Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ޝާހިދު

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

މި ސަރުކާރަކީ ހަމައެކަނި ބިންގާ އެޅުމަށް މޮޅު ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި، ތަރައްގީގެ އެއްވެސް މަޝްރޫއެއް އަމަލީގޮތުން ކުރިއަށް ނުދާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، މި ސަރުކާރަށް ގައުމުގެ ތަރައްގީއަށް އެންމެ ގާބުރިއެއްވެސް ބަހައްޓާލެވިފައި ނުވާ ކަމަށް. އަދި ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކަކީ ހަމައެކަނި ބިންގާ އެޅުމުގެ މުބާރާތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 01:13
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު | އެމްޑީޕީ ސެކްރިޓޭރިއެޓް

މިދިޔަ 2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވީ އެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގައި އަޅުއްވާ ބިންގާ އިތުރުކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ބިންގާ އެޅުމުގައި މި ރާއްޖޭގައި މިހާތަނަށް ނުފެންނަ ވަރުގެ މޮޅު ސަރުކާރެއް ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން މިދިއަ އަހަރުގެ ފަހުކޮޅު، މިގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް މުއިއްޒު މުޅި ރާއްޖެ އަށް ފުރަމާނަ ދަތުރުތައް ކުރައްވާފައިވާ ކަމަށާ އެ ދަތުރުފުޅުތައް ނިމުމާއެކު ޕީއެންސީގެ ފަރާތުން ބަޔާންތައް ނެރެ ރައީސަށް މަރުހަބާ ދަންނަވަމުން ދިޔައީ ރާއްޖޭގެ ތާރީޚުގައި ވެސް މިވަރުގެ ދަތުރެއް ރާއްޖޭގެ ވެރިއަކު ނުކުރައްވާ ކަމަށް ދެއްކެވުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެވާހަކަ އެގޮތަށް ދެކެވެން ފެށީމަ އަޅުގަނޑުވެސް ތާރީޚީ ފޮތްތަކާ އެއްޗެހި ބަލާލިން. އެއީ ތެދުފުޅެއް. އަދިއެއް ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިއެއް އެވަރުގެ ދަތުރުފުޅެއް ނުކުރައްވާ. އެއީ ބިންގާ އެޅުމުގެ މުބާރާތެއްގައި ބައިވެރިވެވަޑައިގަންނަވައިގެން. ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެން ބިންގާ އެޅުއްވުން. އެއް ރަށުގައި އަޅުއްވަ ބިންގަލަށް ވުރެ ދެން ވަޑައިގަންނަވާ ރަށެއްގައި އަޅުއްވާ ބިންގާ އިތުރު ކުރައްވާ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެ ދަތުރުފުޅުތަކުގައި އެމަނިކުފާނު ކުރެއްވީ އެންމެ ކަމެއް ކަމަށާ އެއީ ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެން ބިންގާ އެޅުއްވުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެއް ރަށުގައި އަޅުއްވާ ބިންގަލަށް ވުރެ ދެން ވަޑައިގަންނަވާ ރަށެއްގައި އަޅުއްވާ ބިންގާ އިތުރު ކުރައްވަން ކުރެއްވި މަސައްކަތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ހަމަ އެގޮތަށް މިދިޔަ ހަފްތާގެ ތެރޭގައި ތިނަދޫ ސިޓީގައި އެމަނިކުފާނު އެޅުއްވި 50 ހައުސިންގ ޔުނިޓަކީ ހަމަ ގާވެފައި ހުންނާނެ އެއްޗެއް ކަމަށް މުޅި ރާއްޖެ ހެކިވާނެ ކަމަށެވެ. މި ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް ޝާހިދު ސިފަކުރެއްވީ މަހަށް ގޮސް ގަލުގައި ބުޅި އަޅައިގެންފައިވާ ގޮތަށް ހުއްޓިފައި އޮންނަ މަޝްރޫއުތަކެއް ގެ ގޮތުގަ އެވެ. 

މި ސަރުކާރަށް މި ގައުމުގެ ތަރައްގީއަށް އެންމެ ގާބުރިއެއް ވެސް ބަހައްޓާލެވިފައި ނުވާއިރު ބޯހިޔާވަހިކަމުގެ އަހަރެއްގެ ގޮތުގައި ޕްރޮމޯޓް ކުރި އަހަރެއް ނިމިދިޔަ އިރު ވެސް ހިނގި ހައުސިންގ މަޝްރޫއެއް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ ޝާހިދުއެމްޑީޕީތިނަދޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންޑިއާއިން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އެއް އަހަރަށް އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އެއް އަހަރަށް އިތުރުކޮށްދީފި

29 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު