Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ލެވަންޑޯސްކީ އާއި، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ. ބަޔާންގައި ވެސް ލެވަންޑޯސްކީ އަށް އިރުޝާދު ދީފައި ވަނީ ފްލިކް ކަމަށްވާއިރު، ލެވަންޑޯސްކީ އަކީ ފްލިކް ވަރަށް ބޮޑަށް ބޭނުންވާނެ ކުޅުންތެރިޔެއް ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2025 | ބުރާސްފަތި 05:39
ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ލެވަންޑޯސްކީ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ، އެ ކުލަބުގައި މަޑު ކުރުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު، ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ލެވަންޑޯސްކީ އެ ކުލަބު ދޫކޮށްލާނެ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެއާާ އެކު، ލެވަންޑޯސްކީގެ ބަދަލުގައި ބާސެލޯނާ އިން އެހެން ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. އެގޮތުން ބާސެލޯނާ އިން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި، ބަޔާން އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، ބާސެލޯނާ އިން ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި މިހާރު ބުނެފައިވާ ގޮތުން، އިތުރު އެއް އަހަރަށް ބާސެލޯނާގެ އެއްބަސްވުން ލެވަންޑޯސްކީ އައު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ބާސެލޯނާ އިން ޤަބޫލު ކުރަނީ އަދި ވެސް ލެވަންޑޯސްކީ ހުރީ އެ ކުލަބުގައި ކުޅެވޭނެ ފެންވަރުގައި ކަމަށާއި، ލެވަންޑޯސްކީ އަކީ އެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ބާސެލޯނާ އިން ޤަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ލެވަންޑޯސްކީ އާއި، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. ބަޔާންގައި ވެސް ލެވަންޑޯސްކީ އަށް އިރުޝާދު ދީފައި ވަނީ ފްލިކް ކަމަށްވާއިރު، ލެވަންޑޯސްކީ އަކީ ފްލިކް ވަރަށް ބޮޑަށް ބޭނުންވާނެ ކުޅުންތެރިޔެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ބާސެލޯނާގައި މިހާރު ލެވަންޑޯސްކީ ހޭދަ ކުރަމުން ދަނީ އޭނާގެ ހަތަރު ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 165 މެޗުގައި 109 ލަނޑު ޖަަހައިފަ އެވެ. ބާސެލޯނާ އާއެކު ލެވަންޑޯސްކީ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. 

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު