Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިފެރެންޑަމް ވޯޓު

ރާއްޖެ މިއޮތީ ރިފެރެންޑަމް އެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން، އެކަން މި ކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމަށް މަގުފަހި ކުރަން: ބިގޭ

ބިގޭ ވިދާޅުވީ މި ވޯޓަކީ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ހަނިކޮށް، ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރުމަށް ކުރާ މަސައްކަތެއް ކަމަށް. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ގެއްލިގެންދާނެތީ، މިކަމަށް ރައްޔިތުން ހޭލުންތެރިވެ ރިފެރެންޑަމްއަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2026 | އާދީއްތަ 13:17
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖެ މިއޮތީ ރިފެރެންޑަމް އިންތިޚާބެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން ކަމަށާއި، ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ރިފެރެންޑަމް ކުރިއަށް ގެންދަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ، މިއީ ރިފެރެންޑަމް ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ހާލަތެއް ނޫން ކަމަށާއި، މި ވޯޓަށް ގައުމު ތައްޔާރުނުވާ ކަމަށެވެ.

ތިން ބާރުވަކިވެފައިވާ ގައުމަކަށް މިރާއްޖެ ބަދަލުކުރި ގޮތަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ، އެއީ ދުވަސްތަކަކަށް ގިނަ ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ އަތުގައި ބާރު އޮންނަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

ނަމަވެސް ޒަމާންތަކަކަށްފަހު އަނެއްކާ ވެސް މިސަރުކާރުން މަސައްކަތް މިކުރަނީ ރައްޔިތުންގެ ބާރުތައް ހަނި ކުރުމަށް ކަަމަށް އޭނާ ވިދާޅުވި އެވެ. 

އެހެން މި ދަންނަވަނީ، ވަރަށް ގިނަ ދުވަސްތަކަކަށްފަހު ކާބަފައިޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ތެރޭގައި، އެއްވެރިއެއްގެ އަތްޕުޅުގައި ހުރި ހުރިހާ ބާރުތަކެއް ތަފާތު ބާރުތަކެއްގެ ގޮތަށް ތިން ބާރު ވަކިވެ، މި ނިޒާމު އަޅުގަނޑުމެންނާ ހަމައަށް ވުޖޫދުވީ ފަހުން، މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އަނެއްކާވެސް އޭގެތެރެއިން ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރު، ރައްޔިތުންގެ މަޖިލީހުގެ ބާރު، ވެރިކަމުގެ ބާރުގެ ތެރެއަށް އައިސް ގުޅިލާމެހި ތަޅުލެވިގެންދާ ތަން. އެހެންވީމާ، މިއިން އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ، ރައްޔިތުން ރާއްޖޭގައި މިނިވަންކުރި ބާރުތައް އަނެއްކާވެސް އެއްބާރެއްގެ ގޮތަށް މަސްހުނިވެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވާ މިންވަރަށް މި ރާއްޖޭގެ ކަންތައްތައް ތަރުތީބުވެ، އިންތިޒާމުކުރަމުންދާ ތަން.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) 

ބިގޭ ވިދާޅުވީ މިނިޒާމާއެކު ރައީސް މުއިއްޒު ބޭނުންފުޅުވާ ހުރިހާ ބާރެއް ނުލިބޭ ކަމަށާއި، އެހެންކަމުން ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިފެރެންޑަމް ވޯޓެއް ނަގައި، ބާރުތައް ނެންގެވުމަށް ކަމަށެވެ. އަދި މިކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށާއި،  ރިފެރެންޑަމްއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

29 މާރިޗު 2026

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު

29 މާރިޗު 2026
ތިނަދޫ ކޯލްޑް ސްޓޯރޭޖް މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފަ، އެޔެއް ނުހޭލި، މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ: ޣަފޫރު
29 މާރިޗު 2026

ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް

29 މާރިޗު 2026
ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށް ގިނަ ރައްޔިތުން ވަނީ މި ވޯޓުން މަހުރޫމް ކޮށްފައި: މާޒް ސަލީމް
29 މާރިޗު 2026

މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު

29 މާރިޗު 2026
މުޅި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހާއިރު، ހުރިހާ މިނިވަން މުއައްސަސާ އެއް އޮތީ ނިދާފައި: ޝާތިރު
29 މާރިޗު 2026

ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު

29 މާރިޗު 2026
ރައީސް މުއިއްޒު އުޅުއްވީ އެެއް ރަށުގައި އަޅުއްވާ ބިންގާ އަށް ވުރެ އަނެއް ރަށުގެ ބިންގާ އިތުރު ކުރެއްވުމުގެ އަމިއްލަ މުބާރާތެއްގައި: ޝާހިދު
29 މާރިޗު 2026

އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

29 މާރިޗު 2026
އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ކަސްޓަމްސް އިން 48 މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު