Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ، ބާސެލޯނާ އާއެ އޮތް އޭނާގެ އެއްބަސްވުމާ މެދު އެއްވެސް ކަމެއް ބަދަލެއް ނުވާ ކަމަށް. އެގޮތުން ލެވަންޑޯސްކީ ބުނީ، އޭނާގެ މުސްތަޤުބަލާއި، އޭނާ އަށް އޮތް ފުރުސަތުތަކާ މެދު ރަނގަޅަށް ވިސްނަން އަދި ވެސް ވަގުތު އެބަ އޮތް ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 05:37
ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ | ރޮއިޓާސް

މުސްތަޤުބަލާ މެދު ނިންމާނެ ނިންމުމާ އެކު ވިސްނަން ވަގުތު އެބަ އޮތް ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާން މަދު މަސް ތަކަކަށް ވެފައިވާއިރު، ކުރިމަގާ މެދު ލެވަންޑޯސްކީ ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ ލެވަންޑޯސްކީ ބާސެލޯނާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ވެސް އޮތް ކަަމަށެވެ.

މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ، ބާސެލޯނާ އާއެ އޮތް އޭނާގެ އެއްބަސްވުމާ މެދު އެއްވެސް ކަމެއް ބަދަލެއް ނުވާ ކަމަށެވެ. އެގޮތުން ލެވަންޑޯސްކީ ބުނީ، އޭނާގެ މުސްތަޤުބަލާއި، އޭނާ އަށް އޮތް ފުރުސަތުތަކާ މެދު ރަނގަޅަށް ވިސްނަން އަދި ވެސް ވަގުތު އެބަ އޮތް ކަަމަށެވެ. ސްޕެއިންގެ ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ، ބާސެލޯނާ އިން މިހާރު ލެވަންޑޯސްކީއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް ލެވަންޑޯސްކީ ބުނެފައި ވަނީ، މުސްތަޤުބަލާ މެދު ގޮތެއް ނިންމަން އޭނާ އަށް ވަގުތު އޮތް ކަމަށެވެ. އެކަމުގައި އެއްވެސް ޕްރެޝަރެއް ނަގަން ބޭނުން ނުވާ ކަމަށާއި، އެއްބަސްވުމާ މެދު ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ލެވަންޑޯސްކީ ކުރިން ވެސް ބުނެފައިވެ އެވެ. އޭރު އޭނާ ބުނެފައި ވަނީ ބޭނުން ވަނީ މި ސީޒަންގައި ރަނގަޅަށް ކުޅެ، ބާސެލޯނާ އާއެކު ކާމިޔާބީ ތަކެއް ހޯދަން ކަމަށެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ވެސް އަންނަނީ ލެވަންޑޯސްކީ އަށް ފާރަލަމުންނެވެ.

ބާސެލޯނާގައި މިހާރު ލެވަންޑޯސްކީ ހޭދަ ކުރަމުން ދަނީ އޭނާގެ ހަތަރު ވަނަ ސީޒަން އެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 184 މެޗުގައި 117 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ބާސެލޯނާ އާއެކު އޭނާ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ލެވަންޑޯސްކީ އަކީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިޔަކަށްވާއިރު، އޭނާ ބަހައްޓަން ފްލިކް އަދި ވެސް ބާރު އަޅާނެ ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

23 މާރިޗު 2026
ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

19 މާރިޗު 2026
ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

17 މާރިޗު 2026
ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

16 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު