Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން ގާނޫނު

ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

16 ފެބުރުއަރީ 2026 | ހޯމަ 13:46

ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ފިނޭންސް މިނިސްޓްރީ އާއި ޕެންޝަން އޮފީސް ހިމެނޭހެން ކަމާގުޅޭ އިދާރާތަކުން ވަނީ ތާއީދު ކޮށްފަ. މި ބަދަލުތަކުގެ ތެރޭގައި ގެދޮރު އިމާރާތްކުރުމަށާއި، ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ މަގު ފަހިކުރުން ހިމެނޭ. މީގެ އިތުރުން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ދޫކުރުމުގެ އުސޫލުތައް މި އިސްލާހާއެކު ހަރުދަނާވެގެން ދާނެ ކަން އިދާރާތަކުން ފާހަގަކުރި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ފެބުރުއަރީ 2026 | ހޯމަ 13:46
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން | މަޖުލިސް

ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ހުންނަ ފައިސާ އެއްކޮށް ނެގޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު ބަދަލުކުރުމަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށް ފިނޭންސް މިނިސްޓްރީ، ޕޭ ކޮމިޝަން، ޕެންޝަން އޮފީސް އަދި މީރާ އިން ބުނެފި އެވެ. 

އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އެވެ. މި ބިލު މަޖިލީހުން ބަލައިގަނެފައިވާއިރު ބިލު ދިރާސާ ކުރަމުންދަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިންނެވެ. އެ ކޮމިޓީ އިން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީ އިން ވަނީ ފިނޭންސް މިނިސްޓްރީ، ޕޭ ކޮމިޝަން، މީރާ އަދި ޕެންޝަން އޮފީހުގެ ކަމާ ގުޅޭ ފަރާތްތަކާ ބައްދަލު ކޮށްފަ އެވެ. 

މި ބައްދަލުވުމުގައި މިނިސްޓްރީގެ އިތުރުން ބައިވެރިވި އިދާރާތަކާ އޮފީސްތަކުން ވެސް ވަނީ މިއީ ގާނޫނަށް ގެނެވޭ ރަނގަޅު ބަދަލެއް ކަން ފާހަގަކޮށްފަ އެވެ. އަދި މީގެ ސަބަބުން ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެން ދާކަން ވެސް ފާހަގަކޮށްފައި ވެ އެވެ. 

މިކަމުގެ ތަފްސީލު ހިއްސާކޮށް ޕެންޝަން އޮފީހުން ބުނީ ގާނޫނަށް ގެނެވޭ މި އިސްލާހާ އެކު ސްކީމުގެ މެންބަރުންނަށް ގެދޮރު ގަތުމަށް ޕެންޝަން ފައިސާ ބޭނުން ކުރުމުގެ އިތުރުން ބޭންކެއް މެދުވެރިކޮށް ގެދޮރު އިމާރާތް ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން 65 އަހަރުން މަތީގެ ނުވަތަ ރިޓަޔަރ ކޮށްފައިވާ މީހުންނަށް ޕެންޝަން ފަންޑު ބޭނުން ކޮށްގެން ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަންގައި ރިޒަރވް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

މިހާރު މި ފުރުސަތު ނޯންނަ ކަމަށާ ނަމަވެސް ގާނޫނު އިސްލާހު ވެގެން ދިއުމުން މި ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ގާނޫނަށް ގެނެވޭ ބަދަލާއެކު ޕެންޝަން ފައިސާ ޖަމާކުރަމުންދާނީ ހައްޖަށް ބޭނުންވާ ފައިސާ ބެހެއްޓުމަށްފަހުގައި ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ. 

ޕޭ ކޮމިޝަނާ މީރާ އިން ވެސް ވަނީ މި އިސްލާހަކީ ރަނގަޅު އިސްލާހެއް ކަން ފާހަގަކޮށްފަ އެވެ. އަދި މީގެ ސަބަބުން ޕެންޝަން ސްކީމުގެ މެންބަރުންނަށް ގިނަ ފައިދާތަކެއް ލިބި، ނިޒާމު ހަރުދަނާ ވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުނެފައި ވެ އެވެ. 

މި ބިލު ހުށަހެޅި ބޭނުމެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބި ނުދެވޭނެ ކަން ކަނޑައެޅުން ކަމަށެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓްރައިޒް ކުރެވޭނެ ކަން ކަނޑައެޅުމަށާއި، ޓާރިމިނަލް އިލްނެސް ގެ ހާލަތްތަކުގައި އެ ފަރާތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަން ކަނޑައެޅުމާއި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނޫގައި ކަނޑައެޅުމާއި، ހައްޖުވުމަށްޓަކައި ކުރިއާލާ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުންވެސް ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ޕެންޝަން ގާނޫނުފިނޭންސް މިނިސްޓްރީޕެންޝަން އޮފީސްޕޭ ކޮމިޝަންމީރާ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ

15 ފެބުރުއަރީ 2026
ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ
14 ފެބުރުއަރީ 2026

މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ

14 ފެބުރުއަރީ 2026
މިއަހަރު ''ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'' އާންމުނުކުރާ މައްސަލަ ބޮޑުވެއްޖެ
04 ފެބުރުއަރީ 2026

އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

04 ފެބުރުއަރީ 2026
 އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި
04 ފެބުރުއަރީ 2026

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

04 ފެބުރުއަރީ 2026
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި
03 ފެބުރުއަރީ 2026

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން
03 ފެބުރުއަރީ 2026

ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

03 ފެބުރުއަރީ 2026
ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި
03 ފެބުރުއަރީ 2026

ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ސަރުކާރު ހިންގަން ޚަރަދުތައް ހަމަ ޖައްސަން ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް: ކުރީގެ މިނިސްޓަރ އަމީރު

01 ފެބުރުއަރީ 2026

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވައިފި

01 ފެބުރުއަރީ 2026
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވައިފި
20 ޖެނުއަރީ 2026

ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

20 ޖެނުއަރީ 2026
ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް