Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންސްޕާ، އެސްޓީއޯގެ އިހުމާލުން ކުއްޖަކު ނިޔާވުން

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

ސެރެބްރަލް ޕަލްސީ ތަހައްމަލުކުރަމުންދިޔަ 6 އަހަރުގެ އިބްރާހިމް އަޒާން ސުހައިލް ކާއެއްޗެހި ބަނޑަށް ފޮނުވަން ބޭނުންވާ ހޮޅިއެއް ހޯދުމަށް އާއިލާއިން 8 މަސްދުވަސް ވަންދެން ކުރި އާދޭސްތަކަށް އެސްޓީއޯ އާއި އެންސްޕާއިން އިޖާބަނުދީ އޮއްވާ އެ ކުއްޖާ ވަނީ ނިޔާވެފައި. މި ހޮޅި ގެނައުމުގެ ހުއްދަ އެންސްޕާއިން ނުދޭކަމަށް އެސްޓީއޯއިން ބުނާއިރު، އެންސްޕާއިން ބުނަނީ މިކަމުގައި އިހުމާލުވީ އެސްޓީއޯ ކަމަށް. ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ފަރުވާ ލަސްވެ ކުއްޖާގެ ހާލަތު ގޯސްވި ފަހުން އައިޖީއެމްއެޗަށް ހޮޅި ލިބުނު ނަމަވެސް، އޭރު ވަގުތު ފާއިތުވެފައިވާކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 25 މާރިޗު 2026 | ބުދަ 14:05
6 އަހަރުގެ ކުއްޖަކު ދިރިހުންނަން ބޭނުންވާ ހޮޅިކޮޅެއް އެންސްޕާއިން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީ އިން ނުގެނެސް އޮއްވާ ކުއްޖާ ވަނީ ނިޔާވެފައި

6 އަހަރުގެ ކުއްޖަކު ދިރިހުންނަން ބޭނުންވާ ހޮޅިކޮޅެއް އެންސްޕާއިން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީ އިން ނުގެނެސް އޮއްވާ ކުއްޖާ ވަނީ ނިޔާވެފައި | ރާއްޖެ އެމްވީ

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ އެވެ. 

މި މައްސަލަ ފެންމަތިވީ އެ ކުއްޖާގެ މަންމަ އެ ވާހަކަތަކައް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ހިސާބުންނެވެ. އެކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެނާގެ ދަރިފުޅު އިބްރާހިމް އަޒާން ސުހައިލް އަށް ސެރެބްރަލް ޕަލްސީ ޖެހިފައިވާކަން އެނގުނީ އޭނާއަށް އެއްޗެހި ދިރުވަން އުނދަގޫވެ، ގިނައިން ހޮޑުލެވި ކަންކަން ދިމާވުމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ އެވާހަކަ ފޭސްބުކުގައި ހިއްސާ ކުރި އެވެ. 

ނަމަވެސް މި މަހުގެ 16 ވަނަ ދުވަހު އާންމުންގެ ސަމާލުކަމަށް ޔަޝްފާ ގެނެސް ވަނީ ކާއެއްޗެހި ގޮހޮރަށް ފޮނުވަން ބަނޑަށް ލައްވަންޖެހޭ ހޮޅި ކޮޅެއް ނުލިބި 8 މަސްވެފައިވާ ކަމުގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ. އޭނާ ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭގެ 2 ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެނަންނަން އޯޑަރު ޖެހި ކަމަށެވެ. އަދި 8 މަސް ވެގެން ދިޔަ އިރުވެސް ހޮޅިކޮޅު ނުގެނެސްދިން ކަމަށެވެ. އަދި އެހެންގޮތެއް ހޯދަން އެސްޓީއޯއަށް ގުޅި ކަމަށާއި، ފާމަސީތައް ވެސް ބެލި ކަމަށެވެ. އަދި ކުރިން ލައްވާފައި ހުރި ހޮޅި ކޮޅު ވަގުތުން ބަދަލުކުރަން ޖެހިފައިވާ އިރު، ހޮޅިކޮޅު ނުލިބި ގޮތް ހުސްވެފައިވާ ކަމަށް މި މަހުގެ 16 ވަނަ ދުވަހު ޔަޝްފާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ. 

އޭނާ ބުނީ 16 ވަނަ ދުވަހު އެސްޓީއޯ ފާމަސީއިން އެ ދުވަހު ގުޅި ކަމަށެވެ. އަދި އެންސްޕާއިން އެ ހޮޅިކޮޅު ގެންނަން ހުއްދަ ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އަދިވެސް ހޮޅިކޮޅު ގެންނަން އޯޑަރު ޖަހާފައި ނުވާ ކަމަށެވެ. އަދި މިހާ ދުވަސްވި އިރު ވެސް އެސްޓީއޯ އިން ޖަވާބެއް ދީފައި ނުވަނީ ކީއްވެގެންތޯއާއި އެންސްޕާއިން ހުއްދަ ނުދޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ. 

މިއީ މިކުއްޖާ ކެއިންބުއިން އެތެރެވާ ހަމައެކަނި މަގު
އައިމިނަތު ޔަޝްފާ - ކުއްޖާގެ މަންމަ

ޔަޝްފާގެ ޕޯސްޓުގައި އެސްޓީއޯ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޓެގްކޮށްފައި އިނެވެ.

ކުއްޖާގެ ބަނޑަށް ލައްވަންޖެހޭ ހޮޅިކޮޅު ނުލިބިގެން އެކުއްޖާގެ މަންމަ ފޭސްބުކުގައި ކުރި ޕޯސްޓް
ކުއްޖާގެ ބަނޑަށް ލައްވަންޖެހޭ ހޮޅިކޮޅު ނުލިބިގެން އެކުއްޖާގެ މަންމަ ފޭސްބުކުގައި ކުރި ޕޯސްޓް

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހޮޅިކޮޅު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ގައި ވެސް ލިބެން ނެތެވެ. އެއީ ސްޓޮކް ހުސްވެފައި ހުރުމުންނެވެ. އަދި އެހެން ފާމަސީތަކުގައި ވެސް ނެތެވެ. މީގެ ކުރިން އެސްޓީއޯ ފާމަސީ އިން އެ ހޮޅިކޮޅު ބޭސް ސިޓީއަށް ލިބެ އެވެ. ނަމަވެސް ފަހުން އިންޑިއާއިން 100 ޑޮލަރަށް ލިބޭ ހޮޅި ކޮޅު 13،000 ދިވެހި ރުފިޔާއަށް ވިއްކަމުން ދިޔަ ކަމަށް ބައެއް ފަރާތްތަކުން ހުރީ ޝަކުވާ ކޮށްފަ އެވެ. 

ނަމަވެސް އެންސްޕާއިން ހޮޅި ކޮޅު ގެންނަން ހުއްދަ ނުދީގެން އެސްޓީއޯ ފާމަސީއިން އެ ހޮޅިކޮޅު ނުގެނެސްދީ އުޅެނިކޮށް އެ ކުއްޖާ ވަނީ ބުދަ ދުވަހު ނިޔާވެފަ އެވެ. އެކުއްޖާގެ މަންމަ ބުދަ ދުވަހުގެ ހެނދުނު ބުނީ ދަރިފުޅުގެ ހާލަތު ވަރަށް ކްރިޓިކަލް ކަމަށެވެ. އަދި ދިރިހުންނާނެ ކަމުގެ އުއްމީދު ނެތް ކަމަށާއި، ފަހު ނޭވާ ގުނަމުން އަންނަ ކަމަށެވެ. އަދި ކުރިން ދުވަހަކު އެ ހޮޅިކޮޅު ލިބިއްޖެ ކަމަށް އައިޖީއެމްއެޗްގެ ޕްރޮކިއުމެންޓް އިން ބުނެފައިވީ ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެ ކަމަށް ކުއްޖާގެ މަންމަ ޔަޝްފާ ވަނީ ބުނެފަ އެވެ. 

ދަރިފުޅު މިހާރު އޮތީ ގާތްގަނޑަކަށް ގޮސްފައި. އޭނާ އެދަނީ އެންމެ ފަހު ނޭވާ ލަމުން. އައިޖީއެމްއެޗްގައި އޮތީ. ކުރީ ދުވަހު އައިޖީއެމްއެޗް ޕްރޮކިއުމެންޓް އިން ގުޅާފައި ބުނި އޭތި ލިބިއްޖެޔޭ. އެބައޮތް ލިބިފައި. އެކަމަކު މިހާރު މާ ލަސްވެއްޖެ. ހާލު ދެރަވީމަ ނުގުޅޭނެ. 
އައިމިނަތު ޔަޝްފާ - ކުއްޖާގެ މަންމަ
ކުއްޖާގެ ހާލު ދެރަވެ ނިޔާވުމުގެ ކުރިން ކުއްޖާގެ މަންމަ ޔަޝްފާ ކުރި މެސެޖް
ކުއްޖާގެ ހާލު ދެރަވެ ނިޔާވުމުގެ ކުރިން ކުއްޖާގެ މަންމަ ޔަޝްފާ ކުރި މެސެޖް

އެނގިފައިވާ ގޮތުގައި އެންސްޕާއިން ހުއްދަ ނުދޭކަން ވެސް އަދި އެސްޓީއޯ ފާމަސީއިން އެ އޯޑަރު ނުކުރާކަންވެސް މިދިޔަ 8 މަސް ތެރޭގައި އޮތީ ކުއްޖާގެ މަންމައަށް ނާންގަ އެވެ. 

މި މައްސަލައިގައި އެންސްޕާއިން އަންނަނީ އެސްޓީއޯ ކުށްވެރި ކުރަމުންނެވެ. އެންސްޕާއިން ބުނަނީ އެކަމާއި ގުޅިގެން އަންގަންޖެހޭ ކަންކަން އެސްޓީއޯއަށް އަންގާފައިވާ ކަމަށެވެ. އަދި ލަސްވުމެއް އުޅެނީ އެސްޓީއޯ ފަޅިންނެވެ. ނަމަވެސް އެސްޓީއޯއިން ބުނަނީ އެންސްޕާއިން ހުއްދަ ނުދީގެންނެވެ. 

ނަމަވެސް މިހާތަަނަށް އައި އިރު އެސްޓީއޯ އަދި އެންސްޕާއިން ވެސް މިކަމާއި ގުޅިގެން އެއްވެދް ބަހެއް ބުނެފައި ނުވެ އެވެ. މިކަމުގައި އިހުމާލުވި ފަރާތެއް ވެސް ނެތެވެ. އަދި 6 އަހަރު ކުޑަކުއްޖަކު ހޮޅި ކޮޅެއް ނުލިބިގެން ދުނިޔެ ދޫކުރި އިރު، އެ ހޮޅި ކޮޅު ގެނެސްދޭން އެދި މަޔަކު ދިޔައީ އާދޭސް ކުރަމުންނެވެ. ނަމަވެސް ދައުލަތުގައި އެކަމަށް އަޅާލި އެއްވެސް އިދާރާއެއް ނެތެވެ. 

އަޒާންގެ ކަށުކަމާކެމީގެ ކަންކަން ހަމަޖެހިފައި އޮތީ އާ ސަހަރާގަ އެވެ. އަދި ކަށުނަމާދު އޮތީ އިޝާނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. 

އިބްރާހިމް އަޒާން ސުހައިލްއައިމިނަތު ޔަޝްފާއެންސްޕާއެސްޓީއޯޑރ. މުޙައްމަދު މުޢިއްޒުއައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026
މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

25 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

25 މާރިޗު 2026
އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

25 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު