Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

އާދީއްްތަ ދުވަހު އޮތް އިންތިޚާބުގައި ލަޕޯޓާ ވާދަ ކުރައްވާފައި ވަނީ ވިިކްޓާ ފޮންޓްއާ. އެ އިންތިޚާބުގައި ލަޕޯޓާ އަށް ވަނީ 32،934 ވޯޓު ލިބިފައި. އެއީ ޖުމުލަ ވޯޓުގެ 68.18 އިންސައްތަ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2026 | އަންގާރަ 04:09
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ | ރޮއިޓާސް

ސްޕެއިންގެ ބާސެލޯނާގެ ރައީސް ކަމުގެ މަޤާމަށް، އެ މަޤާމުގައި ހުންނެވި ޖޯން ލަޕޯޓާ އަނެއްކާ ވެސް އިންތިޚާބު ވެއްޖެ އެވެ.

އާދީއްްތަ ދުވަހު އޮތް އިންތިޚާބުގައި ލަޕޯޓާ ވާދަ ކުރައްވާފައި ވަނީ ވިިކްޓާ ފޮންޓްއާ އެވެ. އެ އިންތިޚާބުގައި ލަޕޯޓާ އަށް ވަނީ 32،934 ވޯޓު ލިބިފަ އެވެ. އެއީ ޖުމުލަ ވޯޓުގެ 68.18 އިންސައްތަ އެވެ.

މިއީ ބާސެލޯނާގެ ރައީސް ކަމުގެ މަޤާމަށް ލަޕޯޓާ އިންތިޚާބުވި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ލަޕޯޓާ ވަނީ 2003 ވަނަ އަހަރުން ފެށިގެން، 2010 ވަނަ އަހަރަށް ބާސެލޯނާގެ ރައީސްކަން ކުރައްވައިފަ އެވެ. އެއީ ވިދި ވިދިގެން ދެ ދައުރެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ ތިން ވަނަ ފަހަރަށް ބާސެލޯނާގެ ރައީސް ކަމަށް ވަޑައިގެންފަ އެވެ. އެފަހަރުގެ އިންތިޚާބުގައި ލަޕޯޓާ އަށް ލިބިފައި ވަނީ 30،184 ވޯޓެވެ. 

ލަޕޯޓާއާ ވާދަ ކުރެއްވި ފޮންޓް އަށް އިންތިޚާބުގައި ލިބިފައި ވަނީ 14،385 ވޯޓެވެ. އެއީ 29.78 އިންސައްތަ އެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ފޮންޓް ވަނީ ލަޕޯޓާއާ ވާދަ ކުރައްވައިފަ އެވެ. ނަމަވެސް، އެ ފަހަރު ވެސް ފޮންޓް އަށް ވަނީ ނާކާމިޔާބު ވެފަ އެވެ. 

ބާސެލޯނާގެ އިންތިޚާބަށް ފަހު ލަޕޯޓާ ވިދާޅުވީ، މިއީ ވަރަށް ބޮޑު ނަތީޖާއެއް ކަމަށާއި، އެކަމުން އޭނާގެ ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ. ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އާއެކު ކުރިއަށް ދިޔުމަށް ކުރާ މަސައްކަތަކީ ހުއްޓުމެއް ނެތް މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގައި އޭނާ އާއި، އޭނާގެ ޓީމު ހުއްޓުވޭނެ މީހަކު ވެސް ނުހުންނާނެ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، ކުރިއަށް އޮތް އަހަރު ތަކަކީ ވަރަށް ފޯރި ގަދަ އަހަރު ތަކަަކަށް ވާނެ ކަމަށާއި، ބާސެލޯނާާ އަށް އުފާވެރި ދުވަސް ތަކެއް އަދިވެސް ހޯދައި ދޭނެ ކަމަށެވެ.

މީގެ އިތުރުން ލަޕޯޓާ ވަނީ އޭނާ އަށް ވޯޓު ދެއްވި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ބާސެލޯނާގެ މެމްބަރުން ކުރި އިތުބާރާއި، ދިން ތާއީދަށް އަބަދު ވެސް ޝުކުރު ވެރިވާނެ ކަމަށާއި، ކުލަބަށް ކާމިޔާބުގެ ރަން ދުވަސް ތަކެއް ގެނައުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ. 

ބާސެލޯނާޖޮއާން ލަޕޯޓާ

އިތުރަށް ކިޔާލަން

16 މާރިޗު 2026

ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

16 މާރިޗު 2026
ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި
11 މާރިޗު 2026

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ
10 މާރިޗު 2026

މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް

10 މާރިޗު 2026
މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް
10 މާރިޗު 2026

އަލުން އެނބުރި ބާސެލޯނާ އަށް ނުދާނެ ކަމަށް ޒަވީ ބުނެފި

10 މާރިޗު 2026
އަލުން އެނބުރި ބާސެލޯނާ އަށް ނުދާނެ ކަމަށް ޒަވީ ބުނެފި
09 މާރިޗު 2026

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

09 މާރިޗު 2026
މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު