Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

ވަހީދު ވިދާޅުވީ، އިންތިޚާބު އިންސާފުވެރިކުރުމަށް ފުލުހުންގެ ދައުރު މުހިންމު ކަމަށާއި ނަމަވެސް މުއައްސަސާތަކަށް ހުށަހަޅާ މައްސަލަތައް ނުބެލޭތީ ކަންބޮޑުވާ ކަމަށް. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2026 | ހޯމަ 09:08
ފުލުހުން އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި ބެރިކޭޑް ޖަހައިގެން.

ފުލުހުން އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި ބެރިކޭޑް ޖަހައިގެން. | ރާއްޖެއެމްވީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބަކީ އިންސާފުވެރި އިންތިޚާބުތަކަށް ހެދުމަށް ފުލުހުންގެ ޚިދުމަތުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ ކެންޕޭންގެ މަސައްކަތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި ރިފެރެންޑަމް އަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވަހީދު ވިދާޅުވީ މިސަރުކާރުން ކެންޕޭނަށް ހުރަސް އަޅަމުންދާ ކަމަށާއި، އެމްޑީޕީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި، ބިލްބޯޑުތަކަށް ގެއްލުން ދެމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. 

މިއިންތިޚާބާ ގުޅިގެން އަޅުގަނޑުމެން ކުރިން ވެސް ފާހަގަކޮށްފައިވާނެ ހުޅުމާލޭގައި އަޅުގަނޑުމެންނަށް ޕޯސްޓަރު ހަރުކުރުމަށް އެފަދަ ކަންކަމަށް ފުރުސަތު ނުދޭ ވާހަކަ. ފުވައްމަލަކުގައި ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި، އައްޑީގައި ބެހެއްޓުނު އަޅުގަނޑުމެންގެ ޕޯސްޓަރުތަކަކަށް އެތައް ގޮތަކަށް ހުރަސް އެޅި ވާހަކަތަކެއް އަޅުގަނޑުމެން ވާނެ ދައްކާފަ. މިފަހުން ގއ. ވިލިނގިލީގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފައިވަނީ. ކަޅުތެޔޮ ޖަހާފައިވަނީ. މިމައްސަލަ ތައް ވަނީ ފުލުހުންނަށް ހުށަހަޅާފައި. ފުލުހުން އަމަލުކުރަމުންދާ ގޮތުން މި އިންތިޚާބު އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ވެގެން ދާނީ ތިބޭފުޅުންގެ އަމަލުތައް ރަނގަޅު ކުރެވިގެންނޭ. އަޅުގަނޑުމެން ހުށަހަޅާ މައްސަލަތައް ބެލިގެންނޭ އެ މައްސަލަތައް ޚާއްސަކޮށް ރަށްރަށަށް އެފަދަ އަމަލުތައް ކުރުމުގެ ޖާގަ ނުދީ އެގޮތަށް ވިޔަ ނުދިނުމަށް ކަންކަން ބަދަލު ކޮށްގެން. އިންތިޚާބު އިންސާފުވެރި އިންތިޚާބަށް ހެދުމަށް މަސައްކަތް ކޮށްދިނުމަށް.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު

މީގެ އިތުރުން ވަހީދު ވަނީ އިންތިޚާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް މިނިވަން މުއައްސަސާތަކަށް ހުށަހެޅި ނަމަވެސް އެއްވެސް މައްސަލައެއް ބަލަމުން ނުދާތީ އެކަން ވެސް ކުށްވެރި ކުރައްވާފަ އެވެ. އަދި ވިދާޅުވީ މިހާރު ވެސް އިލެކްޝަން ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން އިންތިޚާބާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީއަބްދުﷲ ވަހީދުޚިޔާލު ހޯދުމުގެ ވޯޓުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

29 މާރިޗު 2026

އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ

29 މާރިޗު 2026
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދެމުން: އެމްޑީޕީ
29 މާރިޗު 2026

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

29 މާރިޗު 2026
ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ
29 މާރިޗު 2026

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
29 މާރިޗު 2026

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް
29 މާރިޗު 2026

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026
މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު