Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

ޓްރަމްޕް މިހެން ވިދާޅުވި ނަަމަވެސް، އީރާން އިން ފާޅުގައި ވަނީ އެމެރިކާގެ ޝަރުތު ތަކަށް އިންކާރު ކޮށްފައި. ޕާކިސްތާން މެދުވެރި ވެގެން އެމެރިކާ އިން ފޮނުވި ޝަރުތު ތަކުގެ ބަދަލުގައި، އީރާން އިން ވަނީ ފަސް ކަމެއް ހުށަހަޅާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 08:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އިން ހުށަހަޅާފައިވާ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އާދީއްތަ ދުވަހު އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅި 15 ނުކުތާގެ ތެރެއިން ގިނަ ކަންތައް ތަކަށް އީރާން އިން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، އީރާން އިން ދީފައި ވަނީ ކޮން ދޫތަކެއް ކަމެއް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ. އަދި މީގެ އިތުރުން ވެސް، ބައެއް ކަންކަމަށް އެމެރިކާ އިން އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވި ނަަމަވެސް، އީރާން އިން ފާޅުގައި ވަނީ އެމެރިކާގެ ޝަރުތު ތަކަށް އިންކާރު ކޮށްފަ އެވެ. ޕާކިސްތާން މެދުވެރި ވެގެން އެމެރިކާ އިން ފޮނުވި ޝަރުތު ތަކުގެ ބަދަލުގައި، އީރާން އިން ވަނީ ފަސް ކަމެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހޮރްމޫޒް ކަނޑު އޮޅީގެ ފުރިހަމަ ބާރު އީރާން އަށް އޮތުން ހިމެނެ އެވެ. 

މި ދަނޑި ވަޅުގައި ޓްރަމްޕް ވަނީ، އީރާންގެ ތެޔޮ ވަސީލަތްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެ، މަސްރަހު އިތުރަށް ގޯސްކޮށްފަ އެވެ. ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާންގެ ތެޔޮ އަތުލުމަކީ އޭނާ އެންމެ ކުރަން ބޭނުންވާ ކަންތައް ކަމަށާއި، އެކަމާ ދެކޮޅު ހަދާ އެމެރިކާގެ ސިޔާސީ ފަރާތްތަކަކީ ކަންކަން އިނގޭ ބައެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގެ ތެޔޮ އެކްސްޕޯޓު ކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމަކީ އަސްކަރީ ގޮތުން ނުރައްކާތެރި އަދި ގިނަ ދުވަސް ތަކަކަށް އެ ސަރަހައްދުގައި މަޑު ކުރަން ޖެހޭ ކަމެކެވެ. ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބާ ދިމާކޮށް، އިޤްތިޞާދީ ގޮތުން ކުރިމަތި ވެދާނެ ގެއްލުން ތަކަށް ބަަލައި، ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ނަމަވެސް، އެމެރިކާ އިން ދަނީ ސަރަހައްދުގައި އަސްކަރީ ބާރުވެރިކަން އިތުރު ކުރަމުންނެވެ. މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ އެތައް ހާސް ސިފައިންނާއި، އެމްފިބިއަސް އެސޯލްޓް ޓީމެއްގެ އިތުރުން، 82 ވަނަ އެއާބޯން ޑިވިޒަންގެ ސިފައިން ވަނީ މެދު އިރުމައްޗަށް ފޮނުވައިފަ އެވެ. 

މަސްރަހު ފިނި ކުރުމަށްޓަކައި ޕާކިސްތާން އާއި ސައުދީ އަރަބިއްޔާ އަދި ތުރުކީގެ އިސްވެރިން ވަނީ ބައްދަލ ކުރައްވައިފަ އެވެ. ޕާކިސްތާންގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ބާއްވާ މަޝްވަރާ ތަކަށް ދެ ޤައުމުން ވެސް ޕާކިސްތާން އަށް އިތުބާރު ކުރާ ކަމަށެވެ. ނަމަވެސް، ސީދާ ބައްދަލުވުމަކަށް ދެ ޤައުމުން އަދި ތައްޔާރުވެފައި ނުވެ އެވެ. އީރާން އާއެކު ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބު ކަމަށް ޓްރަމްޕް ވިދާޅުވި ނަަމަވެސް، އަސްކަރީ ހަމަލާ ތަކެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައިވެ އެވެ. 

މަސްދަރު: ބްލޫމްބާގް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް

އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް

30 މާރިޗު 2026
އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

29 މާރިޗު 2026
ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި ބޮޑެތި އެއްވުން ތަކެއް ބާއްވައިފި

29 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު