Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަޒާން މަރު ތަހުގީގު

ތުއްތު އަޒާންގެ ފަރުވާއަށް އިހުމާލުވީ ސަރުކާރުގެ ބޮޑެތި މުސާރަވެރިން، އިސްތިއުފާގެ އަޑުގަދަވެއްޖެ!

ސެރެބްރަލް ޕަލްސީ ބަލި ތަހައްމަލުކުރަމުންދިޔަ އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ނިޔާވީ، ކާންދޭން ބޭނުންވާ ހޮޅިކޮޅެއް ހޯދުމަށް އެސްޓީއޯއާއި އެންސްޕާ މެދުވެރިކޮށް އާއިލާއިން ކުރި މަސައްކަތް އަށް މަސްވީއިރުވެސް ކާމިޔާބުނުވެ، ދައުލަތުގެ އިދާރާތަކުގެ އިހުމާލުންކަމަށް އާއިލާއިން ތުހުމަތުކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 މާރިޗު 2026 | ހުކުރު 14:11
އިހުމާލުގެ ސަބަބުން 6 އަހަރުގެ އަޒާން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައި

އިހުމާލުގެ ސަބަބުން 6 އަހަރުގެ އަޒާން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައި | ރާއްޖެ އެމްވީ

މި އިހަކަށް ދުވަހު، މުޅި ގައުމު ސިއްސުވާލީ ތުއްތު ކުއްޖެއްގެ މަރާއި މި ސަރުކާރުގެ އިހުމާލުން ބައްދަލުކުރަން ޖެހުނު ޚަބަރާއި އެކުގަ އެވެ. އުމުރުން އެންމެ  6 އަހަރުގެ އިބްރާހިމް އަޒާން ދިރިހުންނަން ބޭނުންވާ ހޮޅިކޮޅެއް ފޯރުކޮށްދިނުމުގައި ދިވެހި ދައުލަތް ވީ ބޮޑުތަނުން ފެއިލް އެވެ. އިހުމާލުގެ ސަބަބުން ކުޑަ ކުއްޖަކު ދުނިޔެ ދޫކޮށް ދިޔަ އިރު އާއްމުން އޮއްސާލި އެތައް ހާސް ޝަކުވާތަކަށް ވީ ކީއްތޯ އަހާލަން ވެސް ސަރުކާރުގެ އިސް ފަޑީގައި ތިބި މީހުންނަށް ކެރިވަޑަ އެއް ނުގަތެވެ.

ސެރެބްރަލް ޕަލްސީ ޖެހިފައިވުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އަޒާން އަށް ކާންދެނީ ބަނޑަށް ލައްވާފައި ހުންނަ ހޮޅިކޮޅެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް މި ހޮޅިކޮޅު ސަރުކާރުގެ މައި ހޮސްޕިޓަލުގައި ނެތް އިރު، އެއްވެސް ފާމަސީއެއްގައި ވެސް ނެތެވެ. 

އަޒާންގެ މަންމަ އައިމިނަތު ޔަޝްފާ ގެ ވާހަކަތަކުން އެނގުނު ގޮތުގައި ކާއެއްޗެހި ގޮހޮރަށް ފޮނުވަން ބަނޑަށް ލައްވަންޖެހޭ ހޮޅި ކޮޅެއް ނުލިބި 8 މަސްވެ، އެކަން ކަމާއި ބެހޭ ފަރާތްތަކަށް އެންގި އެވެ. ވަރުވަރުން އެކި މުއައްސަސާތަކަށް ސިޔާސީ ވެރިންނާއި މަސްއޫލު ވެރިން ލާފައި ތިބި އިރު މިކަމާއި ޒިންމާ ނަގާނެ ހަމަ އެންމެ ޖާހެއް ވެސް ސަރުކާރުގަ އެއް ނެތެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭގެ 2 ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެނަންނަން އޯޑަރު ޖެހި ނަމަވެސް އެކަން ވީ ހިސާބެއް އެނގުނު މީހަކު ނެތެވެ. ތުއްތު ފުރާނަ އެއް ގެއްލި ދިޔަ އިރު ޒިންމާ ނަގާނެ މީހަކު ވެސް ނެތެވެ. ހައްތަހާ ވެސް ބުނަނީ މައްސަލަ ބަލަމުންދާ ކަމަށެވެ. 

ދެން އެއްބަޔަކު އަނެއް ބަޔަކު އެކަކު އަނެކަކު ބޮލަށް ޖަހާ އެކަކު އަނެކަކު ކުށްވެރި ކުރުމުން މައްސަލަ ފަރުޖެހުނީކަމަށް ބަލަންވީތޯއެވެ.  އެންސްޕާއިން ހޮޅި ކޮޅު ގެންނަން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީއިން އެ ހޮޅިކޮޅު ނުގެނެސްދީ އުޅެނިކޮށް ކުޑަ ކުއްޖަކު ނިޔާވީ އެވެ.

ދުނިޔޭގެ ގައުމެއްގައި ނަމަ މި ކަމުގައި ޝާމިލްވާ ހުރިހާ އެންމެން ވަގުތުން ވަގުތަށް އިސްތިއުފާ ދޭނެ އެވެ. އާއްމު މީހެއްގެ، ޚާއްސަކޮށް ކުޑަކުއްޖެއްގެ ސިއްހަތާއި ގުޅުން ހުރި ކަމެއްގައި މިފަދަ ގޮތަކަށް އިހުމާލު ވުމަކީ ކުޑަ ކަމެއް ނޫނެވެ. 

އެކަކު އަނެކަކު ބޮލަށް ކަންކަން ޖެހުމުގެ ބަދަލުގައި އެންމެ ރިވެތި ގޮތަކީ އިސްތިއުފާ ދިނުމެވެ. އޭރުން ފަހަރުގައި ކުފޫހަމަވާ ގާބިލް ބަޔަކު ތަންތަނުގައި ތިބެގެން މިފަދަ ކަމެއް ތަކުރާރު ނުވެ ފަރުޖެހިދާނެ އެވެ. އެ މައްސަލަ ބަލާ ވާހަކަ ސިއްހީ ވުޒާރާ އިން ބުނީ އެއް ދުވަސް ފަހުންނެވެ. އެޗްއާރްސީއެމް އަށް އެކަން ރޭކާލީ ދެ ވަނަ ދުވަހު އެވެ. އަދި ކުޑަކުދިންގެ ކަންކަން ބަލަހައްޓަން ހުންނެވި ބޭފުޅާ އަށް ގޯސްވީ އެ ވާހަކަ ދެއްކި މީހުންނެވެ. ކުއްޖާގެ ހައްލެއް ގެއްލިގެން ކުއްޖާ ނިޔާވި އިރު ވެސް އެއީ މާ ބޮޑު ތުރާލަކަށް ނުވި އެވެ. 

8 މަސް ވެގެން ދާއިރު މިފަދަ ހައްސާސް ކަމެއްގައި ހައްލެއް ހޯދާ ނުދެވުމުން ސިއްހީ ނިޒާމާއި މެދު އާއްމުން ސުވާލު އުފައްދާނެ އެވެ. ދިވެހިންނާއި މެދު ވިސްނާނަމަ، އިޚުލާސްތެރިކަމެއް ހުރި ނަމަ އާއްމުންގެ ބަސް އަޑު އަހާ، އިޖާބަދީ، އިސްތިއުފާދެއްވާނެ ކަމީ ގައިމު ޔަގީންވާ ކަމެކެވެ.

އިބްރާހިމް އަޒާންސެރެބްރަލް ޕަލްސީއެސްޓީއޯއެންސްޕާއައިޖީއެމްއެޗް

އިތުރަށް ކިޔާލަން

27 މާރިޗު 2026

އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި

27 މާރިޗު 2026
އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
22 މާރިޗު 2026

އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

22 މާރިޗު 2026
އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
21 މާރިޗު 2026

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު