Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްބިއުލާންސް ޚިދުމަތް

ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ

30 މާރިޗު 2026 | ހޯމަ 06:55

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތީ އާންމު ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ މުހިއްމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް ރައީށް ވިދާޅުވެއްޖެ. މިގޮތުން ކުއްލި ހާލަތްތަކާއި، ބަލިމީހުން އުފުލުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތެލެސީމިއާ ކުދިން ހޮސްޕިޓަލަށް ގެންދިއުން ފަދަ ޚާއްސަ ހާލަތްތަކުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާސަންދައިގެ އެހީގައި އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ. މި ނިންމުމަކީ މިކަމުގެ މާލީ އަދި އޮޕަރޭޝަނަލް ކަންކަމަށް ރިއާޔަތްކުރުމަށްފަހު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 މާރިޗު 2026 | ހޯމަ 06:55
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

އަންނަ މަހުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން މުހިއްމު ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ލިބޭނީ ބައެއް ހާލަތްތަކުގައި ކަމަށެވެ. އޭގެ ތެރޭގައި އިމަޖަންސީގައި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް މީހުން ގެންދިއުމާއި، މައްޔިތުން އުފުލުމާއި،  އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓުގެ ޚިދުމަތް ދިނުމަށް ގެންދާ ހާލަތްތަކުގައި އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ އިތުރުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން ގެންދިއުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމާއި، އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމާއި، ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ހާލަތްތަކަކަށް އެމްބިއުލާންސް އާސަންދަ އިން މިހާރު ހަމަ ޖެހޭނެ އޭޕްރީލް 1 އިން ފެށިގެން. މިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭގޮތުން ޓެކްނިކަލް ލެވެލްގަ އޭގެ ހިސާބުތައް ފައިނޭންޝިއަލީ  ބަޖެޓަރީ އިމްޕްލިކޭޝަންތައް، އޮޕަރޭޝަނަލް އޭންގަލް އިން ބަލަންޖެހޭ ކަންތައް ވެސް ބެލުމަށް ފަހު ނިންމި ނިންމުމެއް. ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް ރައްޔިތުންގެ ފަރާތުން މިކަމަކީ،
ރައީސް ޑރ. މުހައްމަދު މުއިއްޒު 

 ރައީސް ވިދާޅުވީ މިކަން ހަމަޖެހިފައި ނެތުމާއެކު ރައްޔިތުންނަށް އެކަމުގެ ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރާ ކަމަށެވެ. އަދި މިކަމަށް ލުއި ބޭނުންވާތީ ގިނަ ބަޔަކު މިކަމަށް އެދެމުން ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއާސަންދައެމްބިއުލާންސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026
އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
28 މާރިޗު 2026

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
27 މާރިޗު 2026

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް
26 މާރިޗު 2026

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު
26 މާރިޗު 2026

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

26 މާރިޗު 2026
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް
26 މާރިޗު 2026

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

26 މާރިޗު 2026
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް