Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. ނިލަންދޫ

ކުނި ޕިކަޕް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް 68 ހާސް ރުފިޔާ ހަރަދުކޮށްފައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ވަޑައިގަތީ ލަންކާ އަށް

27 ފެބުރުއަރީ 2026 | ހުކުރު 11:26

ފ. ނިލަންދޫ ކައުންސިލްގެ ވެހިކަލްތައް މަރާމާތުކުރަން ބޭނުންވާ ސާމާނު ގަތުމަށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލައި ލަންކާއަށް ކުރި ދަތުރަކަށް 68،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕޭމަންޓް ވައުޗަރު ތައްޔާރުނުކޮށް މި ދަތުރަށް ފައިސާ ޚަރަދުކޮށްފައިވާއިރު، ރާއްޖެއިން އެ ތަކެތި ލިބެން ހުރި އަގުތައް ބަލާފައި ނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައި.

މަޚްތޫމް
މަޚްތޫމް | 27 ފެބުރުއަރީ 2026 | ހުކުރު 11:26
ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު.

ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު. | ފ. ނިލަންދޫ ކައުންސިލް

ކުނި ޕިކަޕް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް 68 ހާސް ރުފިޔާ ހަރަދުކޮށްފައި ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ލަންކާ އަށް ވަޑައިގެންނެވި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

ފ. ނިލަންދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކުނީގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ކައުންސިލްގެ ރައީސް އަލީ އަހުމަދު އަދި މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ހޯދި ސްރީ ލަންކާ ރައްޔިތެއް 2023 ވަނަ އަހަރުގައި ލަންކާ އަށް ކޮށްފައިވާ ދަތުރެއް ކަމަށެވެ. 

Advertisement - newsAdvertisement

އޮޑިޓްގައި ބުނެފައިވަނީ ދަތުރަށް ހޭދަވެފައިވަނީ 68،435 ރުފިޔާ ކަމަށް ދަތުރު ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތަކުން ފާހަގަވާ ކަމަށެވެ. އެގޮތުން ކައުންސިލްގެ ރައީސް 19 ސެޕްޓެމްބަރު 2023 އިން 21 ސެޕްޓެމްބަރު 23 ގެ ނިޔަލަށް 3 ދުވަސް އަދި ސްރީލަންކާ މީހާ 14 ސެޕްޓެމްބަރު 2023 އިން 21 ސެޕްޓެމްބަރު 2023 ގެ ނިޔަލަށް 8 ދުވަސް ލަންކާގައި މަޑުކޮށްފައިވެ އެވެ. 

އޮޑިޓުގައި ބުނީ މި ދަތުރަކީ ފިނޭންސް މިނިސްޓްރީގެ ހުއްދައަކާ ނުލާ ބޭރު ގައުމަކަށް ކޮށްފައިވާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުުގެ 6.01 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ދައުލަތުގެ އެއްވެސް އެކައުންޓަކުން ފައިސާއެއް ދައްކާނަމަ، ދައްކަންވާނީ އެގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ޕޭމަންޓް ވައުޗަރުު ތައްޔާރުު ކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ފ. ނިލަންދޫ ކައުންސިލް އިދާރާއިން ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް ލަންކާއަށް ދިއުމަށް ޚަރަދުު ކޮށްފައިވަނީ ޕޭމަންޓް ވައުޗަރު ތައްޔާރު ނުކޮށް ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.

މި ދަތުރަށް ދެ މީހުންގެ ޓިކެޓުގެ ހަރަދާއި، ކެއުމާއި ހުރުމުގެ ހަރަދުގެ އިތުރުން ސާމާނު ގަތުމުގެ ހަރަދު އަދި މި ނޫންވެސް އެހެނިހެން ހަރަދުތައް ކުރުމަށްފަހު ވެސް ރާއްޖެއިން މި ތަކެތި ހޯދުމަށް ކުރަންޖެހޭ ހަރަދަށް ވުރެ ކުޑަ އަދަދެއް ހޭދަވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެ އެވެ. މި ދަތުރު ކުރި އިރު ލަންކާއިން ގަނެފައިވާ ތަކެއްޗަށް ރާއްޖެއިން ކޯޓޭޝަން ހޯދާފައި ނުވެ އެވެ. 

އޮޑިޓުގައި ބުނެފައިވަނީ ލަންކާ އިން ގަނެފައިވާ ސާމާނުގެ އަގު ރާއްޖެއިން ބަލާފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް އޮޑިޓަށް ލިބިފައި ނުވެ އެވެ. އަދި އެއްފަހަރާ ގިނަ ސާމާނު ގަންނަން ބޭރު ގައުމަކަށް ދަތުރުކުރުމުގެ ކުރިން ރާއްޖޭގެ އަގުތައް ބެލުމަށް އިއުލާނުކޮށް އެންމެ ހެޔޮ އަގު ހޯދަން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓްގައި ބުނެފައިވެ އެވެ. އެހެންކަމުން މި ދަތުރަކީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ކަމާއި ލަންކާ އިން ސާމާނު ގަނެފައިވާ އަގަކީ އެންމެ ހެޔޮ އަގުގައި ގަނެފައި ހުރި ސާމާނުކަން ކަށަވަރު ނުކުރެވޭކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. 

އަލީ އަހުމަދުކޮމްޕްލަޔަންސް އޮޑިޓްފިނޭންސް މިނިސްޓްރީފ. ނިލަންދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2026

ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

18 ފެބުރުއަރީ 2026
ސޫޒަންގެ ކެނޑިޑެންސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
18 ފެބުރުއަރީ 2026

ސިއްރު ކަޅު ފޮއްޓަކަށް ލާ ތަޅުލާފައިވާ މި ސަރުކާރުގެ މާލީ ހާލަތު

18 ފެބުރުއަރީ 2026
ސިއްރު ކަޅު ފޮއްޓަކަށް ލާ ތަޅުލާފައިވާ މި ސަރުކާރުގެ މާލީ ހާލަތު
16 ފެބުރުއަރީ 2026

ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

16 ފެބުރުއަރީ 2026
ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު
14 ފެބުރުއަރީ 2026

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

14 ފެބުރުއަރީ 2026
މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ
01 ފެބުރުއަރީ 2026

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

01 ފެބުރުއަރީ 2026
ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް
24 ޖެނުއަރީ 2026

ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި

24 ޖެނުއަރީ 2026
ކެނދިކުޅުދޫ ކައުންސިލަށް 4 ބިމުން ލިބެންޖެހޭ ފައިސާ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑުގެ ސައްހަކަން ކަށަވަރެއް ނުވި
12 ޖެނުއަރީ 2026

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

12 ޖެނުއަރީ 2026
އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް
11 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި

11 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި
09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް