Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

މޮޅާ އެކު ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައި. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުން ބާސެލޯނާ އަށް ލިބެނީ 70 ޕޮއިންޓު. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 66 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މާރިޗު 2026 | ހޯމަ 03:09
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ރަފީނިއާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ރަފީނިއާ އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ހިފަހައްޓައިފި އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ލަނޑު ޖެހިއިރު، ސެވިއްޔާ އިން ލަނޑެއް ޖެހި އެވެ. ބާސެލޯނާ އިން އަނެއް ދެ ލަނޑު ދެ ވަނަ ހާފުގައި ޖެހިއިރު، ސެވިއްޔާ އިން މި ހާފުގައި ވެސް ލަނޑެއް ޖެހި އެވެެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްދިނީ ވެސް ރަފީނިއާ އެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސެވިއްޔާގެ ފުރަތަމަ ލަނޑު ޖެހީ އޮސޯ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. އޭގެ ނުވަ މިނެޓު ފަހުން ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖެހީ ޔާއޯ ކަންސޭލޯ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި ސެވިއްޔާގެ ދެ ވަނަ ލަނޑު ޖެހީ ޑިބްރިލް ޝޯ އެވެ.

މޮޅާ އެކު ބާސެލޯނާ އިން ވަނީ އެއް ވަަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުން ބާސެލޯނާ އަށް ލިބެނީ 70 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 66 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާސެވިއްޔާރަފީނިއާ

އިތުރަށް ކިޔާލަން

15 މާރިޗު 2026

އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި

15 މާރިޗު 2026
އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި
11 މާރިޗު 2026

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ
10 މާރިޗު 2026

މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް

10 މާރިޗު 2026
މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް
10 މާރިޗު 2026

އަލުން އެނބުރި ބާސެލޯނާ އަށް ނުދާނެ ކަމަށް ޒަވީ ބުނެފި

10 މާރިޗު 2026
އަލުން އެނބުރި ބާސެލޯނާ އަށް ނުދާނެ ކަމަށް ޒަވީ ބުނެފި
09 މާރިޗު 2026

މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ

09 މާރިޗު 2026
މެސީ ހުރީ ބާސެލޯނާ އަށް އަންނަން ތައްޔާރަށް، އެކަން ހުއްޓުވީ ލަޕޯޓާ: ޒަވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު