Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި

އާސަންދަ އާއި ބޭސް ލިބުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަކީ ސަރުކާރުގެ ނާގާބިލުކަމާއި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ތުހުމަތުކޮށް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވޭ. އިހުމާލުގެ ސަބަބުން ފުރާނަ ގެއްލޭ މައްސަލަތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދައުލަތުގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 މާރިޗު 2026 | ހުކުރު 02:07
އެމްޑީޕީ އިން ބޭއްވި އެއްވުމެއްގެ ތެރެއިން

އެމްޑީޕީ އިން ބޭއްވި އެއްވުމެއްގެ ތެރެއިން | ނިޝާން އަލީ / މިހާރު

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ ވަނިކޮށް، ކުއްޖާ ނިޔާވި މައްސަލައިގެ  ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލައިފި އެވެ.

އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ދިރިހުންނަން ބޭނުންވާ ހޮޅިކޮޅެއް ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތައް ފެއިލްވެ އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ހެލްތް މިިނިސްޓްރީ އިން ވެސް ދަނީ ބަލަމުންނެވެ. ސެރެބްރަލް ޕަލްސީ ޖެހިފައިވުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އަޒާން އަށް ކާންދެނީ ބަނޑަށް ލައްވާފައި ހުންނަ ހޮޅިކޮޅެއް ބޭނުން ކޮށްގެންނެވެ. ނަމަވެސް މި ހޮޅިކޮޅު ސަރުކާރުގެ މައި ހޮސްޕިޓަލުގައި ނެތް އިރު، އެއްވެސް ފާމަސީއެއްގައި ވެސް ނެތެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ ގަސްތުގައި އިހުމާލުވުމުގެ މި މައްސަލައިގައި، ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މި މައްސަލަ ބަލައި އެ މައްސަލައިގެ ތަހުގީގު އާއްމު ކުރަން ގޮވާލާ ކަމަށެވެ. 

އެމްޑީޕި އިން ވަނީ މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް ގޮވާލާފަ އެވެ. މިހާރަކަށް އައިސް، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް ލިބެމުންއައި އާސަންދައިގެ ޚިދުމަތް ދިނުން ހުއްޓައިލަމުންދާ ކަމަށް އެ ޕާޓީ އިން ބުނެފައި ވެ އެވެ. އަދި ބޭސް ސިޓީ އަށް ބޭސްދޫކުރުމުގައި ލިބެމުން އައި އާސަންދަގެ ޚިދުމަތް ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ޚަރަދުކުރަންޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް ދަނީ ލިބެމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެ ޕާޓީ އިން ބުނީ މިކަން ދިމާ މިވަނީ، ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި، ނާޖައިޒް ފައިދާ ނެގުމަށް މި ސަރުކާރުން އެންސްޕާ އާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލުގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވައިފައިވުމުން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
Raajje.mv

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

ބޭސް ނުލިބުމުގެ ދަތިތައް ތަހައްމަލުކުރަމުންދާ އެތަކެއް އާއިލާތަކެއް ތިބިކަމަށް އެ ޕާޓީއަށް ގަބޫލުކުރެވޭއިރު، އިހުމާލުގެ ސަބަބުންނާއި ފަރުވާ ލަސްވުމުގެ ސަބަބުން އެތަކެއް ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ފަދަ ދަނޑިވަޅު ގައި، ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭނެ ވަރުގެ އިތުރު ތަކުލީފެއް، ސަރުކާރުގެ ނާގާބިލުކަމާއި އިހުމާލުގެ ސަބަބުން ކުރިމަތިވުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަމަށް ހޭދަކުރުމަށް އެ  ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއެންސްޕާއެސްޓީއޯ

އިތުރަށް ކިޔާލަން

26 މާރިޗު 2026

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!
26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
25 މާރިޗު 2026

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ
25 މާރިޗު 2026

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

25 މާރިޗު 2026
"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"
21 މާރިޗު 2026

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު