Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

ކަސްޓަމްސް އިން އެސިސްޓަންޓް އޮފިސަރުންގެ 48 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަގާމުތަކަށް ހޮވޭ މުވައްޒަފުންނަށް އިނާޔަތްތަކާއެކު މަހަކު ގާތްގަނޑަކަށް 12،000 ރުފިޔާ ލިބޭނެ. ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ވަޒީފާތަކަށް މީހުން އިތުރުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށް، ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތަކަށް އިއުލާނު ކުރަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މީގެ ތެރޭގައި ޕަބްލިކް ވޯކްސް އާއި އާރްޑީސީ ފަދަ މުއައްސަސާތަކަށް ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް ކުރި އިއުލާނުތައް ހިމެނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 01:04
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ. | މޯލްޑިވްސް ކަސްޓަމްސް ސާރވިސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ޑަބްލިއުޑީސީ އިންތިޚާބު އަދި ޚިޔާލު ހޯދުމުގެ ވޯޓަށް ހަފްތާއަކަށް ވެފައި ވަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަޒީފާގެ 48 ފުރުސަތު ހުޅުވާލައިފި އެވެ. 

ކަސްޓަމްސް އިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ އެސިސްޓަންޓު ކަސްޓަމްސް އޮފިސާ ޓްރޭނީ ގެ މަގާމަށް 48 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އެ ވަޒީފާ އަށް ކުރިމަތި ލުމުގެ ޝަރުތަކީ ސާނަވީ އިމްތިހާނުގައި ދަށްވެގެން "ޑީ" ފާސް ލިބުމާއި ދިވެހި މާއްދާއިން "ސީ" ހޯދާފައިވުމެވެ.

Advertisement - newsAdvertisement

އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދިނުމަށް އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދިނުމަށް ވެސް ކަނޑައަޅާފައި ވެ އެވެ.

ކަސްޓަމްސް ގެ އިއުލާނުގައި ބުނެފައިވަނީ އެ އިނާޔަތްތަކުގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައް ވެސް ދޭނެ ކަމަށެވެ. 

މިއާއެކު ކޮންމެ މުވައްޒަފަކަށް ވެސް މަހަކު ގާތްގަނޑަކަށް 12،000 ރުފިޔާ ލިބޭނެ އެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ހަތަރު ދުވަހެވެ. އެގޮތުން އެ އިއުލާނުގައިވާ ގޮތުން މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އެޕްރީލް 1 ވަނަ ދުވަހުގެ 23:00 އެވެ.

ކަސްޓަމްސް އިން އެއް ދުވަހާ އެކަނި ވެސް ވަޒީފާގެ 48 ފުރުސަތު ހުޅުވާލާފައިވާއިރު މި ވަގުތަކީ މީހުން ވަޒީފާ އަށް ނެގުމަށް އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި، މި ވަގުތަކީ ވަޒީފާތަކަށް މީހުން ނެގުމަށް ދަތިވެދާނެ ދުވަސްކޮޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ފާއިތުވި ހަފްތާގައި ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ސަރުކާރުން ހިންގުމަށްޓަކައި ދޭން ޖެހޭ ވަޒީފާތައް ދޭން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީ ކުރުމަށްޓަކައި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އިންތިޚާބާ ދިމާކޮށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ  ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަން ސަރުކާރުން އިއުލާނު ކޮށްފައި ވެ އެވެ. އަދި އެފްއެސްއެމްއާއި އެމްޓީސީސީ އިން ވެސް ވަޒީފާތައް އިއުލާނު ކޮށްފައިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ، ކަންބޮޑުވުން ފާޅު ކޮށްފައި ވެ އެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ޑރ. މުޙައްމަދު މުޢިއްޒުމޫސާ ޒަމީރުއާދަމް ޝަރީފު އުމަރުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

އެމްއެމްއޭގެ ތިޖޫރީގައި އޮތީ ދެ ޕެކެޓް ކަރުބޮލަ، އަންނަ މަހު 4 ގެ ފަހުން ހުރިހާ ރަށަކުން ކަރަންޓު ކަނޑާނެ: ގަފޫރު

28 މާރިޗު 2026
އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

އެއްކޯ މަތީގައި ޖެހުމުން އަނެއް ކޯ ދިއްކޮށްލާ ދަރަޖައަށް ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މިސަރުކާރުން ބޭނުންވޭ: ފައްޔާޒު

28 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު