Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ ގައުމުގެ ހާލަތަށްވުރެ ސިޔާސީ ބާރުވެރިކަމަށް އިސްކަންދެއްވުން ކަމަށް ކުރީގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވެއްޖެ. ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބޮޑު ބަދަލަކާ ގުޅިގެން މާލެތެރެ ހަލަބޮލިވެދާނެތީ، އެކަން ކޮންޓްރޯލްކޮށް ރައްޔިތުން "އޮބިއެޅުމަށް" ސިޓީ ކައުންސިލްގެ އެހީތެރިކަން ސަރުކާރަށް ބޭނުންވާ ކަމަށް އޭނާ ތުހުމަތުކުރެއްވި. އެހެންކަމުން ޕީއެންސީން ކައުންސިލް ކާމިޔާބުކުރަން އުޅެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ތަންފީޒީ ބާރުތަކާއެކު މާލެ ކޮންޓްރޯލް ކުރުމަށް ކަމަށްވެސް ހަލީމް ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 މާރިޗު 2026 | ހޮނިހިރު 13:26
ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް)

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) | ރާއްޖެ އެމްވީ

މާލެ ސިޓީ ކައުންސިލަށް ޕީއެންސީ ގެ މެޖޯރިޓީ ހޯދައި، ޕީއެންސީ އަށް ނިސްބަތްވާ މޭޔަރަކު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުން އޮބިއަޅައި އޮބަހައްޓާ، މާލޭގެ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އަހްމަދު ހަލީމް ވިދާޅުވީ މިއަދު ދުނިޔޭގެ ހާލަތާ މި ގައުމުގެ ނާޒުކު ހާލަތަށް ވުރެ ރައީސް މުއިއްޒަށް މުހިއްމީ މާލެ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރެއްވުން ކަމަށެވެ. 

ރަމަޟާން މަހު ވެސް އޮފީހަށް ވެސް ވަޑައި ނުގަންނަވައި އެމަނިކުފާނު މާލޭގެ މަގުތަކުގައި އުޅުއްވީ ހަމައެކަނި އެކަމަށްޓަކައި ކަމަށް ވެސް އަހްމަދު ހަލީމް ވިދާޅުވި އެވެ. 

ރައީސް އޮފީހަށް ދޮޅުމަސް ދުވަސް ވެއްޖެ ވަޑައިނުގަންނަވާ މެންދުރާ ހަވީރާ ރަމަޟާން މަހުވެސް މުޅި މާލޭގައި ކެމްޕެއިން ކުރައްވަމުން އެ އުޅުއްވާ އުޅުއްވުމުން އަޅުގަނޑު ކަންބޮޑުވަނީ ދިވެހިރާއްޖެ އާ ދޭތެރޭގައި ވިސްނާނުލައްވާ ހުރިހާ ކެބިނެޓް ވަޒީރުންނާ އަދި ސަރަނގު އާދަމް މަނިކާ ޒާހިރާ ގޮވައިގެން މާލޭގައި އެ އުޅުއްވާ އުޅުއްވުމުން އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑު ހިތަށް އަރަނީ މިވަރުގެ ދަތި ކަމެއް އަޅުގަނޑުމެން ދިވެހިރާއްޖެއަށް ދިމާވާއިރުގައި މިހާ މުހިއްމު ވެގެން މާލޭގެ ސިޓީ ކައުންސިލް ނަގަން ރައީސް މުއިއްޒު މި އުޅުއްވަނީ ކީއްކުރަން ބާއޭ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ރައީސް މުއިއްޒާ އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ އާ އަދި އާދަމް މަނިކާ ޒާހިރާ ވެސް ލައިގެން މިހުރިހާ ބޭފުޅުން ރެޔާ ދުވާލު މާލޭގެ މި ސިޓީ ކައުންސިލައިގެން މި އުޅުއްވަނީ ކީއްކުރަން ބާއޭ.
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) 

އޭނާ ވިދާޅުވީ މި ސުވާލު ވަރަށް ބޮޑަށް އުފެދޭތީ އެކަމާ ގުޅިގެން 19 ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަދި މިހާރު ޕީއެންސީ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް އެކުވެރިންނާ ސުވާލު ކޮށްފައިވާ ކަމަށެވެ. 

އެކަމުގެ މައުލޫމާތު ދެއްވި ވަޒީރުން ވިދާޅުވި ގޮތުގައި މިއީ ރިޔާސީ އިންތިޚާބެއް ކަމަށާއި މިއަށްވުރެ ބޮޑު އަދި މުހިއްމު އިންތިޚާބެއް ޕީއެންސީ އަށް ކުރިމައްޗެއް ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ މި އިންތިޚާބު ދޭތިން އެކައްޗަށް ޕީއެންސީ އިން ކާމިޔާބު ކުރަން ޖެހޭނެ ކަމަށް ރައީސް، ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ. 

ސަބަބަކީ މި އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ގާނޫނު އަސާސީ އަށް ގެންނަ ވަރަށް ބޮޑު ބަދަލެއް އެބައޮތޭ. އެބަދަލަށްޓަކައި ތިމަންނާމެން ކޮންމެހެން ވެސް މި މާލޭގެ އިންތިޚާބު ކާމިޔާބު ކުރަން ޖެހެއޭ. ދެން އަޅުގަނޑު އަހައިފިން މާލޭގެ އިންތިޚާބު ކާމިޔާބު ކުރަންވީ ކީއްވެގެންތޯ ގާނޫނު އަސާސީ އަށް އެހާ ބޮޑު ބަދަލެއް ގެންނަ އިރު މާލޭގެ އިންތިޚާބު އެހާ މުހިއްމު ވަނީ ކީއްވެ ތޯ. ގާނޫނު އަސާސީ ހަދަނީ ރައްޔިތުންގެ މަޖިލީހުން ނޫންތޯ. އެބޭފުޅުން ވިދާޅުވީ އާނ އެކޭ. ވިދާޅުވިއޭ މާލެ ތެރެ ތިމަންނާ މި ގެންނަ މުހިއްމު ބޮޑު ބަދަލުގެ ސަބަބުން މާލެތެރެ ހަލަބޮލި ވެގެންދާނެތީއޭ. މާލެތެރެ ހަލަބޮލިވެ، އެމްޑީޕީ މުޒާހަރާ ކުރަން މަގުމައްޗަށް ނިކުންއިރު ތަންފީޒީ ބާރުތަކާއެކީގަ މާލޭގެ ސިޓީ ކައުންސިލްގެ އެހީތެރިކަން ނެތިއްޔާ އަޅުގަނޑުމެންނަށް މާލެ ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ އޭ. 
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) 

އަހްމަދު ހަލީމް ވިދާޅުވީ އެހެންކަމުން މިކަންކަމަށް ބަލާއިރު ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރާ މާލޭގެ ކައުންސިލަރުން އަންނަނީ މާލެ އަށް ޚިދުމަތް ކުރަން ނޫން ކަން ހާމަވާ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަށް ޕީއެންސީ ގެ މެޖޯރިޓީ ހޯދައި، ޕީއެންސީ އަށް ނިސްބަތްވާ މޭޔަރަކު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުން އޮބިއަޅައި އޮބަހައްޓާ، މާލޭގެ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި ކަމަށް ހަލީމް ވިދާޅުވި އެވެ. 

މާލޭ ސިޓީ ކައުންސިލްޕީއެންސީޑރ. މުޙައްމަދު މުޢިއްޒުއަޙްމަދު ޙަލީމްއެމްޑީޕީ

އިތުރަށް ކިޔާލަން

28 މާރިޗު 2026

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
28 މާރިޗު 2026

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

28 މާރިޗު 2026
އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު
28 މާރިޗު 2026

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު
28 މާރިޗު 2026

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު