Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިކޮނޮމިކް މިނިސްޓަރު ސައީދު

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026 | އާދީއްތަ 13:26

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ވަޒީފާ ބަހަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުން ހުރިހާ ޚަރަދެއްވެސް ކުރަނީ ބަޖެޓުގެ ތެރެއިން ކަމަށް. ނަމަވެސް، ބަޖެޓުގައި ނުހިމެނޭ 100 މަޝްރޫއަކަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެފައިވާއިރު، ކަސްޓަމްސް އާއި އާރްޑީސީ ފަދަ މުއައްސަސާތަކުން ދަނީ ގިނަ އަދަދެއްގެ ވަޒީފާތަކަށް އިއުލާނު ކުރަމުން. އެހެންކަމުން، ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަން ފާހަގަކުރެވޭއިރު، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 މާރިޗު 2026 | އާދީއްތަ 13:26
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. | ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ޑަބްލިއުޑީސީ އިންތިޚާބު އަދި ޚިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް، މި ސަރުކާރުން ޚަރަދަކަށް ބެލުމެއް ނެތި ވަޒީފާތައް ބަހަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަށް ކުރީ ސަރުކާރު ގޯސްވެއްޖެ އެވެ. 

އާދިއްތަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ  ވަޒީރުންގެ ކޮމިޓީ އާ، މި ސަރުކާރުން މިފަދަ ވަގުތެއްގައި ވެސް ވަޒީފާތައް ބަހަމުންދާތީ އެކަމާ ގުޅިގެން ރާއްޖެޓީވީ އިން ވަނީ ސުވާލު ކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން ހުރިހާ ކަމެއް ވެސް ކުރާނީ އަދި ކޮންމެ ޚަރަދެއް ވެސް ކުރަމުންދަނީ ބަޖެޓުގެ ތެރެއިން ކަމަށާ ބަޖެޓުގައި ލިޔެވިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

މީގަ އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް ފިނޭންސް މިނިސްޓްރީ އިން، ކުރަމުންދާ ކޮންމެ ޚަރަދެއް އެ ކުރައްވަނީ ބަޖެޓުގެ ތެރެއިން ބަޖެޓުގައި ޖެހި، ލިޔެވިފަ ހުރި ފައިސާ ކަން. ރާއްޖެޓީވީ އިން ތި ސުވާލު ކުރެއްވީމަ އަޅުގަނޑު ހަމަ ދަންނަވާލަން. މީގެ ކުރިއާ ޚިލާފަށް މި ހާރު މަސައްކަތް ކުރެވެނީ ބަޖެޓުގައި ޖަހައިގެން. ބަޖެޓުން ޖާގަ ނުލިބޭ އެއްވެސް ކަހަލަ މަޝްރޫއެއް ކުރިއަކަށް ނުދާނެ. އެހެން ނަމަވެސް މީގެ ކުރީ ސަރުކާރުން އެގޮތަކަށް ނޫން ކަންކަން ކޮށްފަ އޮތީ. ރާއްޖެޓީވީ ވީމަ މި ވާހަކަ މިގޮތަށް މި ދަންނަވާލީ. މީގެ ކުރީ ސަރުކާރޭ. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 

މިނިސްޓަރު ސައީދު ވިދާޅުވީ ކުރީ ސަރުކާރުން ޚަރަދުތައް ކުރީ ބަޖެޓުގައި ޖަހައިގެން ނޫން ކަމަށް ދަންނަވާލީ ރާއްޖެޓީވީ އިން ސުވާލު ކުރުމުން ކަމަށެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓަކީ ސަރުކާރުން އެއްވެސް އިހުތިރާމެއް ނުކުރާ، މާނަ އެއް ނެތް އެއްޗެއް ކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި 2024 ވަނަ އަހަރަށް ބަޖެޓު ކުރި މަޝްރޫއުތަކުގެ ތެރެއިން 1,311 މަޝްރޫއެއްގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގޮސްފަ އެއް ނެތެވެ. މިކަން މިހެން އޮތް އިރު އެ މަޝްރޫއުތަކަށް 3.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތެވެ.

އޭގެ އިތުރުން 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ނުހިމެނޭ 100 މަޝްރޫއު އަކަށް މިނިސްޓްރީން ވަނީ ފައިސާ ޚަރަދުކޮށްފަ އެވެ. މި މަޝްރޫއުތަކަށް ޖުމްލަ 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު އެއީ ރައްޔިތުންގެ މަޖިލީހުން އެ މަޝްރޫއުތަކަށް ޚަރަދު ކުރަން ފާސް ކޮށްފައިވާ ފައިސާ އެއް ނޫނެވެ.

އޮޑިޓަރ ޖެނެރަލްގެ ހޯދުންތަކުން އެނގޭ ގޮތުގައި، މަޖިލިހުން ފާސް ނުކުރާ 100 މަޝްރޫއެއް ފެށި އިރު، 480 މަޝްރޫއަކަށް ބަޖެޓަށް ވުރެ އިތުރަށް ވެސް ޚަރަދުކޮށްފައި ވެ އެވެ. މި މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 4.7 ބިލިއަން ރުފިޔާ ވަނީ ފިނޭންސް މިނިސްޓްރީން ހޭދަ ކޮށްފަ އެވެ.

އޭގެ އިތުރުން މި ސަރުކާރުން އިންތިޚާބާ ދިމާކޮށް ވަޒީފާ ބަހަމުން ދާއިރު ވޯޓަށް ހަފްތާއަކަށް ވެފައި ވަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަޒީފާގެ 48 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީ ކުރުމަށްޓަކައި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނެގުމަށް ނިންމާފައިވާއިރު އާރްޑީސީ ގެ ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަން ވެސް މި ފަހުން ވަނީ އިއުލާނު ކޮށްފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރ މުޙައްމަދު ސަޢީދުއޮޑިޓަރ ޖެނެރަލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
18 އޯގަސްޓު 2026

މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް

18 އޯގަސްޓު 2026
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
15 އޯގަސްޓު 2026

މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި

15 އޯގަސްޓު 2026
މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި
15 އޯގަސްޓު 2026

އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި

15 އޯގަސްޓު 2026
އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
14 އޯގަސްޓު 2026

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026
"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!
14 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

14 އޯގަސްޓު 2026
ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް