Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރު ފެއިލްވުން

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

މި ސަރުކާރަށް ތިން އަހަރުވާން ކައިރިވާ އިރު އައްޑޫސިޓީގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާތީ، ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާން ސަރުކާރަށް ކެރިގެން ނުވާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 14:44
އައްޑޫގެ މޭޔަރ އަލީ ނިޒާރު

އައްޑޫގެ މޭޔަރ އަލީ ނިޒާރު | ރާއްޖެ އެމްވީ

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ ކަމަށް އައްޑޫސިޓީގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑިޕީގެ ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އައްޑޫ އަށްޓަކައި ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަން ދުވާލުގެ އަލިކަން ފެންނަ ފަދައިން ސާފުކޮށް އެނގެން އޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ. ސަރުކާރަށް 3 އަހަރު ވާން ކައިރި ވާއިރު އައްޑޫ އަށް އެއްވެސް ކުރިއެރުމެއް ނުލިބުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ. ނިޒާރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ ކަންކަން ވެސް މި ސަރުކާރަށް ނުނިންމުނު ކަމަށެވެ. އެމްޑީޕީ ވެރިކަމުގައި އޮވެ ސަރުކާރު ކެނޑިޑޭޓުން ނެރުނީ ފަޚުރުވެރިކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ކައުންސިލް އިންތިޚާބުގައި ސަރުކާރާއި މެދު ކުރި ޝަކުވާ އަކީ މަގު ހަދަމުންދާތީ ގެއަށް ނުވަދެވޭ ވާހަކަ. 100 ކިލޯ މީޓަރުގެ މަގު ހިތަށް ގެންނަވާ ގަމުން ފަށައިގެން ހިތަދު އާއި ހަމަ އަށް ހަދާފައި އެއޮތީ. އެއީ ރަނގަޅު ފެންވަރަށް ހަދާފައި ހުރި ތަންތަން." އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ފިކުރެއް، ވިސްނުމެއް އަދި ފަލްސަފާ އެއް ނެތް ބައެއް ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. ނިޒާރު އިތުރަށް ވިދާޅުވީ ސަރުކާރަކުން ރައްޔިތުން ކައިރިއަށް ދާންވާނީ ރައްޔިތުންނަށް ބޭނުންވާ ފަދަ ކަންތައްތަކެއް ކޮށްދިނުމަށް ފަހުގައި ކަމަށެވެ. އެ ނޫން ހާލަތެއްގައި ސަރުކާރުގެ ކެނޑިޑޭޓުން ކަމަށް ބުނެ ޕްރޮމޯޓް ކުރުމަކީ މޮޔަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ކުރިމަގަށްޓަކައި ވޯޓު ދޭން ވީ އެމްޑީޕީ އަށް ކަމަށް ވިދާޅުވެފަ އެވެ.

އަލީ ނިޒާރުއައްްޑޫ ސިޓީއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026
ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު

20 މާރިޗު 2026
ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

20 މާރިޗު 2026
އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކާއި، ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު 2 ޒުވާނަކު ހައްޔަރުކޮށްފި

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު