Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

މި މުޖުތަމައުގައި މައިންބަފައިން ވެސް ނަމާދަށް ބަންގިގޮވާ އިރު ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ، މިއީ ބިރުވެތިވާން ޖެހޭ ކަމެއް: ޚުތުބާ

ޚުތުބާގައި ބުނީ، ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތު ކުރާންޖެހޭ. އަދި ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ ކަމަށާއި، ދަރީންނާ މެދު މަސްއޫލުވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 08:08
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން | ރާއްޖެއެމްވީ

މި މުޖުތަމައުގައި މައިންބަފައިން ވެސް ނަމާދަށް ބަންގިގޮވާ އިރު ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ ކަމަށާއި، މިއީ ބިރުވެރިކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

''ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ،  ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބި ޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ.

ތިބާގެ ފިރިހެން ދަރީން މިސްކިތުގައި ނަމާދު ގާއިމު ކުރުމަށް ލޯބި ޖެއްސުމަށް އެ ކަމުގައި ހުރި ދަރުމަޔާއި ސަވާބުގެ ވާހަކަތައް ކިޔައިދީ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

އަދި ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ ކަމަށާއި، ދަރީންނާ މެދު މަސްއޫލުވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "އަދި ފިރިމީހާއީ އޭނާ ގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާ ގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ." އެހެންކަމުން ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެ އެވެ. 
ހުކުރު ޚުތުބާ 

އަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއް ކަމުގައި ހެދުމަށް އަޅަން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަގުވާވެރި މައިން އިޚުތިޔާރު ކުރުންްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ހެޔޮލަފާ ސާލިހު ތަގުވާވެރި ދަރީން ދެއްވުން އެދި މާތް ﷲއަށް ދުއާކުރުން މަތީ ދެމިހުރުމަށް ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން މިހާރުގެ މުޖުތަމައު އަށް ނިސްބަތްކޮށް ޚުތުބާގައި ބުނީ، މިއަދު ނަމާދުގެ ވަގުތު ތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕްރޮގްރާމުތައް އެކިއެކި މުއައްސަސާތަކުން ރާވާ ކަމަށެވެ. ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލު ކުރުވާ ކަމަށާއި، ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

ޚުތުބާ ގައި ބުނީ، ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް ﷲއަށް ބިރުވެތިވެ ސަމާލުވާން ޖެހޭ ކަަމަށެވެ. އަދި މިފަދަ ކަންކަން ރަނގަޅުކޮށް، ތައުބާވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. 

ހުކުރު ހުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު