Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިއްރު ކަޅު ފޮއްޓަކަށް ލާ ތަޅުލާފައިވާ މި ސަރުކާރުގެ މާލީ ހާލަތު

ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމަށް ނިންމުމާ ގުޅިގެން، އެ އޮފީހުގެ އިސްވެރިންނާއި ބޯޑު މެންބަރުން ވަނީ އިސްތިއުފާ ދެއްވާފަ. މީގެ އިތުރުން މަރުކަޒީ ބޭންކުގެ މިނިވަންކަން ގެއްލި، ތަޖުރިބާކާރު މުވައްޒަފުން ވަކިކުރަމުންދާއިރު، ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކޮށް ސިއްރު ކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ. މި ނިންމުންތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާކަން ފާހަގަކުރެވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 10:26
މާލީ މައުލޫމާތުތައް ރައްޔިތުންނަށް ގަސްތުގައި ފޮރުވުމަށް މި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. ސަރުކާރުގެ މާލީ ހާލަތު އޮތީ "ސިއްރު" ކަޅު ފޮއްޓަކަށް ލާ ތަޅުލާފައި

މާލީ މައުލޫމާތުތައް ރައްޔިތުންނަށް ގަސްތުގައި ފޮރުވުމަށް މި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން. ސަރުކާރުގެ މާލީ ހާލަތު އޮތީ "ސިއްރު" ކަޅު ފޮއްޓަކަށް ލާ ތަޅުލާފައި | ރާއްޖެއެމްވީ ގްރެފިކްސް

"ފައިސާ ޗާޕު ނުކޮށް އިގްތިސާދު ހަމަ މަގަށް އަޅުވާނަން" މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި، ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އަދި މިހާރު ވެސް އެންމެ އަޑުހަރުކޮށް ވިދާޅުވާ އެއް ވާހަކައެވެ. އިގްތިސާދުގެ ވާހަކައެއް ތަނަކު ހަމަ ދައްކާލާ އިރަށް ރައީސް މުއިއްޒުގެ މި ސަރުކާރުގެ "ޑިފެންސް" އަކަށް އެ ޖުމްލަ ވެގެންދެ އެވެ.  ނަމަވެސް ހަގީގަތުގައި މި ރާއްޖެ އިން ފެންނަ މަންޒަރުތަކަށް ބަލާއިރު، މިއީ ހަމައެކަނި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދައްކާ ވާހަކައެއް ކަން ރައްޔިތުން މިއަދު ގަބޫލު ކުރެ އެވެ.

މަރުކަޒީ ބޭންކުގެ މިނިވަންކަން ކަތިލައި، ރައްޔިތުންގެ ޕެންޝަން ފައިސާއަށް އަތްބާނައި، ތަޖުރިބާކާރުން މަގާމުތަކުން ބޭރުކުރަމުންދާއިރު މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ރުހުން ދީފަ އެވެ. 

ޕެންޝަން ފަންޑަކީ ޚާއްޞަ ބޭނުމަކަށް އުފައްދާފައިވާ ފަންޑެކެވެ.  އޭގެ ބޭނުމަކީ އެ ފައިސާ ރައްކާކޮށް ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުމެވެ. މިއީ އިޖްތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް މި ސަރުކާރުން މި ވަނީ މިކަމަށް ރައްކާކުރާ ފައިސާއަކީ ސަރުކާރުގެ ޚަރަދުތައް ފޫބައްދާ "ޖީބަކަށް" ހަދާފަ އެވެ. މި ނުރައްކާތެރި މުއާމަލާތާ ދެކޮޅަށް ތެދުވި ޕެންޝަން އޮފީހުގެ މުޅި އިސް ސަފު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕެންޝަން ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އިސްތިއުފާ ދެއްވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށް ވިދާޅުވެ އެވެ. އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވިއިރު އެ އޮފީހުގެ ސީއެފްއޯ ހައްވާ ފަޖުވާ، ބޯޑު މެންބަރު އަހުމަދު ސަރުވަޝް އަދި ބޯޑު މެންބަރު މާދިން ލަތީފް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 

މަރުކަޒީ ބޭންކަކީ ސަރުކާރުގެ މާލީ އަޅަކަށް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ގަވަރުނަރު އަހުމަދު މުނައްވަރުގެ ދަށުން، ބޭންކުގެ މިނިވަންކަން ދަމަހައްޓަން މަސައްކަތްކުރި ތަޖުރިބާކާރުން ވަނީ ބޭރުކޮށްފަ އެވެ. އެ އޮތޯރިޓީގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މަރިޔަމް ހުސައިން ދީދީ އާއި، އިދުހާމް ހުސައިން އަދި މަރިޔަމް ޝިފާ ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، އެ ބޭފުޅުން ތިއްބެވި މަގާމުތައް ވެސް އުވާލާފަ އެވެ.

ސަރުކާރުން ބުނަނީ އެ ބޭފުޅުންގެ ލަފާ ބޭނުންނުވާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ، ސަރުކާރުގެ ގޯސް ނިންމުންތަކަށް ފަންނީ ގޮތުން "ނޫނެކޭ" ބުނާނެ މީހަކު އެތަނުގައި ބަހައްޓަން ސަރުކާރުން ބޭނުން ނުވުމެވެ. މިއަދު މިކަމާ ވިސްނާލައިފި މީހަކު މިކަން ގަބޫލު ކުރާނެ އެވެ. 

މީގެ އިތުރުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެެއް ހާމަ ކުރުން މި ސަރުކާރުން މި ވަނީ ހުއްޓާލާފަ އެވެ. ފިނޭންސް މިނިސްޓްރީ އިން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓުތައް ނެރުން ވަނީ އެތައް ފަހަރަކު މެދުކަނޑާލާފަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެންމެ ރިޕޯޓެއް ހާ ހިސާބުވެސް އާންމު ކޮށްފައެއް ނެތެވެ. ސަރުކާރުގެ އިސްރާފު ބޮޑުވެ، ސިޔާސީ މަގާމުތަކަށް ކުރާ ޚަރަދު އިތުރުވަމުންދާއިރު، އެ މައުލޫމާތުތައް ރައްޔިތުންނަށް ގަސްތުގައި ފޮރުވުމަށް ވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ މާލީ ހާލަތު އޮތީ ހަމަ ރަނގަަޅަށް ވެސް "ސިއްރު" ކަޅު ފޮއްޓަކަށް ލާ ތަޅުލާފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދައްކާ "އިގްތިސާދީ އުޖާލާ" މަންޒަރަކީ ހަމައެކަނި ޕްރޮޕެގަންޑާއެކެވެ. ރައްޔިތުންނަށް ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ކަނޑާލައި، ޓެކްސް ބޮޑުކުރަމުންދާއިރު، ސަރުކާރުން ދަނީ ނުސީދާ މަގުން ފައިސާ ޗާޕުކޮށް ޕެންޝަން ފަންޑު ހުސްކުރަމުންނެވެ. މިއަދު މިފެންނަނީ މުއައްސަސާތަކުގައި ބޮޑު ތަޅު އަޅުވަމުންދާ ތަނެވެ. ޕެންޝަން އޮފީހާއި އެމްއެމްއޭ އިން ތަޖުރިބާކާރުން އިސްތިއުފާ ދިނުމަކީ، ގައުމު އިގްތިސާދީ ގޮތުން ފުނޑިގެންދާކަމުގެ އެންމެ ބޮޑު އިންޒާރެވެ.

ޕެންޝަން އޮފީސްއަހްމަދު މުނައްވަރުފިނޭންސް މިނިސްޓްރީއިގްތިސާދު ފެއިލްވުންމުއިއްޒު ސަރުކާރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްއެމްއޭ ގެ 3 އެޑްވައިޒަރުން މަގާމުން ވަކިކޮށް، މަގާމުވެސް އުވާލައިފި!

އެމްއެމްއޭ ގެ 3 އެޑްވައިޒަރުން މަގާމުން ވަކިކޮށް، މަގާމުވެސް އުވާލައިފި!

18 ފެބުރުއަރީ 2026
މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

17 ފެބުރުއަރީ 2026
ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

16 ފެބުރުއަރީ 2026
ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ

ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ

15 ފެބުރުއަރީ 2026
މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު