Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝަރުއީ ނިޒާމަށް އަތްބޭނުން

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

ޝަރުއީ ދާއިރާ މިނިވަންކުރުމުގެ ނަމުގައި އެ ދާއިރާގެ ތެރެއަށް އަތްނުބޭނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ގޮވާލައްވައިފި. އިންތިޚާބުތައް އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ރައްޔިތުންގެ ބާރުތައް އަތުލުން ކަމަށް ސިފަކުރައްވައި، އެކަމަށް އެއްބަސްނުވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ. އަދި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި، މިހާރުގެ ސިޔާސަތުތަކަށް ރައީސް ސޯލިހު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 12:01
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު | އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެންމެ ރަނގަޅު ގޮތަކީ ޝަރުއީ ދާއިރާ އިތުރަށް މިނިވަންކުރުމުގެ ނަމުގައި އެ ދާއިރާގެ ތެރެއަށް އަތްނުބޭނުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ހުޅުދޫ މީދޫ "އުންމީދެއްގައި" ޖަލްސާގައި މިހާރު އޮތް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅެއްގަ އެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ސޯލިހު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި ދުވަހު ޝަރުއީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒު މުޅިން ނިމުމަކަށް އައީ ކަމަށް ވަރަށް ބާރަށް ވިދާޅުވި ނަމަވެސް، އަމަލާއި ބަހާ ދިމާނުވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގާނޫނުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވުމަކީ ކަންބޮޑުވުމެއް ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ.

ސޯލިހު ވިދާޅުވީ މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެ މުއައްސަސާތަކާ ބެހިވަޑައިނުގަނެ، މިހާރު އޮތް މިންވަރަށް ބޭއްވުން ކަމަށެވެ. އަދި 2028 ވަނަ އަހަރު ރައްޔިތުން ގޮތް ނިންމާނެ ކަމަށާއި، މިހާރު އޮތް ސަރުކާރަށް ރައްޔިތުން ދެން "އާނއެކޭ" ނުބުނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ރަނގަޅީ އެކަންތައްތަކާ ދެން އެ ބޭފުޅުން ބެހިވަޑައިނުގަތީއްޔާ. އިހަށް މިއޮތްވަރަށް ބާއްވަން. 2028 ވަނަ އަހަރު ރައްޔިތުން ގޮތް ނިންމާނެ. ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ހަމަ ޔަޤީން، މި ވެރިކަމަކަށް އާއެކޭ ދެނެއް ނުބުނާނެ. އެ ސަބަބަށްޓަކައި ލޯކަލް ކައުންސިލްގެ އިންތިޚާބާ ގުޅިގެން އެ ނެރޭ ސިއްރު ކަރުދާސްކޮޅެއް އެ އުޅެނީ. ރައްޔިތުންގެ މަޖިލީހުން ނިންމުން، ނިންމުމެކޭ ކިޔާފައި އެ ގެންނަ ރިފަރެންޑަމް މަޖިލީހުގައި ދެ ގަޑިއިރު، މުޅި ޖުމުލަ ދެ ގަޑިއިރު ވާހަކަދައްކައި ނިންމާފައި އޮތް ނިންމުމެއް. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ސޯލިހު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެންމެ ދެ ގަޑިއިރުގެ ބަހުސަކަށް ފަހު ރިފަރެންޑަމްއަކަށް ދާން ނިންމުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ސަރުކާރުން ޖަހާ "މަނިއެއް" ކަމަށެވެ. ގާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ރައްޔިތުންގެ ހަގީގީ ބައިވެރިވުމާއެކު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވަމުން ސޯލިހު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އިންތިޚާބުތަކާ ދިމާކޮށް ވަކި މުއްދަތެއްގެ ކުރިން ވަޒީފާއިން މީހުން ވަކިކުރުމާއި އާ މަޝްރޫއުތައް ފެށުން މަނާކުރާ އުސޫލުތައް އޮންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެ ހުރިހާ ބާރުތަކެއް ބޭނުންކޮށްގެން އިންތިޚާބުތައް އެއްކޮށްލަން އުޅުމަކީ ރަށްރަށަށް ލިބިފައިވާ ބާރުތައް އަތުލުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބަސްނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރަށްރަށުގެ ތަރައްގީއަށް ލިބިފައިވާ ދިފާއީ ބާރެއް ދޫކޮށްލުން ފަދަ ކަމެއް ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް މުހައްމަދު ސޯލިހުޖުޑިޝަރީރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫއަށް ޓަކައި ދާއިރާގެ މެންބަރު ބުނި ބަހެއް އަޑެއް ނީވޭ: މީކާއިލް

26 މާރިޗު 2026
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ: ރައީސް ސޯލިހު

26 މާރިޗު 2026
ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

25 މާރިޗު 2026
ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

25 މާރިޗު 2026
ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

ރައީސް މުއިއްޒު އަށް "ރީތި ބޮނޑިއެއް" ނުލިބެނީސް ނޫނެކޭ ގޮޅިގައި ހެޔޮ ފާހަގަ ޖައްސަވަންޖެހޭ!

25 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު