Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ސޫޒަންގެ ކެންޑިޑޭސީ ބަލައިނުގަންނަން ނިންމީ ދަރަނީގެ މައްސަލައަކާ ގުޅިގެން. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނެފައިވަނީ އެ ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 13:06
 ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ: ޝަރުތު ހަމަނުވާކަމަށް ބުނެ ސޫޒަންގެ ކެނޑިޑެންސީ ބަލައިނުގަންނަން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ

ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ: ޝަރުތު ހަމަނުވާކަމަށް ބުނެ ސޫޒަންގެ ކެނޑިޑެންސީ ބަލައިނުގަންނަން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ | ސޯޝަލް މީޑިއާ

ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފި އެވެ.

ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ސޫޒަންގެ ކެންޑިޑޭސީ ބަލައިނުގަންނަން ނިންމާފައިވާއިރު، އެ ނިންމުން ބާތިލުކޮށް އޭނާގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ހުކުމެއްގަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބާއި ގުޅޭ ގޮތުން، ކ. ތުލުސްދޫ، ލަކުސަވީ، ފާތިމަތު ސޫޒަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމުމާއި ގުޅިގެންނެވެ. 

އިލެކްޝަންސް ކޮމިޝަނުން ސޫޒަންގެ ކެންޑިޑޭސީ ބަލައިނުގަންނަން ނިންމީ ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ފާހަގަކުރެވުނު ގޮތުގައި ތުލުސްދޫ ކޯޓުން ސޫޒަންގެ މައްޗަށް ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވާއިރު، އެ ދަރަނީގެ ރެކޯޑް ފިނޭންސް މިނިސްޓްރީއަކު ނެތް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

ތިން ފަނޑިޔާރުން އިއްތިފާގުވި ހުކުމުގައި ބުނެފައިވަނީ އެ ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށެވެ. އެހެންވެ، ސޫޒަން އަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ކަމުގަ އެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސެއިން ހިމެނޭ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. 

މި ހުކުމާއެކު ސޫޒަން އަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. 

ފާތިމަތު ސޫޒަންތުލުސްދޫ ސުޕްރީމް ކޯޓުއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026ފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި

18 ފެބުރުއަރީ 2026
ސިއްރު ކަޅު ފޮއްޓަކަށް ލާ ތަޅުލާފައިވާ މި ސަރުކާރުގެ މާލީ ހާލަތު

ސިއްރު ކަޅު ފޮއްޓަކަށް ލާ ތަޅުލާފައިވާ މި ސަރުކާރުގެ މާލީ ހާލަތު

18 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު