Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރު އަލީ އިހުސާން

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ހެކި ނައްތާލުމުގެ ސީރިއަސް ތުހުމަތުތައް ކަމާބެހޭ މުއައްސަސާތަކުން ބަލައި އޭނާ ބަރީއަކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ. ފަރުހާދުގެ ދަރިފުޅާ ގުޅޭ ޖިނާއީ މައްސަލަތަކެއްގައި ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވީ ނަމަވެސް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވޭ. އެހެންކަމުން ފުލުހުންގެ މުއައްސަސާ ހިންގުން އޭނާއާ ހަވާލުވީ ގާނޫނުގައި އޮންނަ އޮޓޮމެޓިކް އުސޫލެއްގެ ދަށުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 11:26
އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ފަރުހާދު ފިކްރީ

އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވި ފަރުހާދު ފިކްރީ | ފޭސްބުކް

ދަރިފުޅު ދިފާއުކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވުނު ފަރުހާދު ފިކުރީގެ މައްޗަށް އޮތް ތުހުމަތު ސާބިތު ނުވާ ކަމަށް  ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފަރުހާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، އޭނާގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ނައްތާލި ކަމަށް ބުނާ މައްސަލަ އެއްވެސް ހިމެނެ އެވެ. މި މައްސަލަތައް މަޖިލީހުގެ 241 ކޮމިޓީއަށް ވެސް ހުށަހެޅިފައިވެ އެވެ. ނަމަވެސް އެ ކޮމިޓީ އިން އަދި މި މައްސަލައިގެ ގޮތެއް ނިންމާފައި ނުވެ އެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑެތި ތުހުމަތުތަކެއް އޮތް ފަރާތަކަށް ފުލުހުންގެ މުއައްސަސާގެ ހިންގުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހަވާލު ކުރެއްވީ ކީއްވެގެންތޯ ރާއްޖެޓީވީ އިން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވީ ކޮމިޝަނަރެއް ނެތިއްޖެ ޙާލަތުގައި އެ ވަގުތު ހުންނެވި އެންމެ ޑެޕިއުޓީ ކޮމިޝަނަރެއް ކަމަށް ވެއްޖެއްޔާ ގާނޫނުގައި، ފުލުހުންގެ މުއައްސަސާ ހިންގަން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ކޮމިޝަނަރުކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކުރާނެ ކަމަށެވެ. އެހެންކަމުން އެއީކީ އޭނާ ހަވާލުކުރަންޖެހޭ ޙާލަތެއް ނޫން ކަމަށެވެ. 

އެހެންވީމާ، މި ފަހުން ކޮމިޝަނަރ ނަވީން އިސްތިޢުފާދެއްވި ފަހުން އަޅުގަނޑުމެން ވަކިން ހަވާލުނުކުރަން އެއްވެސް ބޭފުޅަކަށް. އަދި އެ ވާހަކައެއް ދައްކާފައި ވެސް ނޯންނާނެ. އެއީ،  ގާނޫނުގައި އޮޓަމެޓިކުން އިންނަ އިޖުރާއަތެއް އެކްޓިވޭޓްވެގެން، ފުލުހުންގެ މުއައްސަސާގެ ވަގުތު އިންނަވައި، ޑެޕިއުޓީ ކޮމިޝަނަރެއް އެ މަޤާމަށް ހަވާލުވެވަޑައިގަންނަވާނެ. ދެން އޮތީ، ޑެޕިއުޓީ ކޮމިޝަނަރުކަމަށް ޢައްޔަންކުރެވުނު އިރުގައި، ކީއްވެގެންތޯ އަޅުގަނޑުމެން މި ފަށައިފި ކުރީ، ޑެޕިއުޓީ ކޮމިޝަނަރަކަށް ޢައްޔަންކުރިއިރުގައި ތުހުމަތުތަކެއް އޮއްވާ ކުރީ. ދިވެހިރާއްޖޭގެ ގާނޫނުތަކުގައި މީހެއްގެ މައްޗަށް ކަމެއް ތުހުމަތުކުރެވުނީމަ ޢަމަލުކުރަންޖެހޭ ރާއްޖޭގެ ތިން މުއައްސަސާތައް ތުރޫކޮށްވެސް ބެލެވިފައި، އެއިން އެއްވެސް ކަމެއްގައި ފަރުޚަތުކުރާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ތަނުން ވަކިކުރުމަށް ނުވަތަ ޕްރޮމޯޝަން ހިފެހެއްޓުމަށް ކަނޑައަޅާފައެއް ނެތް. އޭތި ދެންނެވި ބާވަތުގެ މައްސަލަތައް ތަޙުޤީޤުކޮށް ބެލި، އެ މައްސަލަތަކުން ވަނީ އެގްޒަނަރޭޓްކޮށްފައި. މާނައަކީ އެ މައްސަލަތަކަކީ އެ ފަރާތުގެ މައްޗަށް ސާބިތުވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވާފައި ހުރީ. މި މައްސަލަތައް ބަލާ އިންސްޓިޓިއުޝަންސްތަކުން. 
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން 

މިނިސްޓަރު އިހުސާން ވިދާޅުވީ ކުރާ ތުހުމަތުތައް ރަނގަޅަށް ބަލައި، އޭގެތެރެއިން ފިޔަވަޅެއް އަޅަންޖެހެންޏާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި މައްސަލަތައް ބަލައި ފިޔަވަޅަށް ނުޖެހޭ ފަރާތަކާ ދޭތެރޭގައި ބޭއިންސާފުންނާއި އިންސާފުން ފިޔަވަޅެއް ނޭނޅޭނެ ކަމަށެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް ތާނގައި ވެސް މިކަމުގައި ޢަމަލުކުރާނެ ގޮތް ކަމަށާއި، އެއްވެސް ފުލުހަކާ ދޭތެރޭގައި އެފަދަ ބާވަތުގެ، އަދި އެހެން ޔުނިފޯމް މުއައްސަސާތަކެއްގައި ހުންނަވާ ބޭފުޅަކާ ދޭތެރޭގައި ވެސް އެފަދަ ބާވަތެއްގެ ތުހުމަތެއް ކުރެވިއްޖެ ކަމަށް ވެއްޖެއްޔާ އެގޮތަށް އަމަލުކުރާނެ ކަމަށެވެ. 

ފަރުހާދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ނައްތާލި ކަމުގެ ތުހުމަތެވެ. މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެހެން ބަޔަކާ ބައިވެރިވެގެން ފަރުހާދުގެ ދަރިފުޅު ކުއްޖަކު ރޭޕް ކުރި މައްސަލައެއް 2018ގައި ތަހުގީގަށް ފޯނެއް ހިފެހެއްޓި އެވެ. ނަމަވެސް އެ ފޯނުގައި ހުރި ވީޑިއޯއާއި ފޮޓޯ ޑިލީޓުކޮށް، އިތުރު ހެކިތައް ފަރުހާދު ނައްތާލާފައިވާ ކަން ޖިނާއީ ތަހުގީގަށް އެނގުނު ކަމަށް ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެއިތުރުން، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި ކަމަށް ސިޓީގައިވެއެވެ. ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ލިބުނު ހެކިތަކެއް ނައްތާލަފައިވާކަން ފާހަގަކޮށް، ޕީޖީން ވަނީ ޕޮލިހަށް ސިޓީއެއް ފޮނުވާފަ އެވެ.

މީގެ އިތުރުން 2024 ފެބްރުއަރީ މަހު 27 ވަނަ ދުވަހުގެ ރޭ އޭނާގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ދުއްވުމުން މަޑު ކުރަން އެންގި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި އަމަލުކުރި ގޮތްވެސް ހިމެނެ އެވެ. އެ މައްސަލައިގައި ދަރިފުޅު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިހަށް ހާޒިރުކުރުމުން، ޑީސީޕީ ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން އެ މައްސަލައިގެ ތަހުގީގު ހުއްޓުވި ކަމަށާއި ދަރިފުޅު ދުއްވި ސައިކަލު ޓޯކޮށްފައި ހުއްޓައި ގަވައިދާ ޚިލާފަށް ޓޯޔާޑުން ނެރުނު ކަމަށް ފަރުހާދަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ހެކި ނައްތާލުން ފަދަ ބޮޑެތި ޖިނާއީ ތުހުމަތު ކުރެވިފައިވާ ފުލުސް އޮފިސަރަކު ފުލުހުންގެ މުއައްސަސާގެ ހިންގުމާއި ހަވާލުކުރި ދެވަނަ ފަހަރެވެ.

ފަރުހާދު ފިކުރީޑރ. މުޙައްމަދު މުޢިއްޒުދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

ކޮމެންޓް

އިތުރަށް ކިޔާލަން

2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

03 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

01 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު