Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

ފ. ފީއަލީގެ ފެނަކަ ބްރާންޗަށް މި ސަރުކާރުން މުވައްޒަފުން އިތުރުކުރި އަދަދާ ގުޅޭގޮތުން ރައީސް ދެއްވި މައުލޫމާތުގައި ކުށެއް އުޅޭނަމަ އެކަން ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ. ރައީސް ވިދާޅުވީ އެއީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ދެއްވި މައުލޫމާތެއް ކަމަށާއި، އެ މައުލޫމާތު އޮޅުވާލާފައި ނުވާނެ ކަމަށް. މި ސަރުކާރުން ފީއަލީ ފެނަކައަށް 30 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާއިރު، އެހެން ކުންފުނިތަކުން ވެސް އަންނަނީ ގިނަ އަދަދަކަށް ވަޒީފާ ދެމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 08:56
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

މި ސަރުކާރު ވެރިކަމަށް އައި ފަހުން، ފ. ފީއަލީ އިން ފެނަކަ އަށް ނަގާފައި ވަނީ އެންމެ 10 މުވައްޒަފުން ކަމަށް ވިދާޅުވެ ސައްހަ ނޫން މައުލޫމާތެއް ދެވިފައި ވާނަމަ އެކަން ބަލާނެ ކަމަށާއި އެ މައުލޫމާތަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ދެއްވި މައުލޫމާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ފީއަލީގެ ފެނަކައިގައި މިހާރު ތިބީ 60 މުވައްޒަފުން ކަމަށް ވިދާޅުވެ އޭގެ ތެރެއިން މި ސަރުކާރުން ނެގީ 10 މުވައްޒަފުން ކަމަށާއި، އަނެއް 50 މުވައްޒަފުން އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ނަގާފައިވާ މުވައްޒަފުން ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

ނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ފީއަލީ ފެނަކައިގައި ތިބީ 26 މުވައްޒަފުންނެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ފީއަލީގެ ފެނަކަ އަށް 34 މުވައްޒަފުން މިހާތަނަށް ނަގައިފަ އެވެ. މީގެ އިތުރުން އިތުރު ފަސް މީހަކަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެ މީހުންނަށް ވަޒީފާ ހަމަޖެއްސުމާ އެކު، މި ސަރުކާރުން ފެނައިކައިން ވަޒީފާ ދިން މީހުންގެ އަދަދު 39 އަށް އަރާނެ އެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީ އިން ސުވާލު ކުރުމުން ރައީސް ދެއްވި ޖަވާބަކީ ފެނަކަ އެމްޑީ ދިން މައުލޫމަތަށް ދެއްވި ޖަވާބެއް ކަމަށާއި، ރައީސް އަށް ފެނަކަ އެމްޑީ ދެއްވި މައުލޫމާތުގައި އެރާއެއް އޮތިއްޔާ އެކަން އެހެންވީ ކީއްވެ ތޯ ދަންނަވާނަން ކަމުގައަވެ. 

އަޅުގަނޑު ފެނަކަ އެމްޑީ އަށް ދަންނަވާލާނަން އަޅުގަނޑަށް ދިން މައުލޫމާރުގައި އެރާއެއް އޮތް ކަމަށް ވަންޏާ އެކަން އެހެންވީ ކީއްވެގެންތޯ ދަންނަވަން. އަޅުގަނޑު ދަންނަވަނީ އަޅުގަނޑަށް ލިބިފަ ހުންނަ މައުލޫމާތު. ޔަގީނުން ވެސް އަޅުގަނޑަށް ލިބިފަ އޮތް މައުލޫމާތެއް ޓްވިސްޓް ކޮށް، ބަދަލު ކޮށްފައެއް ނުދަންނަވާނެ. އަޅުގަނޑު ހަމަ އަޅުގަނޑަށް ލިބޭ މައުލޫމާތު އޮންނަ ގޮތަށް ދަންނަވާނީ.  — ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ފާއިތު ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވެރި ކަމުގައި ފީއަލީގެ ފެނަކަ އަށް 50 މީހުން ވަޒީފާ އަށް ނެގި ކަމަށް ވިދާޅުވެ، ވެސް ރައީސް ހެއްދެވީ އިތުރުފުޅެކެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމުނުއިރު، ފީއަލީގެ ފެނަކަ އަށް ނަގާފައި ވަނީ 18 މުވައްޒަފުންނެވެ. އަނެއް އަށް މުވައްޒަފުންނަކީ، ފެނަކަ އެންމެ ފުރަތަމަ ފީއަލީގައި ހުޅުވިއިރު ވަޒީފާ އަށް ނެގި އަށް މުވައްޒަފުންނެވެ. 

ފެނަކައިގެ އިތުރުން އެހެން ކުންފުނި ތަކުން ވެސް ގެންދަނީ މުވައްޒަފުން ނަގަމުންނެވެ. އެގޮތުން ފީއަލީ އައިސް ޕްލާންޓަށް ވެސް ވަނީ ފަސް މުވައްޒަފުން ނަގައިފަ އެވެ. މީގެ އިތުރުން އެމްޓީސީސީ ސައިޓަށް ވެސް ވަނީ ފަސް މުވައްޒަފުން ނަގައިފަ އެވެ. އަދި ހަމަ އެހެންމެ ފީއަލީ އެމްޓީސީސީ ފެރީ އަށް ވެސް މި ސަރުކާރުން ވަނީ، ނުވަ މުވައްޒަފުން ނަގައިފަ އެވެ. 

ފީއަލީގެ އިތުރުން ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ދަނީ ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދެމުންނެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުންނާއި މިިނިސްޓްރީތަކުން ވެސް ދަނީ ގިނަ އަދަދަކަށް މުވައްޒަފުން ހޯދުމަށް އިއުލާނު ކުރަމުންނެވެ. އޭގެ ތެރޭގައި، އާރްޑީސީ، އެމްޓީސީސީ، ކަސްޓަމްސް އަދި ފެނަކައިގެ އިތުރުން އެފްއެސްއެމް ވެސް ހިމެނެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުފީއަލިފެނަކަ ކޯޕަރޭޝަންމުޙައްމަދު ނަޖާހް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ

ބައެއް ހާލަތްތަކުގައި އެމްބިއުލާންސް ގެ ޚިދުމަތް އާސަންދައިގެ ދަށުން ދެނީ

30 މާރިޗު 2026
އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު