Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ

ޚުތުބާގައި ބުނީ، އިސްލާމްދީނުގައި ތައުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުން ނޫން ކަމަށާއި، އެ ކުދީންގެ ބުއްދިއާއި އަހުލާގަށް ފުރިހަމަކަން ގެނެސްދޭ، ސާލިހު އިންސާނަކު ބިނާކުރުމަށް ފޯރުކޮށްދެވޭ ވަށައިޖެހޭ ތައުލީމަކަށް އެ ތައުލީމާއި ތަރުބިއްޔަތު ވާންޖެހޭ ކަަމަށް. އަދި އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ، ދީނީ އިލްމާއި ދުންޔަވީ އިލްމުގެ މާހިރުންނަށް މިއަދު މި އުންމަތް ބޭނުންވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 08:26
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ބަޔަކު ހިނގާފައި ދަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ބަޔަކު ހިނގާފައި ދަނީ | ރާއްޖެއެމްވީ

އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ އިލްމީ މާހިރުންނަށް މިއަދު މި އުންމަތް ބޭނުންވާ ކަމަށާއި، ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

''ވަށައިޖެހޭ ތައުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ އައު އަޒުމަކާ އެކު ދިރާސީ އައު އަހަރު ފެށުނުކަން ފާހަގަކޮށްފަ އެވެ. 

މިއީ އައު ބާބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އިސްލާމްދީނުގައި ތައުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުން ނޫން ކަމަށާއި، އެ ކުދީންގެ ބުއްދިއާއި އަހުލާގަށް ފުރިހަމަކަން ގެނެސްދޭ، ސާލިހު އިންސާނަކު ބިނާކުރުމަށް ފޯރުކޮށްދެވޭ ވަށައިޖެހޭ ތައުލީމަކަށް އެ ތައުލީމާއި ތަރުބިއްޔަތު ވާންޖެހޭ ކަަމަށެވެ. 

މުދައްރިސުން، ދަރިވަރުންގެ ބުއްދި ތަރައްގީ ކޮށްދޭ ފަދައިން، އެ ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަހުލާގެ ބިންގާ އަޅައިދިނުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. އަދި ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައި ވިޔަސް އިސްލާމްދީނުގެ އަސްލުތަކާއި ތަރަހައިގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ މަސްއޫލިއްޔަތެއްކަން ހަދާން ކޮށްދީފައިވެ އެވެ.

ދަރިވަރުންނަށް އިޝާރާތްކޮށް ޚުތުބާގައި ވަނީ މުދައްރިސުންނަށް އިހުތިރާމްކޮށް، ވަގުތާއި މަސައްކަތްތައް ރާވައިލައި، ބޭނުމެއް ނެތް ކަންކަމުގައި ވަގުތު ހޭދަނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އުނގެނުމުގެ މަގަކީ، ދިގު އެހާމެ  ބުރަ މަސައްކަތެއް ކަމަށާއި، ނަމަވެސް ސުވަރުގެއަށް މަގު ފަހިކޮށްދޭ، އަޖުރު މަތިވެރި ޖިހާދެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، ދަރީން މަދަރުސާއަށް ފޮނުވުމުން ބެލެނިވެރީންގެ ޒިންމާ ނުނިމޭ ކަމަށާއި، ހުރިހާ ކަމެއްގައި އެ ކުދީން ރައްކާތެރިކޮށްދޭ އައްޑަނައަކަށް ވާން ޖެހޭ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުގެ ވެރީން ވެސް ތައުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. އަދި ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.  

އިސްލާމީ ތާރީޚުގެ ރަންޒަމާނުގައި ދުނިޔެ ދުށް ފަދަ، ދީނީ އިލްމާއި ދުންޔަވީ އިލްމުގެ މާހިރުންނަށް މިއަދު މި އުންމަތް ބޭނުންވާ ކަމަށާއި، އިހުލާސްތެރި، އަމާނާތްތެރި، އަދުލުވެރި، އިލްމުވެރި، ޚުލްގު ހެޔޮ، ގައުމީ މަސްލަހަތު އިސްކުރާ، ހައްގަށް ތަބާވާނޭ އަދުލުވެރި ޖީލެއް ބިނާ ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

ހުކުރު ހުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި

ގަޟާ ނުކުރެވި ހުރި ފަރުޟު ރޯދަ އެއް ވާ ނަމަ، އެ ރޯދަތައް އަވަހަށް ގަޟާކުރުމަށް ޚުތުބާގައި ގޮވާލައިފި

23 ޖެނުއަރީ 2026
މި މުޖުތަމައުގައި މައިންބަފައިން ވެސް ނަމާދަށް ބަންގިގޮވާ އިރު ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ، މިއީ ބިރުވެތިވާން ޖެހޭ ކަމެއް: ޚުތުބާ

މި މުޖުތަމައުގައި މައިންބަފައިން ވެސް ނަމާދަށް ބަންގިގޮވާ އިރު ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ، މިއީ ބިރުވެތިވާން ޖެހޭ ކަމެއް: ޚުތުބާ

09 ޖެނުއަރީ 2026
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު