Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި، ޓްރަމްޕް އާއި އޭނާގެ އިސް އޮފިޝަލުން ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ކުރެއްވި ދިރާސާ ތަކުން ދައްކާ ގޮތުގައި، ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅި ބާރުގެ ބޭނުން ކޮށްގެން ހުޅުވަން މަސައްކަތް ކޮށްފި ނަމަ، ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ޓްރަމްޕް ކަނޑަ އަޅުއްވާއިވާ މުއްދަތަށް ވުރެ ދިގު ލައިގެން ދާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މާރިޗު 2026 | އަންގާރަ 06:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތްއިރު، އެ ކަނޑު އޮޅި ހުޅުވާ ނުލި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލުމަށް ތައްޔާރަށް ކަމަށް ރިޕޯޓު ކޮށްފި އެވެ. 

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެކަން ރިޕޯޓު ކޮށްފައި ވަނީ ވޯލް ސްޓްރީޓް ޖާނަލްގަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޓްރަމްޕް ވަނީ އޭނާގެ އިސް އޮފިޝަލުންނަށް އެކަން އަންގަވައި، އިރުޝާދު ދެއްވައިފަ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި، ޓްރަމްޕް އާއި އޭނާގެ އިސް އޮފިޝަލުން ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ކުރެއްވި ދިރާސާ ތަކުން ދައްކާ ގޮތުގައި، ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅި ބާރުގެ ބޭނުން ކޮށްގެން ހުޅުވަން މަސައްކަތް ކޮށްފި ނަމަ، ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ޓްރަމްޕް ކަނޑަ އަޅުއްވާއިވާ މުއްދަތަށް ވުރެ ދިގު ލައިގެން ދާނެ އެވެ. އެގޮތުން ހަތަރު ހަފުތާ ނުވަތަ ހަ ހަފުތާ އަށް ވުރެ ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެން ދާނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

މި މައްސަލައިގައި ޓްރަމްޕް ނިންމަވާފައި ވަނީ، ހަނގުރާމައިގެ މައިގަނޑު މަޤުސަދުތައް ކަމަށްވާ އީރާންގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލުމާއި، އެ ޤައުމުގެ މިސައިލް ރައްކާ ކޮށްފައިވާ މަރުކަޒުތައް ހަލާކު ކޮށްލުމަށް ފަހު ހަނގުރާމަ ހުއްޓާލުމަށެވެ. މި މަޤުސަދުތައް ހާސިލުވުމުން، ހަނގުރާމައިގެ އޮޕަރޭޝަންތައް މަޑު ޖައްސާލުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ހަނގުރާމަ ހުއްޓާލުމަށް ފަހު، ހޮރްމޫޒް ކަނޑު އޮޅި މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް އަލުން ފެށުމަށްޓަަކައި ޑިޕްލޮމެޓިކް އުސޫލުން އީރާން އަށް ފިއްތުންތައް ކުރިމަތި ކުރުމަށް އެމެރިކާގެ ސަރުކާރުން ވަނީ ރާވައިފަ އެވެ. އެކަމުގައި އިސް ދައުރެއް އަދާ ކުރުމަށް، ޔޫރަޕުގެ ޤައުމު ތަކަށާއި، ގަލްފުގެ ޤައުމު ތަކަށް ބާރު އެޅުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ދުނިޔޭގެ ތެޔޮ އެކްސްޕޯޓު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ހޮރްމޫޒް ކަނޑު އޮޅި ބަންދުވެފައި އޮތުމަކީ، ބައިނަލްއަޤުވާމީ ބާޒާރަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވަމުން އަންނަ ކަމެކެވެ. ނަމަވެސް، މިހާރު ޓްރަމްޕް ބޭނުންފުޅު ވަނީ ވީހާ ވެސް އަވަހަށް އަސްކަރީ ކުރިމަތިލުންތައް ނިންމާލުމަށް ކަމަށް ބުނެފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

31 މާރިޗު 2026

ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

31 މާރިޗު 2026
ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި
30 މާރިޗު 2026

އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި
30 މާރިޗު 2026

ނޭވީ ކޮމާންޑަރު ތަންގްސިރީ، އިޒްރޭލް އިން އަވަހާރަ ކޮށްލާފައިވާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
ނޭވީ ކޮމާންޑަރު ތަންގްސިރީ، އިޒްރޭލް އިން އަވަހާރަ ކޮށްލާފައިވާ ކަމަށް އީރާން އިން ބުނެފި
30 މާރިޗު 2026

ހަނގުރާމައިގެ މަގުސަދުތައް ސާފުކޮށްދިނުމަށް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް ޓްރަމްޕް އަށް ގޮވާލައްވައިފި

30 މާރިޗު 2026
ހަނގުރާމައިގެ މަގުސަދުތައް ސާފުކޮށްދިނުމަށް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް ޓްރަމްޕް އަށް ގޮވާލައްވައިފި
30 މާރިޗު 2026

އީޔޫ އިން އޮތީ ގަލްފުގެ ޤައުމުތަކާ އެކު ކަމަށް ހާމަ ކޮށްފި

30 މާރިޗު 2026
އީޔޫ އިން އޮތީ ގަލްފުގެ ޤައުމުތަކާ އެކު ކަމަށް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު