Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ޕްރެޝަރެއް ނެތް، ގޮތް ނިންމަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

ލެވަންޑޯސްކީ ބުނީ ވަކި ގޮތެއް ނިންމައިގެން ކުރިއަށް ދާން ވެސް އޭނާ އަށް ނޭނގޭ ކަމަށް. ނަމަވެސް، އެއްވެސް ޕްރެޝަރެއް އޭނާ އަށް ނެތް ކަމަށާއި، އެތައް ކަމެއް ބިނާވެފައި އޮންނާނީ ކުލަބުގެ ޕްލޭންގެ މައްޗަށް ކަމަށް ލެވަންޑޯސްކީ ބުނި. އަދި އެކަމުގައި އޭނާގެ ޕްލޭން ވެސް ވަރަށް މުހިންމު ވާނެ ކަމަށް ލެވަންޑޯސްކީ ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2025 | ހޯމަ 07:22
ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ

މިވަގުތު އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، މުސްތަޤުބަލާ މެދު ގޮތް ނިންމަން ވަގުތު އެބަ އޮތް ކަމަށް ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

ލެވަންޑޯސްކީ މިހެން ބުނެފައި ވަނީ، އޭނާ ގެ މުސްތަޤުބަލާ މެދު މިހާރު ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ. ބާސެލޯނާ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ބައެއް ރިޕޯޓު ތަކުގައި ބުނެފައި ވަނީ ބާސެލޯނާގެ އެއްބަސްވުން އޭނާ އައު ނުކުރާނެ ކަމަށެވެ. ނަމަވެސް، އަނެއް ބައި ރިޕޯޓު ތަކުގައި ބުނެފައި ވަނީ އިތުރު އެއް އަހަރަށް ލެވަންޑޯސްކީ ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ، މި ސީޒަންގައި އޭނާ ބޭނުން ވަނީ ހުރިހާ ކާމިޔާބެއް ޙާސިލު ކުރަން ކަމަށެވެ. އެގޮތުން، އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ޕޮލެންޑާ އެކު ކޮލިފައިވާން ބޭނުންވާ ކަމަށާއި، ސްޕެނިޝް ލީގު ކާމިޔާބު ކުރުމާ އެކު، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އެކަމާ ގުޅޭ ގޮތުން ލެވަންޑޯސްކީ ބުނީ ގޮތް ނިންމަން އޭނާ އަށް ވަގުތު އޮތް ކަމަށެވެ. މިވަގުތު އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، އޭނާ ބޭނުން ވަނީ އެންމެ ރަނގަޅު ފޯމުގައި ކުޅެން ކަމަށް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ ވަކި ގޮތެއް ނިންމައިގެން ކުރިއަށް ދާން ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ. ނަމަވެސް، އެއްވެސް ޕްރެޝަރެއް އޭނާ އަށް ނެތް ކަމަށާއި، އެތައް ކަމެއް ބިނާވެފައި އޮންނާނީ ކުލަބުގެ ޕްލޭންގެ މައްޗަށް ކަމަށް ލެވަންޑޯސްކީ ބުންޏެވެ. އަދި އެކަމުގައި އޭނާ ގެ ޕްލޭން ވެސް ވަރަށް މުހިންމު ވާނެ ކަމަށް ލެވަންޑޯސްކީ ބުނެފައިވެ އެވެ. 

މީގެ ކުރިން ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ލެވަންޑޯސްކީގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ކުރަމުން ގެންދެ އެވެ. އެގޮތުން އެ ކުލަބުން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި، ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެކަމުގައި ގޮތެއް ނިމޭނީ ލެވަންޑޯސްކީގެ ކުރިމަގާ މެދު ނިންމާ ގޮތެއްގެ މައްޗަށެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ލެވަންޑޯސްކީ އާއި، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާ ގެ މުސްތަޤުބަލާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. ކުރިން ބަޔާންގައި ވެސް ލެވަންޑޯސްކީ އަށް އިރުޝާދު ދީފައި ވަނީ ފްލިކް ކަމަށްވާއިރު، ލެވަންޑޯސްކީ އަކީ ފްލިކް ވަރަށް ބޮޑަށް ބޭނުންވާނެ ކުޅުންތެރިޔެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ޚާއްސަކޮށް އޭނާ ބޭނުން ކުރާނެގ ގޮތް ފްލިކް އަށް ވަރަށް ބޮޑަށް އިނގޭނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ބާސެލޯނާގައި މިހާރު ލެވަންޑޯސްކީ ހޭދަ ކުރަމުން ދަނީ އޭނާ ގެ ހަތަރު ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 165 މެޗުގައި 109 ލަނޑު ޖަަހައިފަ އެވެ. ބާސެލޯނާ އާއެކު ލެވަންޑޯސްކީ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. ލެވަންޑޯސްކީ އަކީ ބާސެލޯނާގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު