Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖް ކުރުން

މޫދަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ގަވާއިދެއް ހަދަނީ

30 މާރިޗު 2026 | ހޯމަ 13:38

މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މައްސަލަ ހައްލުކުރުމަށްޓަކައި، އެފަދަ އަމަލުތައް ކުރާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފަށާފަ. މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ތިމާވެށި ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް. އެހެންކަމުން، ވެށި ހަލާކުވާ ފަދަ އަމަލުތައް ހުއްޓުވުމަށް ކުރިއަށް އޮތް ތަނުގައި ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 މާރިޗު 2026 | ހޯމަ 13:38
 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް | ރައީސް އޮފީސް

ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށް ގަވާއިދެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ބައެއް ފަރާތްތަކުން މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށާއި އެފަދަ ކަންކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަންކަން ކަމަށެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން އެކަން ހައްލު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ކުނި މެނޭޖް ކުރާ ގާނޫނެއް އޮތް ނަމަވެސް މިކަން ކުރުވުމަށްޓަކަައި  މިފަދަ އަމަލުތައް ކުރާ މީހުން ޖޫރިމަނާ ކުރުމަށް ގަވާއިދެއް ހަދަން ޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ގަވާދު އެކުލަވާލާނެ ކަމަށެވެ. 

ރައްކާތެރިގޮތުގައި ކުނި މެނޭޖު ނުކޮށް، ވެށި ހަލާކުވެދާނެކަންތައް ކުރާ ފަރާތް ހާއްސަކޮށް ކުނި އަޅާ ފަރާތްތައް، މޫދަށް ކުނިއަޅައިފި ނަމަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އެ ފަރާތްތައް ޖޫރިމަނާ ކުރާނަން،
 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް

މިނިސްޓަރު ވިދާޅުވީ މިފަދަ ގަވާއިދެއް އެކުލަވާލަނީ ކޮންމެހެން ވަކި ބަޔަކަށް އަދަބެއް ދިނުމަށް ނޫން ކަމަށެވެ. ނަމަވެސް މިއީ އޭގެ ސަބަބުން މީހުން ހޭލުންތެރި ކުރުވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ގުދުރަތީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބަލަހައްޓަން ޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ އެ ކަންކަމަކީ ސީދާ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ ކަންކަމަށް ވާތީ ކަމަށެވެ. އެހެންކަމުން ވެށި ހަލާކުވުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުތޯރިގް އިބްރާހީމް ތިމާވެއްޓާ ބެހޭ ވަޒީރުކުނި މެނޭޖްކުރުން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
30 މާރިޗު 2026

ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ

30 މާރިޗު 2026
ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ
29 މާރިޗު 2026

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026
އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
28 މާރިޗު 2026

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
27 މާރިޗު 2026

ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް

27 މާރިޗު 2026
ޕީއެންސީ ފިކުރުގެ ސިޔާސަތެއް ނެތް، އިރުއިރުކޮޅާ އެކި ލޯގޯގައި އަންނަން ޖެހެނީ އެހެން ވެގެން: އާޒިމް
26 މާރިޗު 2026

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

26 މާރިޗު 2026
ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް