ފަހު ކުރިއަށް ގެންދިޔަ ރަފީނިއާގެ މެޑިކަލް ޓެސްޓު ތަކުން އެނގުނު ގޮތުގައި ގާތް ގަނޑަކަށް ފަސް ހަފުތާގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ރަފީނިއާ އަށް ބާސެލޯނާގެ މުހިންމު މެޗު ތަކެއް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2026 | އާދީއްތަ 04:17
ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ | ރޮއިޓާސް

ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރަފީނިއާ އަށް އަނިޔާވެފައިވާއިރު، އޭނާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ ކަމަށް ބެލެވިއްޖެ އެވެ. 

ރަފީނިއާ އަށް އަނިޔާވެފައި ވަނީ އެންމެ ފަހުން ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ބްރެޒިލް އިން ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ބްރެޒިލް ބަލިވިއިރު، ރަފީނިއާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާގެ ސަބަބުން މެޗުގެ ވަކި ހިސާބަކުން ވަނީ ރަފީނިއާ ބަދަލު ކޮށްފަ އެވެ. 

އެ މެޗަށް ފަހު ކުރިއަށް ގެންދިޔަ ރަފީނިއާގެ މެޑިކަލް ޓެސްޓު ތަކުން އެނގުނު ގޮތުގައި ގާތް ގަނޑަކަށް ފަސް ހަފުތާގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެކަމުގެ ސަބަބުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ރަފީނިއާ އަށް ބާސެލޯނާގެ މުހިންމު މެޗު ތަކެއް ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ހަތް މެޗެއް ގެއްލޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗާއި، އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ މެޗާއި، ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭ މެޗު އަދި ގެޓާފޭއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ދެ ލެގުގެ މެޗު ވެސް ނުކުޅެވޭނެ ކަމަށް ބެލެވިފައިވާއިރު، ސެމީ ފައިނަލް އަށް ބާސެލޯނާ ގޮސްފި ނަމަ ފުރަތަމަ ލެގުގެ މެޗު ވެސް ނުކުޅެވޭނެ ކަމަށް ބެލެވިފައިވެ އެވެ.

ރަފީނިއާ އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ބާސެލޯނާ އަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތްއިރު، އެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ ރަފީނިއާ އެވެ. މި ސީޒަންގައި ބާސެލޯނާ އަށް ކުޅެދިން 31 މެޗުގައި ރަފީނިއާ ވަނީ 19 ލަނޑު ޖަަހައިފަ އެވެ.

ބާސެލޯނާރަފީނިއާ

އިތުރަށް ކިޔާލަން

25 މާރިޗު 2026

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
23 މާރިޗު 2026

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

23 މާރިޗު 2026
ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި
19 މާރިޗު 2026

ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

19 މާރިޗު 2026
ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް
17 މާރިޗު 2026

ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

17 މާރިޗު 2026
ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި
16 މާރިޗު 2026

ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

16 މާރިޗު 2026
ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު