Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޒާން ނިޔާވި މައްސަލަ

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

ސެރެބްރަލް ޕަލްސީ ބަލި ތަހައްމަލު ކުރަމުންދިޔަ އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ނިޔާވީ، އޭނާއަށް ކާންދޭން ބޭނުންވާ ހާއްސަ ހޮޅިކޮޅެއް ހޯދުމަށް އެސްޓީއޯ އާއި އެންސްޕާ މެދުވެރިކޮށް ކުރި މަސައްކަތް 8 މަސް ވީއިރު ވެސް ކާމިޔާބު ނުވުމުގެ ސަބަބުން. މި މައްސަލައިގައި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރަމުންދާއިރު، އެސްޓީއޯ އާއި އެންސްޕާއިން ދަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވަމުން. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަން ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިހާރު ވަނީ ހާމަކޮށްފަ.

މަޚްތޫމް
މަޚްތޫމް | 26 މާރިޗު 2026 | ބުރާސްފަތި 11:56
އިހުމާލުގެ ސަބަބުން 6 އަހަރުގެ އަޒާން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައި

އިހުމާލުގެ ސަބަބުން 6 އަހަރުގެ އަޒާން ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައި | ރާއްޖެ އެމްވީ

އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ދިރިހުންނަން ބޭނުންވާ ހޮޅިކޮޅެއް ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތައް ފެއިލްވެ އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ހެލްތް މިިނިސްޓްރީ އިން ބަލަން ފަށަފި އެވެ. 

ސެރެބްރަލް ޕަލްސީ ޖެހިފައިވުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އަޒާން އަށް ކާންދެނީ ބަނޑަށް ލައްވާފައި އިންނަ ހޮޅިކޮޅެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް މި ހޮޅިކޮޅު ސަރުކާރުގެ މައި ހޮސްޕިޓަލުގައި ނެތް އިރު، އެއްވެސް ފާމަސީއެއްގައި ވެސް ނެތެވެ. 

މި މަހުގެ 16 ވަނަ ދުވަހު އަޒާންގެ މަންމަ އައިމިނަތު ޔަޝްފާ އެފްބީގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކާއެއްޗެހި ގޮހޮރަށް ފޮނުވަން ބަނޑަށް ލައްވަންޖެހޭ ހޮޅި ކޮޅެއް ނުލިބި 8 މަސްވެފައިވާ ކަމުގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ. އޭނާ ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭގެ 2 ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެނަންނަން އޯޑަރު ޖެހި ކަމަށެވެ. އަދި 8 މަސް ވެގެން ދިޔަ އިރުވެސް ހޮޅިކޮޅު ނުގެނެސްދިން ކަމަށެވެ. އަދި އެހެންގޮތެއް ހޯދަން އެސްޓީއޯއަށް ގުޅި ކަމަށާއި، ފާމަސީތައް ވެސް ބެލި ކަމަށެވެ. އަދި ކުރިން ލައްވާފައި ހުރި ހޮޅި ކޮޅު ވަގުތުން ބަދަލުކުރަން ޖެހިފައިވާ އިރު، ހޮޅިކޮޅު ނުލިބި ގޮތް ހުސްވެފައިވާ ކަމަށް މި މަހުގެ 16 ވަނަ ދުވަހު ޔަޝްފާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ. 

ކުއްޖާގެ ބަނޑަށް ލައްވަންޖެހޭ ހޮޅިކޮޅު ނުލިބިގެން އެޖުއްޖާގެ މަންމަ ފޭސްބުކުގައި ކުރި ޕޯސްޓް
ކުއްޖާގެ ބަނޑަށް ލައްވަންޖެހޭ ހޮޅިކޮޅު ނުލިބިގެން އެޖުއްޖާގެ މަންމަ ފޭސްބުކުގައި ކުރި ޕޯސްޓް

އޭނާ ބުނީ 16 ވަނަ ދުވަހު އެސްޓީއޯ ފާމަސީއިން އެ ދުވަހު ގުޅި ކަމަށެވެ. އަދި އެންސްޕާއިން އެ ހޮޅިކޮޅު ގެންނަން ހުއްދަ ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އަދިވެސް ހޮޅިކޮޅު ގެންނަން އޯޑަރު ޖަހާފައި ނުވާ ކަމަށެވެ. އަދި މިހާ ދުވަސްވި އިރު ވެސް އެސްޓީއޯ އިން ޖަވާބެއް ދީފައި ނުވަނީ ކީއްވެގެންތޯއާއި އެންސްޕާއިން ހުއްދަ ނުދޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

 ނަމަވެސް އެންސްޕާއިން ހޮޅި ކޮޅު ގެންނަން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީއިން އެ ހޮޅިކޮޅު ނުގެނެސްދީ އުޅެނިކޮށް އެ އަޒާން ވަނީ ބުދަ ދުވަހު ނިޔާވެފަ އެވެ. އަދި އައިޖީއެމްއެޗްއިން ހޮޅިކޮޅު ލިބުނުކަން އެންގީ އަޒާންގެ ހާލަތު ދަށްވެ މަރާ ހަނގުރާމަކުރަމުން ދަނިކޮށެވެ. 

އެނގިފައިވާ ގޮތުގައި އެންސްޕާއިން ހުއްދަ ނުދޭކަން ވެސް އަދި އެސްޓީއޯ ފާމަސީއިން އެ އޯޑަރު ނުކުރާކަންވެސް މިދިޔަ 8 މަސް ތެރޭގައި އޮތީ ކުއްޖާގެ މަންމައަށް ނާންގަ އެވެ. 

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
Raajje.mv

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

މި މައްސަލައިގައި އެންސްޕާއިން އަންނަނީ އެސްޓީއޯ ކުށްވެރި ކުރަމުންނެވެ. އެންސްޕާއިން ބުނަނީ އެކަމާއި ގުޅިގެން އަންގަންޖެހޭ ކަންކަން އެސްޓީއޯއަށް އަންގާފައިވާ ކަމަށެވެ. އަދި ލަސްވުމެއް އުޅެނީ އެސްޓީއޯ ފަޅިންނެވެ. ނަމަވެސް އެސްޓީއޯއިން ބުނަނީ އެންސްޕާއިން ހުއްދަ ނުދީގެންނެވެ. 

ނަމަވެސް މިހާތަަނަށް އައި އިރު އެސްޓީއޯ އަދި އެންސްޕާއިން ވެސް މިކަމާއި ގުޅިގެން އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހުގެ މެންދުރު ހެލްތް މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޒާން ސުހައިލް ނިޔާވި ހާދިސާ އެ ވުޒާރާއިން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުންނެވެ. އިތުރު ތަފްސީލެއް ހާމަ ނުކުރެ އެވެ. 

އިބްރާހިމް އަޒާންސެރެބްރަލް ޕަލްސީއެސްޓީއޯއެންސްޕާހެލްތް މިނިސްޓްރީހެލްތް މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހިމް

އިތުރަށް ކިޔާލަން

25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
21 މާރިޗު 2026

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟
21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
20 މާރިޗު 2026

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

20 މާރިޗު 2026
ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު
18 މާރިޗު 2026

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

18 މާރިޗު 2026
އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު